މާބަނޑު މީހަކު، ސްކޭން ފޮޓޯ ހިފަހައްޓައިގެން.
19 ޖެނުއަރީ 2025 - 14:03
ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވެއްޖެ ނަމަ އެ ޗުއްޓީ ކެންސަލް ނުވާ ގޮތަށް ބަދަލުކުރަން ޓްރައިބިއުނަލަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް ވަކާލާތުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ނައިބު ރައީސް އަބްދުﷲ ނާހިދު "މިހާރު" އަށް މިއަދު ވިދާޅުވީ، ވިހެއުމަށް ފަހު ލިބޭ ހަ މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމާ އެކު، އަނބުރާ ވަޒީފާ އަށް ނުކުތުމަށް އެދި ސަރުކާރުގެ ދެ އިދާރާއަކުން އެންގި މައްސަލައެއް އެ ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، އެ ފަދަ ހާލަތެއްގައި ވަގުތުން ވަޒީފާ އަށް ނުކުތުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެކަމަށް ގާނޫނީ ހައްލެއް ހޯދަން ނިންމީ ކަމަށް ނާހިދު ވިދާޅުވި އެވެ.
އެ ސެންޓަރުން މިހާރު އަންނަނީ އެކަމުގެ މައުލޫމާތުތައް ހޯދަމުންނެވެ. އެ އަށް ފަހު، ޓްރައިބިއުނަލަށް ހުށަހަޅާނެ އެވެ.
ޕީއައިއެލްސީއަށް އެންމެ ފުރަތަމަ ހުށަހެޅީ ހަތަރު މަހުގެ ކުއްޖަކު ކުއްލިއަކަށް މަރުވުމުން، ޖެހިގެން އައި ދުވަހު އޮފީހަށް ނުކުތަމަށް އެންގި މައްސަލަ އެކެވެ.
މީގެ ދޮޅު އަހަރެއް ވަރު ކުރިން ހިނގި އެ ހާދިސާއާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން، އެއީ ރައީސް އޮފީހުން އޭރު ފޮނުވި ސިޓީއަކާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ބުނެފައިވާ ކަމަށް ނާހިދު ވިދާޅުވި އެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ ސަމާލުކަމަށް ގެނައުމުން ޓްރައިބިއުނަލަށް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށް ގެންދަން ވަނީ އަންގައިފަ އެވެ.
"އަލަތު ދަރިފުޅު ކުއްލިއަކަށް މަރުވި ތަނާ މި އެންގީ އޮފީހަށް ނުކުންނަން. މެޓާނިޓީ ލީވް އަކީ މައިމީހާ އަށް ވެސް ދޭ ޗުއްޓީއެއް ކަމަށް މި ގަބޫލުކުރަނީ،" ނާހިދު ވިދާޅުވި އެވެ.
ވިހެއުމުގެ ޗުއްޓީގައި ދަރިފުޅު މަރުވުމުން އޮފީހަށް ނުކުންނަން އެންގި ދެ ވަނަ ތަނަކީ މިނިސްޓްރީއެކެވެ. އެ މިނިސްޓްރީގެ މުވައްޒަފަކު ވިހެއިތާ ދެ މަސް ނުވަނީސް މިދިޔަ އަހަރުގެ ތެރޭގައި ދަރިފުޅު މަރުވި ދުވަހު ނޫން އަނެއް ދުވަހު އަނބުރާ އޮފީހަށް ނުކުންނަން އެންގި އެވެ.
އެކަމަކު، ޕީއައިއެލްސީން ގަބޫލުކުރާ ގޮތުގައި އެފަދަ ހާލަތެއްގައި މަޔަކު މަސައްކަތަށް ނުކުންނަން އެންގުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަމަކު، މީގެ ކުރިން ވެސް އެ ފަދަ ހާލަތްތަކުގައި އަމަލުކޮށްފައިވަނީ އެ އުސޫލުން ކަމަށް، ލިބިފައިވާ މައުލޫމާތުތަކާ ހަވާލާ ދެއްވައި ނާޙިދު ވިދާޅުވި އެވެ.
