ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް އަދި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް އައްޔަންކޮށް، ކެބިނެޓަށް އިތުރު ބަދަލުތަކެއް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި ބަދަލާ އެކު، ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވަން ނިންމެވީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޒަމީރު ކުރިން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ.