ހދ. ގެ ރަށެއްގައި ގޭބިސީއަކަށް ދޭ މަސްދަޅު ކޭހެއް ގޭގެ ވެރިފަރާތާ ހަވާލުކުރަނީ.-- ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
10 ފެބުރުއަރީ 2025 - 16:59
ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ނިންމި މަސްދަޅު ކޭސް ރަށްރަށުގައި ބަހަން ފަށައިފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ ދަށުން، ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރަން ނިންމާފައިވާ މަސްދަޅު ކޭސްތައް ބަހަން ހދ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރު އަލީ ޝަމީމް "ސަރުކާރު" ވެބްސައިޓަށް ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ނޮޅިވަރަންފަރާއި ހަނިމާދު އަދި ކުރިނބީގެ ގެތަކަށް މަސްދަޅު ކޭސް ބަހައި މިހާރު ނިންމާފައިވާ ކަމަށެވެ.
މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާގައި މަސްދަޅު ކޭސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ބަހަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.
ހދ. ގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދު ވެސް އެ މަސައްކަތުގައި އުޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެ ސަރަހައްދަށް މަސްދަޅު ކޭސް ބަހަނީ އެސްޓީއޯ އިންނެވެ. އެ މަސައްކަތް ފަށަން އެސްޓީއޯ އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު ބަހަން ފަށާނެ ދުވަހެއް އަދި އިއުލާން ނުކުރެ އެވެ.
މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދިނުމަކީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.
މި ރޯދަމަހު މަސްދަޅު ކޭސް ގޭގެ އަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮނިކް
11 February 2025
ތިއިން އެކައްޗެއްވެސް ލިބުނު މީހަކުނެތް. އަދަދުތަކެއް ކިޔާލީމާ ހީވާލެ ހާދަހެޔޮފުޅޭ.
ދައިގަންނަގުރާ
11 February 2025
މިކަހަލަ ކުޅޭކުޅޭ ކަންކަން ކޮށްކޮށް ދައުރު ހުސްކޮށްފަ އަދި ދެވަނަ ދައުރެއް ދޭށޭ ނުބުނާތި. ދެންގޮސް ސޯލާ ހަރުކޮށްފީމޭ އަޑު އަރުވާއިރު އެރަށުގައި އުޅޭނީ 45 މީހުން. ޕްރޮޖެކްޓުގެ ވެލިއު މިލިއަނުން. މަގު ހަދާށެ ކިޔާފަ ރަށްރަށަށް އާރުޑީސީ މީހުން ލާފަ މުސާރަދީފަ މަގު ނަހަދާ. މިއީ ހެޔޮވެރިކަމެކޯ!
ރާއްޖެ މަންޖެ
11 February 2025
މުސާރަ ދީފަ މަގުހަދަން ރައްރަޝަށް މީހުން ފޮނުވީމަ ކުރޭތޯ ނުކުރޭތޯ ބަލަން ވާނީ ކައުންސިލްއިން، ރައީސް ނުދާނެ މަގުހަދާތޯ ބަލާކަށް
ފޮއްކުޑި
12 February 2025
ރާއްޖެ މަންޖެއަކަށް އަދި ނޭނގެދޯ މި ވާގޮތެއް. މުވައްޒަފުން ލަނީ އިންތިޚާބުތަކުގައި ވޯޓުހޯދުމަށާއި، ޕާޓީއަށް މެމްބަރުން އިތުރުކުރަންވެގެން. ކޮންމެހެން މަގުހަދާކަށް ނޫން. މީހުން ލިޔެއްކަމަކު މަގެއް ނުހެދޭނެ މަންޖޭ. މަގުހަދަން ބޭނުންވާ އެއްވެސް އެއްޗެއް ސަރުކާރުން ނުފޮނުވައޭ. މަނަދޫގެ މަގުތައް ހަދަން ކުރީސަރުކާރުން ގެންގޮސްފަ ހުރި ހުރިހާ އެއްޗެއް މިހާރު އެހެން ރަށްރަށަށް ގެންގޮސް ހުސްކޮށްފި. މެމްބަރު އެބަހުރެ ހެވިދިލިފަ.
ސޭކު
11 February 2025
ކޮބާހޭ އެޗްޑީ ސީ ބޯޑުން ދޭން ނިންމި 2023 ގެ ބޯނަސް،
މުރާލި
10 February 2025
ޢަންހެނުން ކޮމެޓީގަ އުޅޭ ސިވިލް ސަރވެންޓުން / ސަރުކާރު ކުން ފުނިތަކުގެ މުއަޒަފުން ދެތަނުން ކައިގެން . ސުވާލަކީ އަންހެނުން ކޮމެޓީގެ މެމްރުންނަށް ރޯދަ އެލެވެން ދޭނަމަ މި ބުނެވި ދި މީހުން ރޯދަ އެލަވެން ދެތަނުން ލިބޭނެއޭ. ކޮބާހޭ އިންސާފެއް.
