އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކިކުރި އަޝްރަފް (ވ) ގައި އަދި އެ މަގާމަށް އައްޔަންކުރި ސާޖިދު (ކ) ގައި
03 އޯގަސްޓް 2025 - 15:08
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފި އެވެ.
އެމްއެމްއޭއިން ބުނީ އެފްއައިޔޫގެ ވެރިޔާ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެފްއައިޔޫގެ ހެޑްގެ މަޤާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަންކޮށްފަ އެވެ.
އަޝްރަފް ބަދަލުކުރީ ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމަށެވެ. އަދި އެފްއައިޔޫގެ ވެރިއަކަށް އައްޔަންކުރި ސާޖިދަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަޝްރަފްގެ މަގާމު ބަދަލުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވަނީ ސޯޝަލް މީޑިއާގައި އިއްޔެ އާންމުވެފައިވެ އެވެ.
މީގެ ކުރިން ވެސް 2018 ގައި އެފްއައިޔޫގެ ހެޑްގެ މަގާމުން އަޝްރަފު ވަކިކޮށްފައިވެ އެވެ. އޭރު އޭނާ ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތެއް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް ފެބްރުއަރީ 2023 ގައި އޭނާ އަލުން މަގާމަށް ރުޖޫއަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަފްލާ
04 August 2025
ވެރިން ފާޅުގައި ކޮރަޕްޝަން އަށް ހިތްވަރު ދޭ ތަން މިފެންނަނީ. ރިޕޯޓް ހެއްދެވި މުވައްޒަފު ވަޒީފާއިން ވަކިކޮށް އެހެން ޑިޕާޓްމަންޓަކަށް ބަދަލު ކުރީ. ވަރަށް ހިތާމަވެރި. ޑރ. މުއީޒުގެ ސަރުކާރަށް 2 އަހަރު ނުވާއިރު ކިތަށް ވައްކަން ފަޅާ އަރައިފި.
ފަޒީލާާ
04 August 2025
ބަޔަކު ހަސަދަވެރިވިޔަސް މިއީދެން ބޮޑު ވަރު. އަމިއްލައަށް ކަލޭމެން މަސައްކަތް ކޮށްގެން ލާރިހޯދަބަލަ. ޝުޖާ އޭނަ ކުރާ އިވެންޓް މާކެޓް ޑޮމިނޭޓް ކުރުން އެއީ ބަޔަކަށް ހަޖަމްނުވާންޖެހޭ ކަމެއްނޫން.
ދަފްލާ
04 August 2025
ބިޑްނުކޮށް އެކަން ގެންދިޔައީ އެއީ ހަމަ ސީދާ ކޮރަޕްޝަން. މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ސަރުކާރުގެ ޓްރެޝަރީ ލޫޓް ވާލީ. ހުވާ ކުރުމުގެ ޖަލްސާ ގައި ވެސް ކޮރަޕްޝަން. ހިތާމަވެރި. 2 އަހަރު ނުވާއިރު އެތަށް ކޮރަޕްޝަން އާއި ވައްކަމެއް
ހަސަނު
04 August 2025
އެހެންވީމާ ދެން ޔަގީނުންވެސް އެފްއައިޔޫ އިން ނުހަދާނެ މިސަރުކާރުގެ މީހެއްގެ އިންޓެލިޖެންސް ރިޕޯޓެއް... ނިކަން ގަދަ އަށް ހަރުދަނާ އެވީ...
ފައްޔާޒްް
04 August 2025
ބަލަ އިންޓެލިޖެންސް ރިޕޯޓްތަށް ހަދާފަ އެ ފޮނުވަންޖެހޭ އިދާރާތަކަށް ތަހުގީގަށް ފޮނުވާ އޮންނަންޖެހޭ އުސޫލުގެ ތެރެއިން ދޭބަލަ. އެމްއެމްއޭ ފަދަ މަރުކަޒީ ބޭންކްގެ ކޮންފިޑެންޝަލް އެއްޗެސް ލީކްކުރުމަކީ މާ ބޮޑު ކުށެއް، އެފަދަ މީހުންނަށް ފިޔަވަޅުއަޅާ ޖަލުހުކުމެއްވެސް ދޭންފެނޭ.
