ހިމާޔަތް ކުރި ރަށްތަކުގެ ތެރެއިން ށ. ފަރުކޮޅު -- ފޮޓޯ: މިނިސްޓރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ
04 ފެބުރުއަރީ 2025 - 13:06
ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ށ. ފަރުކޮޅުން ވެލި ނަގާ މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.
ށ. އަތޮޅު ކައުންސިލުން ބުނީ ފަރުކޮޅުގެ ގޮނޑުދޮށުންނާއި ތުނޑިން އަދި ފަޅުތެރެ ކޮނެގެންނާއި ޕަންޕް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ގަވާއިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމަށެވެ. މި މައްސަލަ އެ އިދާރާ އާއި އީޕީއޭ ގުޅިގެން ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލިނަގަން ޖެހޭ ހާލަތްތަކުގައި، އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވެސް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި ވެ އެވެ. އަދި ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެސް މެޝިނަރީތައް ބޭނުންކޮށްގެން ވެލިނެގުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި ވަރަށް ގިނަ ސަަބަބުތަކާ ހެދި ހިމާޔަތްކޮށްފައިވާ ފަރުކޮޅު ފަދަ ތަންތަން ރައްކާތެރިކޮށް، ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ އެވެ.
ހިމާޔަތްކޮށްފައިވާ ފަރުކޮޅުގައި ތަފާތު ހަތް ކުޅިއެއް ހިމެނެ އެވެ. އޭގެ އިތުރުން ރަށުގައި ޗަސްބިން ވެސް ބޮޑެވެ.
ރާއްޖެއިން ނެތިދިއުމުގެ ބިރު އޮތް ގަސްގަހާގެހީގެ ތެރޭގައި ހިމެނޭ ކަނޑޫ، ބުރެވި، ތަކަފަތި ފަދަ ގަސްތައް މި ރަށުގައި ވަނީ ހެދިފަ އެވެ. ރަށުގެ ގުދުރަތީ މުއްސަނދިކަން ބޮޑުކަމުން އެކި ވައްތަރުގެ ދޫނިތަކުގެ މަންޒިލަކަށް ވެސް ފަރުކޮޅުވެ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫނި އެ ރަށަށް ބިސް އަޅާ ހަދަ އެވެ. އޭގެ އިތުރުން ރަށުގެ މޫދާ ގުޅިފައި އޮންނަ ކުޅި ކައިރީގައި، ދުނިޔެއިން ވެސް ނެތިދިއުމުގެ ބިރުހީވެފައިވާ ބައެއް ބާވަތުގެ މަހާއި ފަރުގެ ދިރުންތައް ވެސް އާލާވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންގަރާސް،،
04 February 2025
ވެލިނުގުމުގެ ބޭނުމަށް ރާއްޖޭގެ ކޮންމެ ރަށަކީވެްސް ހިމާޔަތްކޮށްފައިވާ ރަށެއް، އެއްވެސް ރަށެއްގެ ގޮނޑުދޮށުން ވެލިނެގުމަކީ މިހާރު ހުއްދަކަމެއްނޫން، ނަމަވެސް ހިމާޔަތް ނުކުރާތީ އެހެން ފަޅުރަށްރަށުގެ ގޮނޑުދޮށުން ވެލިނެގުމަކީ މައްސަލައަކަށް ނުވަނީ،
ސަރީފުއަލީ
04 February 2025
ށ. ފަރުކޮޅު ހިމާޔަތް ކޮއްފައޭ ބުނެ އެތާ އެއްވެސް ކަމެއް ކުރަން ސަރުކާރުން އެއްބަހެއްނުވޭ..މާލެ ކައިރީގައި އޮންނަމަ މިހާރު މީހުން ވެސް އާބާދުކޮއްފައި އޮންނާނީ! އެންވަޔަރު މިނިސްޓަކަށްހުރިމީހާ ފުނަދޫ ރައްޔިތުން ނަށް އަދި އަތޮޅުރައްޔިތުންނަށް ހެވެއްނޭދޭ! ތީ އިންޓަގެރޭޓެޑް ޑޫރިޒަމަށް އެހާރަގަޅު ތަކަވީއިރު އެއްކަމެއްކުރާކަށްވެސް ވިސްނުމެއްނެތް! ށ. ފަރުކޮޅަކީ ރަންގަޑެއް އިގްތިސާތީމަސައްކަތަކަށް އެކަމަކު އެތަން ހިލަގަޑަކަށް ހަދާފަ އެއޮންނަނީ!
ބޮޑުތިލަދުންމަތި ބަޔާން
04 February 2025
ކުޅުދުއްފުށީގައިވެސް އުޅޭ ކައިރީގައި ހުންނަ ފަޅު ރައްރަށުގެ ގިނޑުދޮށުން ވެލިނަގާމީހުން. މި މަސައްކަތް އެއްކޮށްކަހަލަ ގޮތަކަށްކުރަނީ ގަވާއިދާހިލާފަށް އުޅޭ ބިދޭސީން. އަމިއްލަ ދޯނިފަހަރު މި މީހުން ގެންގުޅޭ. މިކަން ބަލާނެ ބަޔަކުވެސް އެރަށުގައި ނޫޅޭ.
މީހާއެ
04 February 2025
ރިޒޯޓްތަކުން ބޭނުން ވަރަކަށް ގޮނޑުދޮށުން ވެލި ނަގައިގެން މަގުތަކަށް އަޅާ މައްސަލަވެސް ބަލަންވީނު
ރާވެރިބެ
04 February 2025
މިހާރު މިދައްކަނީ ފަރުކޮޅުގެ ވާހަކަ. ރިސޯޓުތަކާ އެހެން ރަށްރަށުގެ ވާހަކަ އެއްނޫން. ފަރުކޮޅަށް ތިދޭ އަނިޔާ ހުއްޓާލާ.
މިމޭޔަރު ބޭރުކުރަންޖެހޭ
04 February 2025
އައްޑޫ ސިޓީކައުންސިލުން އުޅެނީ ރައްޔިތުންގެ ބިންތައް އަތުލަން. ރައްޔިތުމީހާ އެމީހުނާ އެއްބަސްވުމެއްގައި ސޮއިނުކުރަނިސް ގޯތީގެރަޖިސްޓްރީ ހަދާނުދޭނެޔޯ. މިއީި ބޮޑު ޖަރީމާއެއް.