ޕީސީބީ ހިންގާ އިމާރާތް: ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދޭން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
12 ފެބުރުއަރީ 2025 - 15:49
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފި އެވެ.
ޕީސީބީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމުގައި އަމަލު ކުރަންވީ ގޮތް އަންގައިފަ އެވެ.
އެގޮތުން ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށާއި އޭގެ އިތުރުން ރޯދަ މަހާ ގުޅުވައިގެން އިތުރު ހަދިޔާތައް ނުދިނުމަށް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
ސާކިއުލާގައިވާ ގޮތުން އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނީ އެ މީހެއްގެ އަސާސީ ވަޒީފާ އޮންނަ ކުންފުންޏަކުންނެވެ.
ރޯދަ މަސް ފެށޭއިރު ނޯ ޕޭ ލީވް އާއި ޕޭ ލީވްގައި ތިބި ސްކޮލަޝިޕް މުވައްޒަފުންނަށް އިނާޔަތް ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް ރޯދަ މަސް ތެރޭގައި ވަޒީފާއާ އަލުން ގުޅިއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ އިނާޔަތަށް ޖެހޭ މިންވަރަށް ދޭން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ދައުލަތުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ އަންގައިފަ އެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަަސް ފެށޭނީ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާކަލޯ
13 February 2025
ސަރުކާރު ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ އާމްދަނީން ހިންގާ ކުންފުނިތަކުގެ (ސަރުކާރުން ބަޖެޓް ސަޕޯޓްނުދޭ ކުންފުނިތަކުގެ) މުވައްޒަފުންނަށް ދެވެންވާނެ. އެއީ އެމީހުން ކުރާ މަސައްކަތުން ކުންފުންޏަށް ވައްދާ އާމްދަނީން ކުންފުނި ހިންގަނީ. މީ ދެން ހާދަ ހެއްވާ ކަމެކޭ ދޯ. ސިވިލް ސަރވަންޓުން ބޭނުންވަރަކަށް ޑަބަލް ޕެންޝަން ނަގާފަ، އަބަދުކޮފީގަ ތިބެފަ، 2 ޖެހީމަ ގެއަށް ގޮއްސަ، ދެން ކޮން ބަހަނާއެއްތަ ދައްކަނީމި އަހަރެމެން ބުރަ މަސައްކަތުން އެއްޗެއް ލިބޭތީ
ހޮޓްކިންގ
13 February 2025
ޕީސީބީގެ ރައީސް މަގާމުން ވަކިކޮށްފި.
އަޔާ
12 February 2025
އަހަރީ ޗުއްޓީއަކީ ވަރަށް ގިނަ ދިވެހިން ރޯދަމަހު ނަގާ ޗުއްޓީއެއް. އެހެންނޭ ކިޔާ ރޯދައިނާޔަތް ކަނޑާލުމަކީ ވަރަށް ބޭއިންސާފް ކަމެއް
މަޒާ
12 February 2025
ޒުހުރާ އަދާކުރާ ވަޒީފާއިން މުސާރަ ނަގާފަ ޑަބްލިޔުޑީސީން މުސާރަ ނަގާފަ.... ކިހާ ދެރަކަމެއް. މީނާ ދެވަޒީފާގައުޅޭއިރު އެއްވެސް ވަޒީފާއެއް ނެތްމީހުންނަކަށް ގޮތެއްނެތެންނު. ޑަބްލިޔު ޑީސީއަށް ނަގާމީހުންގެ ޝަރުތަކަށް ހަދާބަލަ އެހެން ވަޒީފާއެއް އަދާނުކުރުން. އަދި އެތާ އުޅޭއިރު އެހެން ވަޒީފާއަކަށް ހޮވިއްޖެނަމަ އެތަނުން ވަކިވާހެނަ. ކިހާ ބޮޑުކަމެއްދެން
އަފްރާސިޔާބު
12 February 2025
އެއީކީއްވެ. އެމީހުންނަކީ ކިޔަވައިގެން ތިން ހަތަރު ވަޒީފާ އަދާކުރުމުގެ ގާބިލުމީހުން. އެމީހުން ނަށް 4 ތަނުންވެސް މުސާރައާއި އިނާޔަތް ދޭންޖެހޭނެ. އެއީ އެއްވެސް މައްސަލައެއް އޮތްކަމެއްނޫން. ޒުހުރާވެސް ހަމަ ކުރަނީ މަސައްކަތް. ހަވާލު ކުރާކަންކަން ކުރީމާ ނިމުނީނުން.
