މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު؛ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށާއި މި އަހަރުގެ ރޯދަ މަސް ބަންދުކުރުމަށް ރިފާއު ވަނީ ހުށަހަޅާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 ފެބުރުއަރީ 2025 - 12:54
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލައި އަދި މި އަހަރުގެ ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން މަޖިލީހުގެ ޖަލްސާތައް ކޮންމެ އަހަރަކު ވެސް ބެހިގެންދާނީ ތިން ދައުރަކަށެވެ. އެގޮތުން ފުރަތަމަ ދައުރު އޮންނަނީ ފެބްރުއަރީ މަހުން ފެށިގެން މެއި 15 ގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހަށް އޮންނައިރު، ފަހު ދައުރަކީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ގަވާއިދަށް ބޮޗޭ މިއަދު ހުށަހެޅުއްވި އިސްލާހުގައިވަނީ ފުރަތަމަ ދައުރު ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް އަދި އެ މަހުގެ ނިޔަލަށް އެ ދައުރު ކުރުކޮށްލުމަށެވެ.
އެ ހުށަހެޅުމުގައިވާ ގޮތުން ދެވަނަ ދައުރު ކުރިއަށް ދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮންނާނީ ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް އެ އިސްލާހުގައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ފެށީ މިމަހު ކަމަށްވާތީ، މި ދައުރު މި މަހުގެ ނިޔަލަށް ނިންމާލުމަށްފަހު ރޯދަ މަހަށް މަޖިލިސް ޗުއްޓީއަށް ދިއުމަށް ވެސް ވަނީ އެ އިސްލާހުގައި ހިމަނައިފަ އެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ދައުރާއި ތިން ވަނަ ދައުރު ހިނގާނީ އިސްލާހުގައިވާ ގޮތަށް ކަމަށް ބޮޗޭގެ އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކޭއޯ
13 February 2025
ޗުއްޓީ ނަގައިގެން ބިޑި އޮޅަން ފަސޭހަ ވާނެ!
އަަހައްމަދޫ
12 February 2025
ކުރުކޮށްލައިގެން މުޅިއަހަރު ޗުއްޓީގަ ތިބެންވީނު ބަރާބަރަށް މުސާރަލިބޭނެވިއްޔަ
ލަމެ
12 February 2025
މުސާރަ ނުލިބޭ ގޮތަށް އޯކޭ.
ޕޮއް
12 February 2025
ލަދުހަޔާތް ވެސް ކުޑަދޯ
ަިހިސާބު ސަރ
12 February 2025
ބަޣާވަތެއް ކޮށްފާނެތީ ތަ؟
ރާވެރިބެ
12 February 2025
މުސަަރަ ނުދޭ ގޮތަށް ދުވަސް ކޮޅަކަށް ނޯޕޭ ލީވް ގަ ފޮނުވަން ރަގަޅު. އަނެއްހެން މިބޭފުޅުން ނެތިގެން އުދަގުލެއް ނުވާނެ. އަނެއްކާ ކުރިޔަށް އޮތީ ޑިޖިޓަލް ޒަމާން/ ބިލެއް ފާސްކޮށްލަން ޖެހިއްޖިއްޔާ ޒޫމް ކޯލަކުން އެކަން ކުރެވިދާނެ.
ޜިޒްމާ
12 February 2025
މުސާރަ ކުޑަ ކޮށްބަލަ.
މިފަހަރު
12 February 2025
މިފަހަރު ރޯދަމަހުގައި މުސާރަ ނުދޭން ފެންނަނީ
ޢަލީ ބަލީ
12 February 2025
ކުރުކޮއްލާފަ ގެއައްކަޑާލާ އޭރުން ރައްޔިތުންގެ ބޮލައް ތަންކޮޅެއްފަސޭހަވާނެ .
ސާބަސްް
12 February 2025
ދެންަނަނަ އަހަރު ރޯދަމަސް ފެށޭނީ ފެބްރުއަރީމަހު 15ގައި. އެހެންވީމާ އެއަހަރުގެ ފުރަތަމަ ދައުރު ރޯދައިގެ ފަހުން ފަށާގޮތަށް ހުށަހަޅަންވާނެ.