ސަމޯއާ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސަފީރު ގީލާ އަލީ ސޮއިކުރައްވަނީ. -- ފޮޓޯ | ފޮރިން މިނިސްޓްރީ
01 ޖުލައި 2024 - 15:18
ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވާން ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ މެންބަރު ގައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމެކެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީލާ އަލީ އެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުން، ދިވެހިރާއްޖޭގެ ގާނޫނުއާސާސީއާ ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ހުށަހެޅި އެވެ. މި "ޕާޓްނާޝިޕް އެގްރީމަންޓް" އަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަންއާ އެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ.
ފޮރިން މިނިސްޓްރީން ބުނީ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގުތިސޯދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް ރާއްޖެއަށް ލިބުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަމޯއާ އެގްރީމަންޓްގައި ސޮއިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވުމުން މަޖިލީހުން އިއްޔެ ވަނީ ރުހުން ދޭން ފާސްކޮށްފަ އެވެ. އެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެއްބަސްވުމުގައި ބައިވެރިވުމުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކަށް ހެޔޮ އަގެއް ހޯދަން އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ އެވެ.
ނަމަވެސް އީޔޫއަށް އެކްސްޕޯޓްކުރާ މަހުގެ އަގު ހެޔޮ ކުރެވޭނެ ދުވަހެއް މަޝްވަރާތަކަށް ފަހު ނޫނީ ލަފާ ނުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
"މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އަދި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކާއި އީޔޫއާ އެކު ކުރަން ޖެހޭ މަޝްވަރާތަކަކީ ގިނަ ދުވަސް ނަގާނެ ކަންތައްތަކެއް ކަމަށް ލަފާކުރެވޭ،" ރިޕޯޓްގައިވެ އެވެ.
ކަނޑުމަހުގެ އެކި ބާވަތްތަކަށް އެ އެއްބަސްވުމުގެ ދަށުން ރަނގަޅު ހެޔޮ އަގެއް ހޯދޭނީ އޯއޭސީޕީއެސްގެ ރީޖަނަލް ގުރޫޕްތަކާއި އީޔޫއާ އެކު ވެފައިވާ އިކޮނޮމިކް ޕާޓްނަޝިޕް އެއްބަސްވުމަކަށް އެކްސީޑްކުރުމަށް ފަހު ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އޯއޭސީޕީއެސްގެ މަގުން އެ ފައިދާ ރާއްޖެއަށް ހޯދަން ނިންމާފައިވަނީ އީޔޫއާ އެކު މަޝްވަރާ ކޮށްގެން އަލިމަގެއް ހޯދިފައިނުވާތީ ކަމަށް ވެސް މަޖިލީހުގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
"ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.
މިއަދާ ހަމައަށް އެއްބަސްވުމުގައި އީޔޫގެ 27 ގައުމުންނާއި އޯއޭސީޕީއެސްގެ 79 ގައުމުތަކުގެ ތެރެއިން 69 ގައުމަކުން ސޮއިކޮށްފައިވެ އެވެ. އަދި އެއްބަސްވުން ތަސްދީގު ކޮށްފައިވަނީ އީޔޫގެ ދެ ގައުމަކުންނާއި އޯއޭސީޕީއެސްގެ ދެ ގައުމަކުންނެވެ.