ފުރާނަ ހުރި ކުއްޖަކު ވިހެއުމުން މުސާރައާ އެކު، ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވަނީ، ސިވިލް ސާވިސްގެ ގަވައިދަށް ގެނައި ބަދަލާއެކު މާޗު، 7، 2019 އިން ފެށިގެންނެވެ. އެ ގަވާއިދުގައި ބުނަނީ އޭގެ ކުރިން ލިބެނީ ތިން މަސް ދުވަހުގެ ޗުއްޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމާނަކުންއައި ޒަމާނެއް
21 January 2025
ތިޔަހެން ވީމާ ވަޒީފާ އަދާކުރަން ހުންނަ މީހެއްގެ މައިން ބަފައިން،ނާއި އަނބި، ފިރި ނުވަތަ ދަރިއަކު ނިޔާވެއްޖެނަމަ ދޭނެ ޗުއްޓީއެއްވެސް ތަޢާރަފުކުރަންޖެހޭނެ ތިކަމާއެކު.
އަސަރި
20 January 2025
މިއަދު ސިޔާސީ މީހުންނާއި ސިވިލްސާރވީސް ވަޒީފާތަކުގައި އުޅޭމީހުން ޒިންމާ އަދާކުރާނޭ ގާނޫނެތް ހަދަންވީނޫންތޯއެވެ. ސަރުކާރުގެ ވަޒީފާތަކަކީ މަސައްކަތްނުކޮށް ބަރާބަރަށް މުސާރަ ނަގާ ވަޒީފާތަކެކެވެ. މަޒީފާގައި އުޅޭއިރު މަސައްކަތްކުރާ ގަޑި މަދުވެފައި އަމިއްލަ މަސައްކަތުގައި އުޅޭގަޑި ގިނަވާނީވެއެވެ. މިކަމުގެ ސަބަބުން ޚިދުމަތް ލަސްވެ މަސައްކަތް ފުނިޖެހި ފަރުވާ ކުޑަވަނީއެވެ. ވިހެވުމުގެ ޗުއްޓީ 1 މަސް ދުވަހު ދީފައި ނޯޕޭ ލީވް 5 މަސް ދުވަހު ހެދުމަށް ގޮވާލަމެވެ.
ކެވޭގޮތަކުންކެއުން
21 January 2025
ވަރަށް ރަނަގަޅު ވާހަކައެއް. މިހާރު ސަރުކާރު ވަޒީފާތަކަކީ ކަމެއް ނުކޮށް ފައިސާލިބޭނެ ވަސީލަތަކަށް ހަދައިފައިވާ އެންރޯލްމަންޓެއް. ރަޖިސްޓްރީގައި ހިމެނިފައި އެޓެންޑެން ކޮންމެވެސް ގޮތަކަށް އަޅާލީމަ ނިމުނީ. ވަޒީފާގެ ވަގުތުުގައި އޮންނާނީ ސަޔަށްދިއުމާއި ކޮފީއަކަށް އަރާލުމާއި ސުކޫލުދަށް ދިއުން. ދެން ކޮންމެވެސް ކޯހެއް ހެދަން ކްލާހެއްގައި. މަސައްކަތްކުރާކަށް ނުޖެހޭ. ޙިދްމަތް ހޯަދަން އަންނަ މީހާ ހުންނަންޖެހޭނީ ތެޅިތެޅި.
