ރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ޒަކާތު މަހާސިންތާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅު ދައްކަވަނީ.--
28 ނޮވެމްބަރ 2024 - 12:01
ޒަކާތުގެ ގޮތުގައި ކުރިން ލިބެމުން ދިޔައީ 14 މިލިއަން ރުފިޔާ ނަމަވެސް އެކަމަށް ހޭލުންތެރިކުރުމަށް ކުރި މަސައްކަތުން އެ އަދަދު 100 މިލިއަން ރުފިޔާއާ ގާތަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެެ އެވެ.
މި އަހަރުގެ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ނިޒާމަކީ ހުރިހާ ދުވަސްވަރެއްގައި ވެސް ވަރަށް ހަރުދަނާ ގޮތެއްގައި ހިނގަމުން އަންނަ ނިޒާމެއް ކަމަށެވެ. އެކި ކުރިއެރުންތައް ވެސް އެ ނިޒާމަށް ލިބެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މިނިސްޓަރުކަމުގައި އެ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމް ޒަމާނީ ފިގުހުގެ އަލީގައި ދިރާސާ ކުރައްވައި އާ ކަންތައްތަކަކަށް ޒަކާތުން ހޭދަކުރެއްވުމަށް ނިންމެވި ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ޔަތީމު ކުދިންގެ ފޮތް، ފަންސޫރަށް ފައިސާ ދޫކުރުމާ އެކު އެ ބަދަލުގެ ދަށުން ފަގީރު ކުދިންގެ މަތީ ތައުލީމަށް ވެސް އޭރު ހޭދަކުރަން ނިންމި ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމީ އިގްތިސާދާއި އިސްލާމީ މުޖުތަމައަކަށް ބޭނުންވާ އެކި ދާއިރާތަކުން މަތީ ތައުލީމަށް ކިޔަވަން ފުރުސަތު ފަހިކޮށްދިންއިރު އޭގެ ސަބަބުން ރާއްޖޭގެ އިސްލާމީ މާލީ މުއައްސަސާތައް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ވެސް ފަހިވި އެވެ.
"މި ނޫން ވެސް ވަރަށް ގިނަ ބަދަލުތައް އެ ދުވަސްވަރު ގެނައި ޒަކާތަށް. މީހުން ހޭލުންތެރިކުރުމާއި ފޮތްތައް ތަރުޖަމާކުރުމާއި އެކި ކުންފުނިތަކަށް ބައްދަލުކޮށް ޒަކާތް ހޯދުމަށް މަސައްކަތް ކުރި،" ރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ޒަކާތު މަހާސިންތާގައި މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތަށް މީހުން ހޭލުންތެރިކުރަން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޒަކާތަށް ލިބެމުން އަންނަ ތަރުހީބު ވެސް ބޮޑުވެފައިވާ ކަމަށާއި ޒަކާތު ފަންޑަށް މިހާރު 100 މިލިއަނާ ގާތަށް ފައިސާ ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަކާތަށް ލިބޭ ފައިސާގެ އަދަދު އިތުރުވަމުން އަންނަނީ މީހުންގެ ވިސްނުމަށް ވެސް އަންނަ ބަދަލުގެ ސަބަބުންނެވެ. މިހާރު ވެސް އެ ނިޒާމާ މެދު މީހުން ހޭލުންތެރިވާ މިންވަރު އިތުރުވަމުން އަަންނައިރު ގާނޫނީ އިމުގެ ތެރެއިން ނިޒާމު ހަރުދަނާ ކުރެވިއްޖެ ނަމަ، މިހާރަށް ވުރެެ ބޮޑު ކުރިއެރުމެއް ނިޒާމަށް ލިބޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޒަކާތު މަހާސިންތާއަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި އިލްމުވެރިންނާއި މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސްސުވާލު
29 November 2024
ސަހީމު މި ލާރިތަކާ މާވަރެއްދައްކަނީ ކީއްވެބާ؟ ޒަކާތު ހައުސްހަދާ ކުންފުނަޏެއް ހިންގާހެން ހިންގަންޖެހޭބާ؟ އަނެއްކާ އެމް ޕީ އާރު ސީ އަށް ވީހެން ވަނީބާ؟ ފިނޭންސް މިނިސްޓްރީ ނޫނީ މީރާއަށް މިފަންޑް ނުބެލެހެއްޓޭނީތަ، ހަމަސުވާލު އެފެދޭ
އަޒީޒާމިސްކިތް
29 November 2024
ކޮބާ ވަގުތީ މިސްކިތް ބަންދުކޮށްގެން ކީއް ތިކުރަނީ. ރޯދަމަސް އޮތީ ކުރިއަށް
ދެރަދެރަ
29 November 2024
ބޭސް ފަރުވާ ނުކުރެވިގެން އުޅޭ ފަރާތްތަކަށް ކުރީ ސަރުކާރުތަކުން އެހީ ވެދިން... މި ސަރުކާރުގަ އާސަންދަ, އެންސްޕާ އެހީ ކަޑާލާ، ޒަކާތު ފަންޑުން އެހީވުން މުޅިންހެން ހުއްޓާލައިފި... ރައްޔިތުންނާ މެދު ވަރަށް ދެރަކޮށް ކަންތައް ކުރާ ސަރުކާރެއް.. ވަރަށް އިހާނާތްތެރި... ފަގީރުންގެ ލިސްޓުގަ ރަށްތަކުގަ ނަން ޖެހުމުގެ ހައްގު މުސްކުޅިންނަށް ނޯވޭ... 5000 ރުފިއާ ލިބޭތީ... 5000 ރުފިއާއިން މުސްކުޅިން އުޅޭނީ ކިހިނެތް...
