މަޖިލީޙުގެ ނައިބު ރައީސް އަހުމަދު ނާޒިމް--
22 އޮކްޓޯބަރ 2024 - 10:53
ދުންފަތް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ޓެކްސް ބޮޑުކޮށްގެން މަގްސަދު ހާސިލް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ދުނިޔޭގައި ދުންފަތުގެ ބާވަތްތަކުން ޓެކްސް ނަގާ މިންވަރުތަކާ އަޅާކިޔާއިރު މި ބަދަލު ގެނައުމުން ސިނގިރޭޓު ފޮއްޓަކުން ދެވަނަ އަށް އެންމެ ބޮޑު ޓެކްސްއެއް ނަގާ ގައުމަކަށް ރާއްޖެ ވެގެން ދާނެ ކަމަށެވެ.
ބާޒާރުގައި މިހާރު 100ރ. އަށް ސިނގިރޭޓު ފޮއްޓެއް ލިބެން ހުރި އިރު ޓެކްސް ބޮޑުކުރުމާ އެކު އެ އަގު 250ރ. އަށް ބޮޑުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް ދުންފަތާ މީހުން ދުރަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ހެދިފައި ހުރި ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ސިނގިރޭޓު އަގު ބޮޑުވިޔަސް ހައްލެއް ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ގަވައިދުތައް ހަރުދަނާކޮށް އެތައް ކަމެއް ސަރުކާރުން ތަންފީޒު ނުކޮށްފި ނަމަ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލެއް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބައެއް ގައުމުތަކުގައި ސިނގިރޭޓު އަގު ބޮޑުކުރުމާ އެކު ބްލެކްމާކެޓެއް އުފެދިގެން ދިޔަ ކަމަށާއި އަދި އަގު ހެޔޮ ސިނގިރޭޓު ބާޒާރަށް ނުކުންނަ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ސިނގިރޭޓުގެ ބްރޭންޑްތަކަކީ ދުނިޔޭގައި ވަރަށް ކޮލިޓީ ރަނގަޅު އަދި ފުންނާބު އުސް ކުންފުނިތަކަކުން އުފައްދާ ވައްތަރުތަކެއް ކަމަށާއި ނަމަވެސް އޭގެ އަގު ބޮޑުވުމުން އަގު ހެޔޮ ސިނގިރޭޓުތައް މާރުކޭޓަށް ނުކުތުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަށް ކޮލިޓީގެ ސިނގިރޭޓަކީ ސިއްހީ ހިރާސް [ރިސްކް] މިހާރު ބޭނުންކުރާ ސިނގިރޭޓަށް ވުރެ މާ ބޮޑު އެއްޗެއް. އެހެންވެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރެވި އަދި ބްލެކްމާކެޓުގައި އެއްޗެހި ނުގެނެވޭނެ ގޮތަށް ރާވައި ސްމަގުލް ނުކުރެވޭނެ ގޮތްތައް ޖެހޭ ރާވަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ވޭޕްގެ މައްސަލަ ރާއްޖޭގައި ބޮޑުވެގެން ދިޔައީ ވެސް ރެގިއުލޭޓްކުރުމާ ބެހޭ ފިޔަވަޅުތައް ކުރީ ސަރުކާރުތަކުން އަޅަން ފަސް ޖެހުމުންނެވެ. އެހެންވެ މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެ އަށް ވޭޕް އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެގޮތުން 2022 ވަނަ އަހަރު 250،000 ވޭޕް ޑިވައިސް އެތެރެ ކުރި ކަމަށާއި މިދިޔަ އަހަރު 394،000 އަދި މި އަހަރުގެ މިހާތަނަށް 253،000 ވޭޕިން ޑިވައިސް އެތެރެ ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނޭ ނޫނޭ
22 October 2024
ގޮނޑި ހޫނުކުރާ ގުރޫޕަށް މުސާރަދޭނެ ގޮތެއް ހޯދަންޖެހޭ އެބަ
ހަމްދާ
22 October 2024
ވަރަށް ރަނގަޅު ވާހަކައެއް
ކިއްލާ2222
22 October 2024
ނާޒިމް ތި ދެއްކީ ރަގަޅު ވާހަކަ އެއް! އަގު ހެޔޮ ޗިގިރޭޓް ބޮއިގެން މީހުން ހަލަކު ވާނީ! ކޮންމެ ފަހަރަކު އިންތިހާބަކަށް ފަހު ސިގިޜޭތް ގެ ޓެކްސް ބޮޑު ކޮށް އާއްމުން ނަށް ދަތި މި ކުރަނީ! ނުބޯ މީހުން ތިއްބަސް އެ ނުބޯ މީހާ ބޯ މީާ އަސް ހަރަދު ކުރަން ޖެހޭ!ދެން ވަޒީފާ އަށް ގޮސް ލިބޭ ހާ ލާރިން ސިގިރޭޓް އެކަނި ބޮވޭނީ! ކިހާ ދެރަ
ފަރު
22 October 2024
ތަންފީޒު ވީ ނިދާފައި.