އާމިނާދިޔެ
21 January 2025
ވިހެއުމުގެ ޗުއްޓީ ދިގުވުމުގެ ސަބަބުން މުވައްޒަފުން ގެ ދަތިކަމާ ކުރިމަތިލާންޖެހި މަސައްކަތަށް ބުރޫއަރައި އެތައްބަޔެއްގެ ހައްގު ގެއްލެއެވެ. އޭގެ އެއްމިސާލަކީ ސްކޫލް ފަދަ ތަންތާގައި ގިނަ ޓީޗަރުންތަށް އެއްފަހަރާ ވިހެއުމުގެ ޗުއްޓީއަށް ދިއުމާ ގުޅިގެން ކްލާސްތަށް މެނޭޖް ނުކުރެވި ކިޔަވައި ނުދީ ދަރިވަރުން ގެޔަށް ފޮނުވާލަން ޖެހުމެވެ. އެންމެ މުވައްޒަފެއްގެ ހައްގުގައި ދަރިވަރުންގެ ބައި އަހަރުގެ ކިޔެވުން ގެއްލުމެވެ.
ހިޔާލު101
20 January 2025
.... ކުއްޖާ މަރުވެއްޖެނަމަ: • މަރުވެފައި ވިހެއުން ނުވަތަ ވިހެއުމަށްފަހު 6 މަސްދުވަހުގެ ތެރޭގައި ކުއްޖާ މަރުވެއްޖެނަމަ: - 7 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީ.
ޔަހްޔާ
20 January 2025
ކަލޭވިހާފަ ދަރި މަރުވުމުން 7 ދުވަސްކޮށްފަ އޮފީހަށް ނިކުންނަ ހިއްވަރު ހުންނާނެތަ؟ 6 މަސްގިނަ . އެކަމް7 ދުވަހޭ؟
ހިޔާލު101
20 January 2025
އާ އަންހެނުންގެ ޗުއްޓީގެ ސިޔާސަތު: ސިޒޭރިއަން އިން ވިހެއުން: 1 މަސްދުވަހުގެ މުސާރަ ލިބޭ ޗުއްޓީ. ޢާންމު ގޮތަށް ވިހެއުން: 2 ހަފްތާގެ މުސާރަ ލިބޭ ޗުއްޓީ. އެހެނިހެން އުނދަގޫތައް: ޑޮކްޓަރުގެ ލަފާގެ މަތިން ޗުއްޓީގެ މުއްދަތު ކަނޑައެޅުން. ކުއްޖާ ބެލުމަށް: 4 މަސްދުވަހުގެ މުސާރަ ލިބޭ ޗުއްޓީ. • އިތުރު 1 މަސްދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީއަށް އެދުމުގެ ފުރުޞަތު.... ....
ތިކަމު
20 January 2025
ތިބައި ވަކިން ގަވައިދެއް ހަދަންވީ. އާއިލީ ގާތް މީހަކު މަރުވުމުން ޗުއްޓީ އެންމެންވެސް ބޭނުންވާނެދޯ؟ 4 މަހުގެ ދަރިޔަކާ، 1 އަހަރުގެ ދަރިއަކާ ނުވަތަ 10 އަހަރުގެ ދަރިއަކު މަރުވުމުގެ ތަފާތަކީ ކޮބައި؟ އަމާ ނުވަތަ ބަފާ ބަލާ މީހުން އެމީހުން މަރުވުމުންވެސް ބްރޭކެއް ބޭނުންވާނެ. ދެން އޮތީ ސިޒޭރިއަން ނޫނަސް މީހުން ސާޖަރީ ހަދައިން ރިކަވާ ވުމުން އޮފީހަށް ނުކުންނަން ޖެހޭ. އަންހެނުން ވީމަ މެޓާނިޓީ ވަކި ގަވައިދެއް އެބަ އޮތް. ޑޮކްޓަރު އޯކޭ ދީފިނަމަ ނުކުންނަންވީ.