އަކުއާ.
28 November 2024
ރަނގަޅުގޮތުގަ ބޭނުންކުރަން ނޭންގެންޏާ ހެވެއްނުން ކިތަންމެ މަދުން ލިބުނަސް ގިނައިން ލިބުނަސް..
ކަނބިލި
28 November 2024
ޒަކާތު ފައިސާއާއި އެކި ގޮތްގޮތުން އިސްލާމިކް މިނިސްޓްރީއަށް ވަންނަ ފައިސާ ޚަރަދުކުރެވޭ ގޮތުގެ ފުރިހަމަ އޮޓިޑެއް ހަދާ އެކަން އާންނުކޮށް ހާމަކުރަންޖެހޭ. ވަރަށް ފާޑުކިޔުންތައް ބޮޑު ރައްޔިތުންގެ ތެރޭގައި. ދެފުށް ފެންނަން ޖެހޭ
ޟަމީރު
28 November 2024
ޒަކާތުން ކުރަންޖެހޭ ކަންކަން ކުރާނަމަ ވަރަށް ރަގަޅު. މުދިމުންގެ މުސާރަ ދިނުން. މިސްކިތްތައް ބެލެހެއްޓުން. މިނިސްޓަރާއި މިނިސްޓްރީ ބެލެހެއްޓުން. ދީނީ ޢިލްމު އުގަންނައިދޭ ތަންތަން ކުރިއަރުވަން ޚަރަދު ކުރުން. ކުއްލިއްޔާގެ ފަދަ ތަންތަނުން ރިސާޗްތަކަށް ފަންޑުކުރުން. މިހާރު ހީވާފަދަ ވަޒީރު ރައީސްކަމަށް ފައިނަގައިގެން އުޅެނީއޭވެސް...
ހުސްގޮނޑި
28 November 2024
ދިވެހިރާއްޖެއަކީ ރަނގަޅަށް ހިންގާނަމަ ދަރަންޏަށްނަގަންޖެހޭނެ ރާއްޖެއެއްނޫން. ފަގީރުން އުޅެ ސަލާންޖަހަން އުޅޭމީހުން ފެންނާނެރާއްޖެއެއްވެސްނޫން. ރައްޔިތުންނަށް އޮޅުވައިނުލައި، ތެދުބަހުންވާހަކަދައްކައި އޮޅުންފިލުވައިދީ ވިސްނާދީގެން ރީތިގޮތުގައި ހިންގާނަމަ ބަސްއަހާ ރައްޔިތުންތިބޭނެ ރާއްޖެއެއް. ރައްޔިތުން އިތުބާރުކުރާނީ އިތުބާރުކުރާ ވެރިންލިބިގެން. ވެރިންނަށް އިތުބާރުކުރެވޭނީ ތެދުވެރިކަމާއި ވަފާތެރިކަން ސާބިތުކޮށް ދަައްކައިގެން.
1818
28 November 2024
ރައްޔިތުންގެ ކައިރިން އެހުމެއްނެތި އެތަށް ރައްޔިތުން ބޭސްފަރުވާ ނުކުރެވި އާސަންދަ ނުލިބި އުޅެނިކޮށް، ގަތަރަށް ތި ފޮނުވާލީ! މީ ރަގަޅަށް އޮޑިޓްކުރަން ޖެހޭ މައްސަލައެއް!
މުއްސަނދި
28 November 2024
އެހެންވީމާ ކޮންމެ އަހަރަކު 100 ދިވެހިންނަށް ބޮލަކަށް 1 މިލިއަން ދޭން ވީނުން ތޯ؟ އޭރުން އިސާހިތަކު މިގައުމުގެ އެންމެން މިލިއަނަރުންނަށް ވެދާނެ!
ތަކަނޭ އޭ
28 November 2024
ޢެހެން ވެގެންތޯ އެ ފައިސާއިން ހަދާނެ ނުހަދާނެ ގޮތެއައް ނޭގިގެން ތިޔަ އުޅުއޮވަނީ