ޓޭސީ
22 October 2024
ތީ އެއްވެސް ހެވެން އެދިގެން ކުރާކަމެއްނޫން. މިއުޅެނީ ދައުލަތުގައި ލޯލާރިއެއް ވެސް ނެތިގެން. ޤައުމު ހިންގަން ރުފިޔާނެތިގެން. މަންފާއެއްވާ ބަޔަކު ތީ ރައީސްކޮއްދެއްވި ހެޔޮ ކަމަކަށް ހަދަން އުޅުނަސް ތި ކުރާ ކަމެއް ނޭނގޭ ކުޑަކުއްޖެއްވެސް ނެތް މި ޤައުމަކު. ތިވަރަށް ރުފިޔާބޭނުންވަންޔާ ޑުރަގުން ވެސް ޓެކްސްއެއް ނަގަން ފެންނަނީ. މިހުންނަނީ ހަމަ އާމުދަނީ އިތުރުވާނެ ގޮތްތައް
ނޫރާނީމާ
22 October 2024
ކުރިމިނަލް ކޯޓް ގެ ބަައެއްް މުވައްޒަފުން މި ތިބެނީ ސިގެރެޓް ބޯން ހުރަވީ ސްކޫލް ކައިރި. އެއީ މަނާ ކަމެއް.
ދެއުޅި
22 October 2024
މަގުޞަދުކަމަށް ލިޔުންތަކުގައި ދުންފަތާ މީހުން ދުރަށް ގެންދިއުމަށް އޮތަސް ހަގީގީ މަގުޞަދު ނާޒިމަށްވެސް ރަގަޅަށް އެނގޭނެއެވެ. ޓެކްސް ބޮޑު ކުރުމުން އެ މަގުޞަދު ހާސިލް ވާނެއެވެ. މިހާރުވެސް ވަކިން ސިނގިރެޓް ވިއްކުމަކީ މަނާކަމެއް. އެކަމަކު އެކަން ނުކުރާ އެއްވެސް ފިހާރައެއް ހުރޭތޯ. މިރާއްޖޭގައި މިބާވަތުގެ ގާނޫނާއި ގަވާއިދު ހަދަނީ ތަންފީޒު ކުރާކަށް ނޫނެވެ. ސުރުހީއަށް އަރުވާށެވެ. ކިހާރަގަޅުތޯ އާންމު ސިއްހަތައް ގެއްލުންވާތީ ރައީސް އަޅުއްވާ ފިޔަވަޅުތައް
ކިހިނެއް
22 October 2024
މަގްސަދަކީ އދ އާއި މާލީ އިދާރީތަކުން ސަރުކާރައް ބާރު އަޅަނީ އެކަހަލަ އެއްޗެހީގެ ޓެކްސް ބޮޑުކުރަން. ގެއްލުންހުރި އެއްޗެހި އަދި ފައިދާ އެއް ނެތް އެއްޗެހި އެހެންވެ
ލޮލްޒ
22 October 2024
މީހަމަ އެއްވެސް ހެޔޮ ނިޔަތެއް އޮވެގެން ކުރި ކަމެއްނޫން. ދިވެހިން ސިނގެރެޓައް އަދި ނިކޮޓިން އަށް ދެވިހިފާފަ ހުރި މިންވަރަކީ، އަގުބޮޑުވެގެން އަނބި ދަރިންނަށް ކާންބޯން ނުދީވެސް ތިބޭނީ ސިނގެރެޓު ގަނެގެންކަން. މީހަމަ އާބާދީގެ ބޮޑުބަޔަކަށް އަނިޔާއެއް ލިބޭނެ ކަމެއް. މީގެ ކުރިންވެސް އެތައްފަހަރަކު ޑިއުޓީ ބޮޑުކުރި. ބަހުސްކުރި އެއްވެސް ކަމަކަށް ނަތީޖާއެއް އެއްވެސް ފަހަރަކު ނުލިބޭ. ބަހަނާއެއް ދައްކައިގެން ބާރުގެ ބޭނުންކޮށްގެން ބަޔަކު ފެލައިލެވިދާނެ.
ކިހިނެއްދޭނީ
22 October 2024
އަގު ބޮޑުވީމަ ވެސް ހުއްޓާ މީހުން ތިބޭ އަދި ތިޔަބުނާ މީހުން އެއްވެސް ކަމެއްގައި ނުބަލާނެ އަބިދަރިންނަކައް ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ އެއީ ސިގިރޭޓާ ބެހޭ ކަމެއް ނޫން