އިސްމާލި
04 August 2025
ކުރިންވެސް ވަކި ކުރި، އަނެއްކާ ވަކި ކުރީ. ކުރިން ވަކި ކުރި މައްސަލައިގެ ހިރަފުސް އޮބުނު އިރު މުޅި ރާއްޖެ ނުދެކޭ ވަރުގެ ކޮރަޕްޝަން. މިފަހަރު ވެސް ކޮރަޕްޝަން ގެ މައްސަލައެއް. ދެން ގަބޫލު ކުރަންވީ ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ޓެކްނިކަލް މީހެއްގެ ބަސް ތޯ، ޕޯޑިއަމަށް އަރާ އމބފ ގޮވާ ސިޔާސީ މީހެއް ގެ ބަސް ތޯ؟ އަތް ޖަހާނެ މިންވަރެއް ނިންމާނީ ރައްޔިތުން.
އެމްއެމްއޭ
04 August 2025
އެފްއައިޔޫކަމެއް އެެފްޔޫއައިކަމެއް ނޭނގެ.
ފޫހި
04 August 2025
ވިސްނާލާ މިވާގޮތް. ފާޑްފާޑް ގެމޮޅެތި ޔުނިޓް ހެދުމެކޭ ނުހެދުމެކޭ ކޮބާ ތަފާތެއް. ރަނގަޅު ރިޕޯޓެއް ނެރެލާއިރަށް މަޤާމުން ވަކި ނުވަތަ ކޮށްލާނީ ބަދަލު.
މަމްދޫހާާ
04 August 2025
ރިޕޯޓް ލީކުކޮށްލީ. ރިޕޯޓްގަ ވަނީ ތުހުމަތެއް. އެ ސާބިތުކުރުމަކީ އަދި ވަކި މަރުހަލާއެއް. އުސޫލުން ބޭރުން ވަކި މީހަކު ބަދުނާމުކޮށް ބޮލުގަ ތުހުމަތު އެޅުމަކީ އެއްވެސް ހަމަޖެހޭ މުޖުތަމައުއެއްގެ ސިޔާސަތެއްނޫން.
އަލިކޮއެ/ހުޅުމާލެ
04 August 2025
ޝުޖާއުގެ މައްސަލަ ބެލޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަދި އަންނާނެ. މުދާވެސް ދައުލަތަށް ނެގިދާނެ. މިކަމަށް ވައުދުވާ ފަރާތަކަށް އަހުން ވޯޓުވެސް ދޭނަން.
އަބުދުލް ޤާދިރު
04 August 2025
މި ސަރުކާރަކީ ކަމެއް ރަނގަޅުކޮށް އިޞްލާހެއް ކުރަން ބޭނުންވާ ބައެއްނޫން.
އިހްސާސް
03 August 2025
ތިޔަބުނާ ހަރުދަނާ ކުރަން ގަވަރުނަރު ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއަށް ބަދަލުކުރަން ފެނޭ. އެހެންޔާފަހެ ގޮނޑިކޮށްކޮއަކާ ބެހޭ ރިޕޯޓެއް ލިޔުނީމަ އެތާވެރިމީހާ އެކޮށްލީ ބަދަލު.
ޒުވާނުންގެ މޮޔަކަމާ
03 August 2025
އެންޓި މަނީ ލޯންޑަރިންގ /ކައުންޓަރ ޓެރަރިސްޓް ފައިނޭންސިން ގައި ރާއްޖެ ފޭލިވަމުން އަންނާތީވެ ޕޭޕަލް ރާއްޖެ ނާންނާނެ. ތިވީގޮތުން އަމުދުން މިސަރުކާރަކު ޕޭޕަލެއް ނާންނާނެ. ހުރިހާ ނުބައިކަމެއް ކޮށްކޮށްފަ އަދި ފަސްއަޅަން ރާއްޖޭގެ މުއައްސަސާތައް ވަދެ އދ ގެ ގަރާރަކުން ބާރު ލިބޭ އިދާރާއެއްގަ ހުންނަ ވެރި މީހާ ބަދަލުކުރުމަކުން ވާނެ މޮޅެއް ނެތް. ރިޕޯޓް އޮތީ މިހާރު އޭޝިއާ ޕެސިފިކް ގްރޫޕް އޮން އެންޓި މަނީ ލޯންޑަރިންގ / ކައުންޓަރ ޓެރަރިސްޓް ފައިނޭންސިން އަތުގަ