ކުލަ ފާޓާތަކެއް އަރުވައި ބަރާކޮށްގެން ހުޅުމާލޭން މާލެއަށް އައި ޕިކަޕަކުން ފާޓާތައް ވެއްޓި މަގުމައްޗަށް ކުލަ އެޅި ހުދުވެއްޖެ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ޕިކަޕު ފަހަތުގައި ބަރިބަރިއަށް ކުލަ ފާޓާތައް ބަހައްޓައިގެން އައި ޕިކަޕު މާލެއަށް އަރައި ސެނަހިޔާ ހޮސްޕިޓަލާވީ ކޮޅަށް އަނބުރާލި ވަގުތު ހައިވޭ މައްޗަށް ސާޅީހަކަށް ފާޓާ ވެއްޓުނު ކަމަށެވެ. އޭގެ ތެރެއިން ބައެއް ފާޓާތައް ފަޅައިގެން ގޮސް މުޅި މަގުގައި އޮތީ "ކުލަލެވިފަ" އެވެ.
ކުލަ ފާޓާތައް ވެއްޓި ބްރިޖު ކޮޅުން ހައިވޭ ބަންދުވާ ވަރަށް މުޅި ތަނަށް ފާޓާތައް ފުރޮޅިގެން ދިޔަ އެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.
ކުލަ ފާޓާތައް ނަގައި މަގުގެ އެއްފަރާތުގައި ބެހެއްޓުމަށް ފަހު މަގު ސާފުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވާހަކަ ނުދައްކާތީ ތަފްސީލެއް ނޭނގެ އެވެ.