އެއާޕޯޓުން ނިކުމެގެން އަންނަ ބައެއް.-- ފޮޓޯ: މިހާރު
24 މެއި 2024 - 22:11
ރާއްޖެ އައި ސްރީ ލަންކާ މީހަކު ރާއްޖެ އެތެރެވާން ހުއްދަ ނުދިނީ އޭނާއަކީ މީގެކުރިން އިމިގްރޭޝަނުން ޑީޕޯޓްކޮށްފައިވާ މީހަކަށް ވާތީ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އެތެރެވިޔަ ނުދީ ފޮނުވާލީ ދިވެއްސަކާ ކުރިން ކައިވެނިކޮށްގެން އުޅުނު ނަދީޝް ޕެރޭރާ ކިޔާ މީހެކެވެ.
އޭނާ ރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދިނުމުން އޭނާގެ ވަކީލުންނާއި އާންމު ބައެއް މީހުން ވެސް ސޯޝަލް މީޑއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މީހާ އަކީ އިމިގްރޭޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއް ކަމަށެވެ.
އެހެންވެ އިމިގްރޭޝަންގެ ގާނޫނުގެ 20 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ވަކިމުއްދަތަކަށް ރާއްޖެ ނާދެވޭގޮތަށް ފޮނުވާލާފައިވާ މީހެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އެ މާއްދާގައި ވަނީ ގާނޫނައި ގަވާއިދާ ޚިލާފުވެގެން ބިދޭސީންނަށް އަދަބު ކަނޑައެޅުމެވެ.
Entry clearance, leave to enter or remain in the Maldives is clearly defined in the Immigration law. Immigration law will be enforced without discrimination to all.
— Mohamed Shamaan Waheed (@ShamaanW) May 24, 2024
އެ މައްސަލާގައި ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވިދާޅުވީ ރާއްޖެ އިން ފުރައިގެން ދާން ބޭނުންވާ މީހުންނާއި، ރާއްޖެއަށް އެތެރެވާ މީހުންނާއި އަދި ރާއްޖެ އެތެރެވެ ރާއްޖޭގައި ތިބި ބިދޭސީންގެ މައްޗަށް ވެސް އިމިގްރޭޝަން ގާނޫނު ހިންގުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހި ރާއްޖެ
25 May 2024
ގަވައިދާ ހިލާފަ ނުވަދެވޭނެ. ރަނގަޅު ނިމްމުމެ
ކޮރަލް
25 May 2024
ރާއްޖޭގަ އަލަށް ފަށާ ވިޔަފާރި ތަކުގެ މިހާ ގިނައީ އިންޑިޔާ ލަންކާ މީހުންނެވެ. ކުރީން ބަންގްލަދޭޝް މީޙުންނެވެ. އެހެން ކަމުން އިންޑިޔާ ލައްކާ އިން އެއްޗެހި އެތެރ ކޮށް ވިއްކުން ދިވެހި ވިޔަފާރިވެރީންނަށް ވަނީ އެނދަގޫ ކަމަކަށް ވެފަ އެވެ. ވިޔަފާރި ކުރުމުގެ ބޭނުމުގަ ކައިވެނި ކުރާ ބިދޭސީން ވެސް ގިނަ އެވެ.
ބަރުބާދު
25 May 2024
ނުވަދެވޭނޭ ބުނީމަ ދިޔައީމަނިމުނީ ، ލަންކާ އިންޑިޔާ އިންވެސް ދިވެހިން ވަނަނުދީ ބޭރުކުރޭ. އެކަމަކު ގާނޫނީވަކީލުންނާ ސޯސަލްމީޑިއާ އެކްޓިވިސްޓުން ގޮވައިގެންދިޔަކަސް ނުވަދެވޭނެ.