އައިޝާ ﷲ
11 February 2025
ތަންކޮލެއް ހަމަޖެހޭ ވާހަކަ ދައްކަން ދަސްކޮށްބަލަ
ބަޅިނ ދު
10 February 2025
ޢަންހެނުން ކޮމެޓީއަށް ރޯދަ އެލަވެންސް ދޭން ނިންމާނަމަ ހުރިހައި ގޭބިސީއަކަށްވެސް ދޭންޖެހޭނެ. ޢެއްވެސް ކަމެއް ނިކޮށް މަހުމުސާރަ ނަގާބައެއް ރައްރަށުގެ އަންހެނުން ކޮމެޓީއަކީ ފިންގަރ ޖަހާފަ ދަނީ ވަލަށް ކާށި ހޮވާ ފަން ހޮވާ ފަންގެވިއްނަން އަމިއްލަ މަސެއްކަތްކުރަން ރައީތުންގެ ޓެކްސް ފައިސާ މިގޮތަކަށް ނުޔެޅޭނެ ކޮންމެ ބަޔަކުވެސް ޓެކްސް ފައިސާއިން މުސާރަ ދޭނަމަ މަސެއްކަތު ގަޑިއެއް ކުރަންޖެހޭ މަސައްކަތް އޮނަންޖެހޭނެ .
ފިޓުނަސް
10 February 2025
ސަރުކާރާ އެކީ ހަދާފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކޮށް، މަސަައްކަތް ނިމުމުން ލަސްނުކޮށް ބަރާބަރަށް ފައިސާ ދިނުމަށް ގޮވާލަން! ވައުދު ފުއްދަންވީ ދެންތިބި މީހުންގެ ހައްގުތަކަށް އަރައި ނުގަނެ! މިއީ އެއްބަސްވުންތަކަށް އިހުތިރާމު ނުކުރުން. އިތުބާރު ގެއްލުވާލުން. ފައިސާ ކޮންމެވެސް އިރަކުން ދިނުމާ ވަގުތަށް ދިނުމާ މިއީ ދެކަމެއް. ދަރަންޏަކީ އަދާކުރަންޖެހޭ އެއްޗެއް.
އަދާލަތު
10 February 2025
ކިތަންމެ އިޚުލާޞްތެރިކަމާއެކު މީހަކު ކަމެއްކޮށްދިނަސް ބަލައިނުގަންނަ ބަޔަކުއުޅޭނެ. މިއީ މިޤައުމުގެ ކޮންވެރިކަމެއްގައި ކޮންއިރަކު ކާކަށް ކޮށްދިން ކަމެއްތޯ؟
ބޮކި
10 February 2025
މަސްދަޅު ނަގާން ނުދާމީހުން މަށަށް ގުޅާލާތި.
މަސްދަޅު
10 February 2025
ސަރުކާރުންދޭ އެތައް ޚިދުމަތަކުން އަޅުގަނޑުމެން ޒުވާނުންވަނީ މަޙްރޫމްވެފަ، ގެއެއް ނޭޅޭތީ އަމިއްލަވަޒަނަށް ބަދަލުނުވެވެނީ . ގޭބިސީ އަކަށް ދޭ މަސްދަޅު ކޭހެއް ދިނުމުން ބައެއް ގޭގޭގައި އުޅޭ ތިން ހަތަރު ކައިވެނި ކޮށްގެން އުޅޭ އާއިލާތައް، އެންމެ ކަތުރު ޕެކެޓެއް އެންމެ މަސްދަޅު ކޭހެއް މީ އިންސާފެއް ނޫން. ޏުގެންދާ ބާކީ ވާ ބައިދެނީ ބަނގުލަދޭސް އިންޑިޔާ މީހުންނަށް ދިވެހިއާއިލާތައް ތިއްބާ.
ގެބޭ
10 February 2025
ތި ގެއަޅަން އުޅޭ މީހެއްނަމަ ކިތަންމެ ނިކަމެތި ކޮށްވެެސް ގެ ހަދާނެ. ހިތް އާސްމާނުގަ ބާއްވައިގެން މެދުފަންތީގެ ގެއެއް އަޅަން މިލިޔަން ނުލިބެގެން ނުހުންނާނެ. ގެއަޅާ ދިނުމަކީ ސަރުކާރުގެެ ޒިންމާއެއް ނޫން. ކޮންމެ ކަމެއް ސާރުކާރުން ކޮށްދޭންޖެހޭ ކަމެއްކަމަށް ދެކިގެން އަމިއްލް ޒިންމާއިން ރެކިގެން ހުރެގެން ދުނިޔޭގަ އުޅޭނީ އެންމެ ކަންނެއް މީހެއްހެން.
ޖުހާ އޮފް ދަ ޓައުން
10 February 2025
އިގްތިސާދީ ހާލަތު ދައްވެގެން މިއަދު ޚަބަރުގަ އޮތީ މުސާރަ ކުޑަކުރާވާހަކަ. އެހާލަތުގަވަނިކޮށް ރިޔާސީ ބަޔާނުގަ މުސާރަ ބޮޑުކުރަން ވިދާޅުވެފަ މިފްކޯގެ ދަރަނި ބޮޑުކަމުން އެކުންފުނި ހިނގައިނުގަނެފަ. މިއަދު މަސްދަޅުކޭސްބަހާފަ. އަސްލު ގައުމަަށް ކިހިނެތްވެގެން މިއުޅެނީ. ދައުލަތުގެ މާލިއްޔާ އިން ޚަރަދުކޮށްގެން މަށަށް ޘަނާކިޔާ އަތްޖަހާ މީހުން ގިނަކުރަން ކަމަށްވަންޏާ މަވެސް ދެކޮޅެއްނޫން.