ޒީރޯ އެމްޕަތީ
20 January 2025
ތިޔަ ބޭފުޅާ ސާޖަރީއެއް ހަދާ ދުވަހަކުން ނޫނީ ތިޔަބޭފުޅާގެ ގައިގެ ބޮޑު ސިންގާ ބައެއް ކަފައިގެން ގޮސްގެން އެތަން ފަސޭހަވާންދޭން ޗުއްޓީއަކަށް އެދޭ ދުވަހަކުން މީހަކު ތިޔަ ކަހަލަ އެެއްޗެއް ބުނާ ދުވަހެއް ނާންނާނެ ކަމަށް އުއްމީދު ކުރަން. މޫނުގަ އިން ބިއްސެއް ތުއްވާލައިގެންނެއް ނޫން ވިއްޔަ މި އުޅެނީ
ދޭހިލޭ
20 January 2025
މި ގަވާއިދު 1994 ގައި ފުރަތަމަ ހެދިއިރު ވަރަށް ސާފުކޮށް ލިޔެފައި އޮންނާނީ، ވިހެއުމާ ގުޅިގެން ދަރިފުޅު ބެލުމަށް ދޭ ޗުއްޓީއެއް ކަމަށް އޮންނާނީ. އޭރު އެއީ މުސާރަ ނުލިބޭ ޗުއްޓީއެއް. ދެން ފަހުން ބަދަލުކުރަމުން ކުރަމުންގޮސް އޮޅުންބޮޅުންވެ ވާނުވާ ނޭނގުމުގެ ތެރެއަށް މިކަން ވަދެގެން ދިޔައީ. ބަދަލުކުރަމުން ދިޔައީ ހިންޏަށް ހަކުރު އޮޅުވާ އުސޫލުން އެމީހަކު ބޭނުންވީމާ ބޭނުންވާ ގޮތަށް ކަންކުރެވޭގޮތަށް.
އެބޯޓޭ
20 January 2025
ސަރުކާރު އޮފީސްތަކުގައި މުވައްޒަފުންގެ 80 އިންސައްތައަކީ އަންހެނުން، އެހެންވީމާ ކޮންމެެހެން ޗުއްޓީ ދޭންވާ މިންވަރަށް ދޭންވާނީ، ވިހައިގެން ނޫނީ ބަލިވެ އިދެގެންވެސް، ވަރިކޮށްގެން ވިޔަސް ޗުއްޓީ ދޭންވާނީ އެކަށީގެންވާ ވަރަކަށް.
ފެމިނިސްޓް
20 January 2025
ނުވިހެޔަސް އަބަދުވެސް ޗުއްޓީ ދީފައި ބައިތިއްބާ
އަލި
20 January 2025
މީގައި އެންމެ ރަނގަޅު ގޮތަކީ މިހާލަތުގައި އަމަލުކުރާނެ ގޮތެއް ގަވައިދުގައި ހިމެނުން. މި ޗުއްޓީއަކީ ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީއެއްނަމަ ދަރިފުޅު ދުނިޔޭގައި ނެތަސް ޗުއްޓީއަށް އަސަރެއް ކޮށްގެން ވާނެކަމަށް ގަބޫލެއް ނުކުރެވޭ. ނަމަވެސް މި ޗުއްޓީއަކީ ދަރިފުޅު ބަލަން ހާއްސަކޮށްގެން ދެވޭ ޗުއްޓީއެއް ކަމުގައިވާނަމަ ދަރިފުޅު ދުނިޔޭގައި ނެތްނަމަ ހާލަތު ބަދަލުވޭ.
މާލު
20 January 2025
ހުޅަނގުގެ އަސޫލުތަށް ރީތިވެގެން އަންހެނުން މަސަައްކަތުގެ މައިދާނަށް ނެރެ ފިރިހެނުންތަށް ޒިންމާތަކުން ރެކެންވީމަ ފެންނާނީ މުޅީންވެސް ދެކޮޅު ނުޖެހޭ ކަންކަން، ދެޖިންސުގެ ހަމަހަމަ ކަމަށް ވަކާލާތުކުރަންޏާ ދުވަހަކުވެސް ދެކޮޅު ޖެހޭ ކަމެއް ނުފެންނާނެ، ހުޅަނގުގެ މީހުންހެން ޓިޝޫއިން ނަޖިސް ސާފުކުރުންވެސް އަހަރެމެންނަށް އަދި ރީތި ތާހިރު ކަންކަމަށް ވާނެ