ހަސަންބެއްޔާ
25 May 2024
މިވެސް ހަބަރެއްތަ؟
ތުއްތު ކަލޯ
25 May 2024
ކަލޯ ފަސް ޖެހޭ ނުޖެހޭ ވަރުގެ ކަމެއްބާ؟
ނާއިޝާ
25 May 2024
ދޮގު ދޮގު ދޮގު. ހެޔޮނުވާނެ އޭނަގެ ދަރިއެއް އެބަހުރި. އޭނާގެ ކުރީގެ އަންހެނުންގެ އާއިލާވެސް ހެކިވޭ ތީ ރަނގަޅުމީހެއް ކަމަށް. އިމިގްރޭސަން ތިއަނބުރައިގެން އުޅޭ ގޭސްގަނޑު ފަޅާއަރާނެ. ބަލަންތިބޭ!
މިފޮނުވީ
25 May 2024
ކަނޑައެޅިގެން ދޮގެއް. ބާރުގަދަ މީހުންނާ އޭނާގެ ކުރީގެ މީހެއް ގާތީ. ޑީޕޯޓު ކޮށްފަ ހުރި މީހެއް ޓިކެޓް ނަގައިން ހޮޓެލް ބުކް ކޮށްގެން އަމިއްލަ ޕާސްޕޯޓުގަ ރާއްޖެ ނާންނާނެ.
ޓެރސް
26 May 2024
ނާންނަކަން އެނގޭ ބިޑިއަޅުވައިގެން ގޮސް ބޯޓަށް ކީމަދޯ؟
އޮނަރަބްލް އަފީފު ދީދީ
25 May 2024
ތިގޮތަށް ރާއްޖޭގެ އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ރާއްޖޭގައި އުޅޭ ބިދޭސިން ހޯދާފައި 15 އަހަރު ދުވަހަށް ރާއްޖެ ނާދެވޭގޮތަށް ޑިޕޯޓް ކޮށްބަލަ. # އެކަން ކުރުމަށް އިމިޤްރޭޝަންއަށް އޮތް ހުރަހަކީ ކޮބާތޯ!؟ ހުރަސްތަކެއް އޮތްނަމަ އެކަންކަން ނައްތާލާފައި ސަރުކާރު ބޭނުންވާ ގޮތަކަށް އެކަންކުރަން ބޭނުންވާ ޤާނޫނުތައް ހެދޭވަރަށް ރައްޔިތުން އެއޮތީ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދީފައި ނޫންތޯ.
މަދަނީ
24 May 2024
މިއީ ދޮގެއް. އޭނަ އަކީ އެއްވެސް އިރެއްގަ ޑީޕޯރޓް ކުރި މީހެއް ކަން އެގެން ނެތް. ކުރީގެ ލޯބިވެރިޔާ ނުފޫޒު ގަދައީ
ޑރ މަދަނީ
25 May 2024
އިމިގްރޭސަންގެ ރެސްޕޮންސިބްލްތޯތީ ޑީޕޯޓްކުރާ ހުރިހާއެންމެންގެ ރިޕޯޓްފޮނުވަން.
ހީވަނީ
24 May 2024
ކީއްވެކަން ޑީޕޯޓުކުރީ ޖަހާލިނަމަ ދެން އެމީހާއަށް ފާޑުފާޑުގެ ފޭކު ވާހަކަ ދައްކާނެ ޖާގައެއް ނޯންނާނެ.
ޑރ މަދަނީ
25 May 2024
ޑީޕޯޓްކުރެވޭ އެންމެންގެ މައުލޫމާތަކީ ޕަބްލިކައް ސެއަރ ކުރަންޖެހޭ އެއްޗެއްނޫން. ނުވަދެވޭނޭ ބުނީމަ ޖެހޭނީދާން. އޭނަދައްކާހާވާހަކައަކައް ޕްރޫފްދައްކާކައްނުޖެހޭ.
ނޯސަރު
25 May 2024
ޑރ މަދަނީ، ޕްރޫފް ދައްކަން ޖެހެޔެކޭ ނުބުނެވޭނެ. އެކަމަކު ބަވަނަ ވެފަވާ ދުނިޔޭގަ، އެންމެ މީހަކަށްވެސް ޓޫރިޒަމަށް މިބިނާވާ ރާއްޖެއަށް އަސަރުކުރެވިދާނެ ފޭކު ވާހަކަ ދައްކާ ފަތުރައިގެން.