މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ.---ފޮޓޯ: މިހާރު
13 ފެބުރުއަރީ 2025 - 11:14
އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު، ފިލަން މެލޭޝިއާ އަށް ދިޔަ މީހާ މިއަދު ރާއްޖެ އައުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
މާފަންނުގައި އޮޕަރޭޓްކުރާ ގޭންގަކަށް ނިސްބަތްވާ އަދި ކުށުގެ ރެކޯޑުތަކަށް ބަލައި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ނިންމާފައިވާ ހުސައިން އަރީޝް، 31، އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ.
ފުލުހުން ބުނިގޮތުގައި، އެއީ ނުރައްކާތެރި ކުށްތައް ކުރުމުގައި މާލޭގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަރީޝް މެލޭޝިއާ އަށް ފުރީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހޯދާފައި ވަނިކޮށް ކަމަށެވެ. އެކަމަކު، އޭނާ މެލޭޝިއާ އަށް އެތެރެވުން ހުއްޓުވައި، އެހެން ފްލައިޓެއްގައި މިއަދު ހެނދުނު ރާއްޖެ ގެނައީ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ.---ފޮޓޯ: މިހާރު
މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.
އެ ވަގުތު އައިޖީއެމްއެޗު ކައިރީގައި ހުރި ފުލުހަކު އެ ތަނަށް ދިޔަ ނަމަވެސް، ހަމަލާދިން މީހުން ވަނީ ފިލައިފަ އެވެ. އެ މީހުން ސައިކަލްގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓް ނުވުމުން ފިލައިގެން ދިޔައީ ދުވެފައި ކަމަށް ވެސް އެނގިފައިވެ އެވެ.
މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވެލާނާ އެއާޕޯޓުން އަރީޝް ހައްޔަރު ކޮށްގެން ގެންދަނީ.
އެ ހަމަލާގައި އަނިޔާވި ފިރިހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ވެސް ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަފާޒް ސަލީމް
14 February 2025
މީ ކުއްކުރާ މީހުންނަ ދެވުނު ރަނގަޅު މެސެޖެއް
ޝައުގީ
14 February 2025
އުފާވެރި ހަބަރެއް. މީގެ ސަބަބުނަ ކުއްކުރާ މީހުންނަ ކުއްކުރަން ޖެހިލުންވާނެ
ވަިދޔުއް
13 February 2025
އެންމެންގެ ކުރިމަތިން އޭނަ ގެންނާގަށް ނުޖެހޭ. ހުރިތަނުން އުފުރާލައިގެން ގެންގޮސް ގޮޅީގައި ބޭއްވީމަ ނިމުނީ.
ކޮރަލް
13 February 2025
ނުރައްކާތެރި އަމަލު ހިންގާ މީހުންގެ އެކައުންޓް ތައް ފްރީޒް ގިނަ ދުވަހަށް ކޮށް ބަލާށެވެ.
ހ. ހުސައިން
13 February 2025
ފުލުހުން ވަރަށް ވެފަ ކުށުގެ ފަތިފުއް ކިޔާދޭނޭ. އަޅެ އެފަދަ ބޮޑު ކުއްވެރިއަކު މިނިވަނެއްހެން މުޖުތަމައުގަ އުޅޭވެނީ ކޮންބައެއްގެ ނުކުޅެދުންތެރި ކަމުންތޯ؟ ހައިރާންވެ އަންތަރީސްވާ ވަރުވޭ!
ސަނީސައިޑްބޮންޑް
13 February 2025
މިވެރިންނަށް އެނގޭ މިރާއްޖޭގެ ތަންފީޒީ އިދާރާތަކަކީ ބޯޑުޖޯކެއްކަން.. އެހެންވީމަ ސެލެބްރިޓީހެދިގެން ހެވިދިލިފަ އެތިބެނީ...
ގޫޗީ
13 February 2025
ވަރަށް ހެދިލާފަ ދޯ
ކްރިމިނަލް އެއް ނޫން -ކިންގް
13 February 2025
ޕޮޕް ސްޓާރ އެއް ފަދަ ސެލެބްރީޓީއެއް ރާއްޖެއަށް ޒިޔާރަތްކުރުމުން އޭނާގެ ސެކިއުރިޓީ އާއި އެކު ވަޑައިގަންނަވާހެން ހީވަނީ. އެއވެސް ބިރެއް ޖެހިލުމެއް ނެތި ހެވި ދިލިފަ. ކީއްވެ؟؟ 26 ކުއް، ނުރައްކާތެރި މީހެއް، ގޭންގެއްގެ މެންބަރެއް، މިހުރިހާކަމެއް މިހެން އޮތަސް ބޭޏުންގޮތަކަށް ރަށުތެރޭގަ އުޅެވޭ. އަދި މާލަހެއްނުވެ އަނެއްކާވެސް މީހަކަށް ހަމަލަދޭން އޭނާ އުލޭނީ މަގުމަތީ. މިކަން އޭނަޢަށް ޔަޤީންވާތީ އެހެރީ ހެވި ދިލިފަ
ބދގބފގނ
13 February 2025
ޓެރަރިޒަމްގެ ދައުވާ އަދި ގަސްތުގައި މީހަކު މެރުމަށް އުޅުނުކަމުގެ ދައުވާ ކުރޭ!
ފެންނަގޮތް
13 February 2025
މަރުތޭލުގެ އަދަބު މަރުތޭލުން ނުދޭހާ ހިނދަކު، މަރޫވާނެ ކިތަންމަ އެއްޗަކުން ހަމަލާދޭނެ