ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން ކޮންމެ ހަފުތާއަކު އައިފޯން 15 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި 20ރ. އިން މަތިން ރީލޯޑް ކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނަގާ ނަސީބުވެރިއަކަށް އައިފޯން 15 ޕްރޯއެއް ލިބޭނެ އެވެ. މި ޕްރޮމޯޝަނަކީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގައި ދިރާގު ޕްރީޕެއިޑާއި އަމަރު އަދި މަމެން ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އަދި ދިރާގު އެޕާއި މައިއެކައުންޓް އަދި ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑް ކޮށްގެން ވެސް ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުގެ ޕޯޓްފޯލިއޯގައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ އެކި ޕްރީޕެއިޑް ޕްލޭންތައް ހިމެނެ އެވެ.
ދިރާގުން ދަނީ ކަސްޓަމަރުން މިފަދަ އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.