ވަކިލާރި
12 February 2025
ވޭތުވެ ދިޔަ އަހަރުތަކުގައި ކުންފުނިތަކުން މަސްކޭސް ފިޔާ ބަސްތާ އަލުވި ބަސްތާ ބަހާލައެވެ. މިގޮތަށް ރައްޔިތުންގެ މުދާ ކުންފުނި ހިންގަންތިބި މީހުންނަށް މަންފާވާގޮތަށް ބަހަން ފުރުސަތު ދެވިގެން ނުވާނެއެވެ! ވެރިންގެ އުފަލާ މަޖަލަށްވެސް ކުންފުނިތަކުން އިންތިހާ އަށް ހަރަދު ކުރެއެވެ ! މިކަންވެސް ހުއްޓުވަން ޖެހެއެވެ !
ގޮނުއަނގަ
14 February 2025
އަަޔެކޭ. ސަރުކާރު ވަޒީފާ އަދާނކުރާތީ 3000 ރ ކޮންމެ މީހަކަށް ދޭއިރު ދައުލަތުގެ ފައިސާ ހަރަަމްވަނީތަ ވަޒީފާއެއްގައި ނޫޅޭ މީހުންނަށާ ފަރުމަހާ ކަނޑުމަހުގެ މަސްވެރިންނާ ދަނޑުވެރިންނާ މިހެން ގޮސް ތިބި ދިބެހި އައޔިތުންނަކީ. ހުވާ މިބުނީ އުޖޫރައެއްގެ އިތުރުން ތިޔަދެނީ ޚިޔާނާތުގެ ފައިސާއެއް. ތިގޮތަށް ދިނުން ހަރާމްވާނެ. އަދި ހިފުންވެސް ޙަރާމްވާނޭ. ވަކި ބަޔަކަށް މަންފާވާގޮތަށް ރައްޔިތުންގެ މުދާ ދިނުން ހަރާމްވާނެ.
ހޯރަބޭ
12 February 2025
މަޖިލިސް ޗުއްޓީއަށް އެދަނީ. ޔަގީނޭ ރޯދައިނާޔަތް ލިބޭނެ ކަން. ނިކަމެތި މީހާ ހުރިހާ ހައްގަކުން މަހުރޫމް ތި ކުރަނި. ސުކޫލުތައް ބަންދު ގިނަ މައިންބަފައިން އެމީހުންގެ ދަރިން ގޮވާގެން ރަށަށްދާނެ ޗުއްޓީނަގާގެން. އިނާޔަތް ނުދިނުމަކީ ވަރަށް ބޭ އިންސާފް ކަމެއް.
އަފްރާސިޔާބު
12 February 2025
ނިކަމެތިމީހާ އެއްވެސް މުހިންމު ހައްގަކުން މަހުރޫމެއް ނުވާނެ. ގޭގައި އޮތަސް ވަލަށް ދިޔަޔަސް ވޯޓު އަޅާ ދުވަހު އޭނާ ހޯދާނެ.
އައިސް އަލިދީދީ
12 February 2025
ދެން އަހަރެމެން ކަހަލަ ވަޒީފާ ގެއްލިފަ ތިބި މީހުނައް އޮތީ ކޮންޗެއްބާ. ފެބްރުއަރީ 1 ގަ އަހަރެންގެ ޖޮބް ގެއްލުނީ
ކަލޯ ބެއްޔާ.
12 February 2025
ހަދިޔާ ނުދޭން ނެއެންގޭނެ! އެއީ ކުށެއް! ،
އޮނަރަބްލް އަފީފު ދީދީ
12 February 2025
ދައުލަތުގެ ކުންފުނިތަކާއި، ދައުލަތާއި ރައްޔަތް ޙިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުނިތަކުގެ ބޯޓަށް ކުންފުނީގެ އަސާސީ ޤަވާއިދާއި ޤާނޫނު ތަކުގެ ތެރެއިން ލިބިފައިވާ ބާރުތަކަށާއި ޙައްޤުތަކުގެ މައްޗަށް ވެެރިވެގަނެ އަމުރުވެރިކަން ހިންގުމަކީ Privatization and Corporatization Board ހިންގާން ތިބިބމީހުންގެ އަތްމައްޗަށް ލިބޭނެ އަދި އެމީހުނަށް އެފަދަގޮތަކަށް އަމަލުކުރުމަށް ޤާނޫނީ ބާރުލިބިދޭ ކަމެއްނޫން. ތިކަން ހުއްޓާލާފައި ޤާނޫނީ އިމުގެތެރޭގައި ތިބެން ދަސްކުރޭ.
ކޮން ޕީ އެއް
12 February 2025
ތިަޔހެންވީރު ސަރުކާރު އެހެން އޮފީސަތކުގެ ގަޑިގޮތައް މަސައްކަތު ވަގުތުވެސް ކުރުކޮއްލާ. އަދި ޑަބަލް ޕެނޝަން ލިބޭ އޮފީސަތައް ފަދައިން ޑަބަލް ޕެނޝަން ކުނފުނިތަކަށްވެސް ދެވޭނެ ގޮތަށް ހުމަޖައްސާ.