އެމްއެމްއޭގެ އާ ގަވަރުނަރަކަށް މިދިޔަ ޖުލައި 31 ގައި އައްޔަން ކުރެއްވި މުނައްވަރު.---ފޮޓޯ: ރައީސް އޮފީސް
05 އޯގަސްޓް 2024 - 12:23
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމުގެ ބޭނުމުގައި އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސް ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައަޅަން އެމްއެމްއޭގެ ބޯޑުން ފާސްކޮށްފި އެވެ.
މަރުކަޒީ ބޭންކުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެންމެ ބޮޑު އެއް ބަދަލަކީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުން ކަމަށެވެ. އެމްއެމްއޭގެ ބޯޑުން ފާސްކުރީ ފަސް ދާއިރާއަކުން ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމަށެވެ.
އެ ބަދަލާ އެކު، މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓް ކޮށްފަ އެވެ.
މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތްކުރާ މީހުންގެ އިތުރުން އާންމުކޮށް ވެސް ހުޅުވާލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
- ފަސް ދާއިރާއަކުން ފަސް މެނޭޖިން ޑިރެކްޓަރުން.
- މެނޭޖިން ޑިރެކްޓަރުންނަށް ތިބެވޭނީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް. އެ މަގާމަށް އާންމުކޮށް އެންމެންނަށް ހުޅުވާލާނެ. އެމްއެމްއޭގެ މުވައްޒަފުންނަށް ވެސް ކުރިމަތިލެވޭނެ.
- މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން އެޑްވައިޒަރުންނަށް ބަދަލުކޮށްފައި.
"މީގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލް ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެން ދާނެ. ފަންނީ ގާބިލު މީހުންނަށް އެމްއެމްއޭ އަށް ވަނުމަށް ވެސް ފުރުސަތު ހުޅުވޭނެ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، މެނޭޖިން ޑިރެކްޓަރަކު ހަމަޖެއްސުމުން، އެމްއެމްއޭގައި މަސައްކަތްކުރަން ބޭނުންވާ ތައުލީމީ އަދި ތަޖުރިބާކާރު މީހުންނަށް ފުރުސަތު ފުޅާވާނެ އެވެ.
އޭނާ ވިދާޅުވީ، އެ ބަދަލުތައް ގެންނަން ނިންމެވީ އެމްއެމްއޭގެ ބޯޑުގެ މަޝްވަރާގެ މަތިން އާ ގަވަރުނަރު އަހުމަދު މުނައްވަރު ކަމަށެވެ.
"މި ބަދަލުތަކުގެ ސަބަބުން އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާވެ، ހެޔޮ ނަތީޖާތަކެއް ނެރުމަށް ފަސޭހަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މި ބަދަލުތައް ގެންނަން އެމްއެމްއޭގެ ބޯޑުން މި ފާސްކުރީ އާ ގަވަރުނަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ވެސް ނުވަނީހެވެ. ރާއްޖޭގެ ބޭންކިން ދާއިރާ އަށް ގެންނަން އާ ގަވަރުނަރު ރާއްވަވާފައިވާ ބަދަލުތަކުގެ ތަފުސީލްތައް އަދި މީޑިއާއާ ހިއްސާއެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
07 August 2024
މި އުޅެނީ ހަމަ އެކަނި ސިޔާސީ ނުކޮށް އޮތް މުއައްސަސާ ސިޔާސީ ކޮށްލަން ކަމަށް ބެލެވެނީ! ކީކޭ ދެން އަޅެ ފަހެ ބުނާނީ ވިއްޔާ! ވީނު ޑޮލަރުގެ ކަޅު ބާޒާރު އުވާލަން ކުރަން ޖެހޭ ކަންކަން ކުރަން! ދޮގެއްތަ އަޅެ މި ބުނީ!
ކަންޖޫސް
06 August 2024
ހަހަހަ ގުޑުވާލައިފި ތަން ގުޑުވާލައިފި
ކަމަކުނުދޭ!
06 August 2024
ކޮބާހޭ މަނީޗޭންޖް ލައިސަންސް ދޫކުރުން؟ ގަވައިދު ހަދާ ނިމެނީ ކޮންއިރަކުންހޭ؟
މޫސާމަނިކު
06 August 2024
މި ބަދަލަކީ ފޭކު ބަދަލެއް. މަތީފަނޑި ބަދަލެއް ނުވޭ! ބޯޑުގަ އަދިވެސް ތިބީ “ރަހަ” އަމިއްލަ މަންފާއަށް ގޮނޑި ހޫނު ކުރާ ގުރޫޕް. އެޑްވައިޒަރުންނަކީ ދާއިމީ ކަމެއް ކުރަން ނުދަންނަ ޒަމާނަށް ނުފެތޭ ގުރޫޕެއް. ކުރިކަމަކީ ބަތްކައްކާ ކުޅުން.
އެމްސް
06 August 2024
އޮނިގަނޑު ހައިވަކަރަށް ބަދަލުކުރިޔަސް ޑޮލަރުގެ ކަޅުބާޒާރާއި ބިދޭސީންގެ ވަގުވިޔަފާރިވެސް ނުހުއްޓެއެވެ!
ހަސަންސާސްކަފު
05 August 2024
ހަމަ މަ ބުނިގޮތަށް ކަންކަން ވަމުން މިދަނީ. ސާބަހޭ މުނައްވަރު. ކކކބކ
މަންސޫރު
05 August 2024
“ ބަދަލާ އެކު، މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓް ކޮށްފަ އެވެ.” ކޮންތާކު މިޖެހުނީ؟؟؟... އެމްއެމްއޭ ކުރިނާރަނީ!
ޑެޕިއުޓީޒް11
05 August 2024
އަދި ޑެޕިއުޓީ އެމްޑީންނާއި، ޗީފް އެގްޒެކެޓިވް އޮފިސަރަކާއި، ޑެޕިއުޓީންނާއި، ޗީފް އޮޕަރޭޓިން އޮފިސަރެއްވެސް ލާންވާނެ. މަރުކަޒީ ބޭންކުތާދޯ. މަތީ ފަޑީގައި ނިކަން ހައިބަތު ހުންނަންޖެހޭނެ.
ނާދިޔާ އާޝާ
05 August 2024
ތިތަނަކީ ހަނގާކުރުމުގެ ހާޔެއް! ކިޔަވައިގެން ތިބި ޒުވާނުންނަށް ލިބެންޖެހޭ ކުރިއެރުމުގެ ބަދަލުގައި ލިބެނީ ނަފްސާނީ ކެކުޅުން.
ޙަސީނާ ޅޯންޑްރީ
05 August 2024
ޥަރުގަދަ ސިޕްމަންޓެއް އަންނަކަން ޔަގީންވުމުން އެމްއެމްއޭ އަލުން ރުކުރުވާލަންޖެހޭ. މިދަނީ ރަނގަޅަށް