އޯއޭސީޕީއެސް އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމުއިއްޔާއެކެވެ. ރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު ސަނީހް
02 July 2024
މިހާ ފައިދާ ބޮޑު އެގްރިމެންޓް އެއްގައި އެހެން ސަރުކާރުތަމުން ސޮއި ނުކުރުމަކީ ދެވުނު ބޮޑު އަނިޔާއެއް. އެހެންޔާ މަހަށް ރަނގަޅު އަގެއް ނުލިބިގެން ވިއްޔާ މިއުޅެނީ
އިފާދުﷲ
02 July 2024
ޑޮލަރ ލޮބެންޔާ އޯކޭ. އިނގޭ ދީނާ ހިލާފް ކަމެއްގައި މުއިއްްޒް ސަރުކާރުން ސޮއިނުކުރާނެކަން
ސަމާހް އަލީ
02 July 2024
މި އެގްރީމެންޓް ގައި ބައިވެރިވުމުން އަދި ނުޖެހޭ މީގަ ހުރި ހުރިހާ ކަމަކަށް ބޯލަނބަން. އަހަރުމެންނަށް ކަމުދާ ބައިގަ ހިފާނީ. ސަރުކާރުން އެކަން ވަނީ ޔަގީންކަން ދީފަ
މަފާޒް ސަލީމް
02 July 2024
ރަނގަޅު. އަހަރުމެން ކަހަލަ މަސް އެކްސްޕޯޓް ކުރާ ގައުމަކަށް މިއަށްވުރެ ފައިދާ ބޮޑު އެގްރިމެންޓް އެއް ނޯންނާނެ
ރިމާހް އަލީ
02 July 2024
ދިވެހި ސަރުކާރުން ބުނެފަ އޮތީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެޔޭ. އެވަރުން ސާފް މިއީ ރަނގަޅު އެގްރީމެންޓް އެއްކަން.
ރާފިއުު
02 July 2024
ޖުމްލަކޮށް ބަލާއިރު މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކުރިއެރުމަށް ބޭނުންވާ ވަސީލަތްތަކާއި މާކެޓްތަކަށް ވަދެވޭނެ ގޮތް ފަހިކޮށްދީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް ހުޅުވުނު ފުރުސަތުގެ ދޮރާއްޓެއް.
އިސްމާއިލް އަސްލަމްް
02 July 2024
ޔޫރަޕިއަން ޔޫނިއަން އާއި އޯއޭސީޕީއެސްގެ އެހެން މެމްބަރު ގައުމުތަކާ އެކު ރާއްޖޭގެ ގުޅުން ބަދަހިކޮށް ހިއްސާވާ ލަނޑުދަނޑިތަކުގައި އިތުރު އެއްބާރުލުންލިބުމަކީ ނުހަނު ގައުމަށް މަންފާވާނެކަމެކެވެ.
އަޒްރާާ
02 July 2024
އަދި ރާއްޖެއާއި އީޔޫގެ މެމްބަރު ގައުމުތަކުގެ މެދުގައި ސަގާފީ ބަދަލުކުރުމާއި ތައުލީމީ ފުރުސަތުތައް ކުރިއެރުވުމާއި، ދެގައުމުގެ ގުޅުން މުއްސަނދިކޮށް، ސަގާފީ ވިސްނުން ކުރިއެރުވުމަށް ވެސް މި އެއްބަސްވުމުން މަގުފަހިވެގެންދާނެ. މިއީ ކުރިމަގަށް އެޅޭ ވަރަށް ރަނގަޅު ބިންގަލެއް.
ޖީހާންް
02 July 2024
ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމުގައި އެއްބާރުލުން ދިނުމަށް ވައުދުވެ، މޫސުމަށް އަންނަ ބަދަލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވުމާއި ލޯކަލް ގޮތުން ދެމެހެއްޓެނިވި އުސޫލުތައް ކުރިއެރުވުމުގައި ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރާއްޖެއިން ޕްރޮއެކްޓިވް ސްޓޭންސް ދައްކުވައިދީ މި ސޮއިކުރި އެއްބަސްވުމުން އެތަކެއް މަންފާއެއްކުރާނެކަން ކަށަވަރު.
ނިޝާމްް
02 July 2024
ސަމޯއާ އެއްބަސްވުމުގައި ސޮއިކުރުމަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގްތިސާދީ ގޮތުން އެޅި ސްޓްރެޓެޖިކް ފިޔަވަޅެކެވެ.
ޔޔރ67
02 July 2024
އޭ ހުވާތަ؟؟