ޚަބަރު / ސޯމާލިއާ

ސޯމާލިއާ ތިން މީހަކާ އެކު ރަށަކަށް ޑިންގީއެއް ލައްގައިފި

ލެއްގި ޑިންގީގައި ތިބި ތިން މީހުން.-

ފަޅުރަށެއް ކަމަށްވާ ނ. ވަވަތި އަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު ޑިންގީއެއް ލައްގައިފި އެވެ.

ވަވައްޗަށް މިއަދު ހެނދުނު ލެއްގި އެ ޑިންގީގައި ސޯމާލިއާގެ ތިން މީހަކު ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏަސް "އަރްމާޖޯ 1" ނަމަކަށް ކިޔާ އެ ލޯންޗުގައި ތިބި މީހުންނާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން، މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެން އޮޔާދަނިކޮށް ވެސް ސޯމާލިއާގެ ބޯޓުތައް ރާއްޖެ ސަރަހައްދުން ފެނިފައިވެ އެވެ. އަދި ސޯމާލިއާގެ ކަނޑު ފޭރޭ މީހުންގެ ނުރައްކާ ވެސް މި ފަހުން ބޮޑުވެފައިވާއިރު މިއީ އެކަހަލަ ކަމެއްގައި އުޅުނު ބައެއް އަދި ނޭނގެ އެވެ.

ނ. ވަވަތިއަށް ލެއްގި ޑިންގީ.

މިފަހުން އަރަބި ކަނޑުގައި ބަންގްލާދޭޝްގެ ބަލްކް ކެރިއަރެއް 23 ފަޅުވެރިންނާ އެކު ސޯމާލިއާގެ ކަނޑުފޭރޭ މީހުން އަތުލައިގަތެވެ.

ސޯމާލިއާގެ ފޭރޭ މީހުންގެ ނުރައްކާ ކުޑަވެފައި އޮތުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އިތުރުވާން ފެށީ ޔަމަނުގެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭން ފެށުމާ އެކު އެ ސަރަހައްދުގެ ރައްކާތެރިކަމަށް ގައުމުތަކަށް އިސްކަންދީ ސޯމާލިއާ ސަރަހައްދަށް ސަމާލުކަން ކުޑަވެފައި ވަނިކޮށެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވީ 2011 ވަނަ އަހަރު އެވެ. ސޯމާލިއާގެ އައްސޭރިއާ 2،270 މޭލު ދުރުން އިންޑިއާ ކަނޑުގެ ތެރޭގައި ވެސް ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމަށް ފަހު މިދިޔަ އަހަރުތަކުގައި ވަނީ މިކަން ވަރަށް ބޮޑަށް މަދުވެފަ އެވެ.

35 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 42%
icon angry icon angry 50%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

87911

23 June 2024

ގިނަ ކޮމެންޓްތަކުން ފެންނަނީ އެއްވެސް އިންސާނިއަތުކަމެއް ނެއްކަން އަދި ހަނދާންވެސް ނުވޭ އެއީ މުސްލިމުންކަން، އެއްމުސްލިމަކީ އަނެއްމުސްލިމުގެ އަޙާކަން ކޮންމެ ކުލަޔަކަސް ކޮންމެ ގައުމަކަސް. ޖާހިލުކަމުގެ ނިޝާންތައް ނޫނީ ހަމަ ނުލަފާކަން މިފެންނަނީ

The name is already taken The name is available. Register?

ރަންނަ

23 June 2024

ރަށަށް އަރާގޮތަށް ޅުކް އެޓްމީ އައިއެމް ދަ ކައުންސިލަރު ނައުއޭ ބުނެފިއްޔާ ކީއްކުރެވޭނީ؟

The name is already taken The name is available. Register?

ވިސްނާދދ

23 June 2024

ތިގޮތަށް ގިނައިން ލައްގަނީ ޑްރަގް ބޯޓްތައް. އަޑުތައް އިވޭގޮތުން ޕޮލިހުންނަށްވެސް ކައުންސިލަށް ވެސް މާކުރިން އެނގިފަކަމަށް ވަނީ މިގޮތަށް ލައްގާ ލެއްގުން. ފަޅުރަށް ރަށަށް މިހެން ލައްގާ ލެއްގުން ރަނގަޅަށް ބަލާނެ ކަމަށް ހީކުރަން

The name is already taken The name is available. Register?

