ޒުހޫރު: އެޗްޑީސީގެ ޗެއާމަންގެ މަގާމުން އޭނާ ވަނީ ވަކިކޮށްފައި.
22 މެއި 2024 - 19:59
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރު މިއަދު ވަކިކޮށްފި އެވެ.
ސަރުކާރުގެ ގިނަ މަގާމްތަކެއް ކުރިން ފުރުއްވި ޒުހޫރު އެޗްޑީސީން ވަކިކުރިކަން "މިހާރު"އަށް ވަނީ ކަށަވަރުވެފަ އެވެ.
އޭނާ އެ މަގާމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އައްޔަންކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
ޒުހޫރު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް ފުރުއްވައިފަ އެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ވަނީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމް ވެސް ފުރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
23 May 2024
ކޮންއިރަކުންބާ އެމްއެމްޕީއާރުސީ ގެ އެމްޑީކަން މީނާއާއި ހަވާލުކުރާނީ؟
އުސްމާންް
23 May 2024
މި ގައުމުގެ ކުރިއެރުން ބިނާވަނީ ރައީސް އިތުބާރުކުރައްވާ މަސްއޫލިއްޔަތު ހަވާލުކުރިމީހުންގެ ހިންގުމުގެ ފެންވަރަށް. އެމީހުންކިބައިން ކަންކަމުގައި އެއްބާރުލުން ނުލިބޭނަމަ ޖެހޭނީ ބޭރުކޮށްލަން.
މުހައްމަދު ޙާނިމް
23 May 2024
މިދިޔަ ސަރުކާރުން މަހްލޫފް އަށް ފިޔަވަޅު އަޅަން ނުކެރިފަ ތިއްބަސް މި ސަރުކާރުން ފިޔަވަޅު އަޅާނެ އަޅަން ޖެހުނީމަ
ޢަލީކޭ
23 May 2024
ހަާދަ މަޖާ ވާހަކަ އެއް ތިބުނީ
މަސްއޫދު ޝަރީފް
23 May 2024
ރައީސް މުއިއްޒްގެ ނިންމުން ހަމަ ރަނގަޅޭ ބުނެވޭނީ. ޕާފޯމް ނުކުރެވެންޔާ ޖެހޭނެ ފިޔަވަޅު އަޅަން.
މަޖްދީ
23 May 2024
ރައީސް ލަސްނުކުރައްވާ ފިޔަވަޅު އަޅަންޖެހޭ ހުރިހާއެންމެނަށް ފިޔަވަޅު އަޅާ ގައުމައިގެން ކުރިޔަށްދާން އަވަސްކުރަންވީ. މިއީ ހަމަ ހަގީގަތުގައިވެސް ގަޓު ހުރި ރައީސްއެއް.
އާދަމް މުހައްމަދު.
23 May 2024
ރައީސް މުޢިއްޒް ފިޔަވަޅެެއް އަޅާނީ އަޅަން ވީމަ. ހަމަ ހުރެފަ ނާޅާނެ.
ހުމާމްް
23 May 2024
ވަކި ކުރަންޏާ ވަކިކުރާނީ ރައީސް އަށް މަސައްކަތުގައި އިތުބާރުނުކުރެވިގެން.
ޒިމްޔާންް
23 May 2024
މިކަމުގަ ވަރަށް ބޮޑު ހިކުމަތެއް ވާނެކަން ކަށަވަރު. ރައީސް މުއިއްޒު ކަންމިކުރައްވަނީ ވަރަށް ރަނގަޅަށް.
މާހިދްް
23 May 2024
ބޭނުންވާ ލެވެލްގަ މަސައްކަތް ނުކުރެވެންޏާ ވަކިކުރާނެ. ބަރާބަރަށް މިހަދަނީ
ދަންނަވަންތޯ
23 May 2024
އިންތޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސް މަޤާމުތައް އައްޔަންކުރައްވާނީ އެ މަނިކުފާނަށް އިތުބާރާއި ޔަޤީންކަން އޮތް ބޭފުޅުންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާނީ ކަންކަމަށް އިރުޝާދުދެއްވުމުން އެހެން ބޭފުޅުންގެ އަރިހުން "އެޕްރޫވަލް" ހޯއްދަވަންނުޖެހޭ ފަދަ ތަޢުލީމީ ޤާބިލު ބޭފުޅުންކަމަށާއި އޭގެ ތެރޭގައި އަންހެން ކަނބަލުން ގިނަވާނެކަމަށެވެ.