އަލީތޯ

23 June 2024

މިހާރުވެސް ޖަލުގަ ސޯމާލިއާ މީހުން ފޮނުވާނުލެޗިފަ ތިބިކަމަށްވަނީ އެމީހުން ރަށުން ބަލައިނނުގަނެގެން. ޖަލުގަ ތިއްބަސް މީރުކޮށް ކާން ލިބޭނެ 3 އިރު ހަމަޔަށް

The name is already taken The name is available. Register?

އަސްލު.......

22 June 2024

ބިރުވެރި ކަމަކަށް ނުވެއްޖެނަމަ ކިތަންމެހާވެސް....

The name is already taken The name is available. Register?

ކުރުނބާ

22 June 2024

އެހެންވީމަ ވަސަންތި 1988ގައެރިހެން ބަޔަކު އަރަން ބޭނުމިއްޔާ އަދިވެސް އޮތީ ވަރަށް ފަސޭހަކޮށްދޯ ކަންތައްތައް

The name is already taken The name is available. Register?

ކެޕްޓަން ފިލިޕް

22 June 2024

ޅުކް އެޓްމީ އައިއެމް ދި ކެޕްޓަން ނައު

The name is already taken The name is available. Register?

ގައްބަރޭ.

22 June 2024

ބޭނުން ގޮތަކަށް މިތަނަށް އައީމާ މެހުމާންދާރީ ނޫން އަދާކުރާނީއެކީ !!ތި މީހުން މިތަނަށް އާދެވުނު ގޮތް ވަރަށް ހަރުކަށި ގޮތެއްގައި ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަންޖެހޭ

The name is already taken The name is available. Register?

ގާހަކަ

22 June 2024

މީގެ ކުރިންވެސް އެބަހުރި ސޯމާލީޔާ މީހުން ބެހިގެން ރާއްޖެ އާދެވިފަ. ތީ ކަނޑުފޭރެން ނުކުމެ އުޅޭ މީހުން. ޑިންގީގަ ބަޑި ނުވަތަ ހަތިޔާރެއް ހުރެދާނެ. ތިމީހުން ބެހެން މެދުވެރިވަނީ ކަނޑުބޯޑު ފަހަރާ ދިމާކޮށް ބަލިވެ ގަޔަށް ވަޒަންއަރާ ދޫކޮށްލާ ހިސާބުން ދެން ކާނެ އެއްޗެއް ހުސްވަންދެން ތިސޮރުމެން މިސްރާބެއް ނެތި ދަތުރުކުރާނެ. ރާއްޖޭން މިމީހުން ހައްޔަރުކޮށް ހަގީގަތް ބަލާ ފިޔަވަޅު އަޅަންޖެހޭނެ

The name is already taken The name is available. Register?

ބަބުރުޗީއާދަންބެ

22 June 2024

ކަނޑުފޭރުން މިބަސް ތަންކޮޅެއް ކަސިޔާރުވިއަަސް މިއީ ސޯމާލިޔާގެ ބަޔަކު ކާންބޯން އިގުތިސާދަށް ކުރާމަސައްކަތަކަށް ކިޔާނަމެއް. އެކިގައުމުތަކުގައި މިމަސައްކަތަށް ކިޔާނަން ތަފާތުވިއަސް މަގުސަދު އެކައްޗެއް. އެމެރިކާ ހުޅަގުން ކިޔަނީ ހަންޓިން ޓެރަރިސްޓްސް. މީގެދަށުން ހަތިޔާރު ވިއްކުމާއި ގައުމުތަކުގެ މުއްސަދިކަން ފެރިގަތުންވޭ. އިޒުރޭލުން ކިޔަނީ ޑިފެންޑިން ހޯމްލޭންޑް. ރާއްޖޭގައި ހަދިޔާ ދިނުން، ސައެއް، ކަޓެެއް، ބަދަލުދިނުން ފަދަ ނަންތައް ކިޔައި އުޅޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454