ކާށި: އެސްޓީއޯ އިން ބާޒާރަށް ކާށި ނެރެން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
14 ފެބުރުއަރީ 2025 - 20:46
ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ކާށި ބާޒާރަށް ނެރެން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، ރޯދަމަހަށް ބޭނުންވާ މުދާ ފަސޭހަކަމާ އެކު، ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މި ފަހަރު ވެސް ތައްޔާރުވެފައި ކަމަށެވެ. މީގެ ކުރީގެ ތަޖުރިބާތަކުގެ އަލީގައި، މި އަހަރު ހާއްސަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
"މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެން ގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެ،" އެސްޓީއޯ އިން ބުންޏެވެ.
މާރުކޭޓުގައި މިހާރު ކާށީގެ އަގު ހުރީ 10 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު، އެސްޓީއޯ އިން އަމާޒު ހިފާފައިވަނީ ރާއްޖޭން ބޭރުން ކާށި ގެނެސް، އަގުހެޔޮކޮށް ވިއްކުމަށެވެ.
އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު ވަނީ އިންޑިއާ އިން ރާއްޖެ އަށް ގެނެސްފަ އެވެ. މި ކާށި މާދަމާ އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯއިން މި ފަހަރު ކާށި ވިއްކުމަށް ކަނޑައެޅީ ފަސް ރުފިޔާ އެވެ.
އެސްޓީއޯއިން ގެނައި ލުނބޯ ވެސް މާދަމާ އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން، ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އެއީ:
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
15 February 2025
އެއްފަހަރާ ގަނެވޭ އަދަދު ކަނޑައެޅުންވެސް މުހިންމު, މީހަކަށް 5.... 10 .... ކިހިނެއްވާނެބާ, ....
ކާށި
15 February 2025
ހަރާމެއް ހަލާލެއް ނުބަލާ، މީހުންގެ ރުއްރުކުން ކާއްޓައި ފަން ހޮވައިގެން އުޅޭ މީހުން މަދެއް ނޫން
ޜަދުން
15 February 2025
ބަނގާޅީން ނުކުރާ ކަންތަށް އެކުރަނީ އެސްޓީއޯ އިން، ކާއްޓާއި ކިއްލި ވިއްކުން..... ބަންގާޅީން ވިއްކާނީ ހުސްް ވަގު މުދާ ބަލާލަ ބަލަ ހ.ބަނޑިދޫގޭ ގަ ބަންގާޅީ މިންޓޫ (އޭނަގެ ދަރިއާއި) ކިޔާމީހަކު އެ ހިސާބުން 3 ގުދަން ހިފާލައިގެން ދިވެއްސެއްގެ ނަމުގަ ވިއްކާ ... ޖެހިގެން ހުންނަ ގުދަން ހުންނާނެ ތަޅުލާ ފޮރުވާފަ ސިދާ ވަގު .. ދިވެހި އާއްމު ވިޔަފާރިއަކަށް ވުރެ ވިޔަފާރި ފުޅާ ހުރިހާ ބަންގާޅީން ގުޅިގެން ވަގު ކަމުގަ... މައްސަލައަކީ ދިވެހި ޑުބާއީ ޝޭޙު އައިޑެންޓިޓީ
ދެއްސަ
15 February 2025
ތިކަން އަބަދުވެސް ކުރި އައް ގެންދަން ވި
ރާވެރިބެ
15 February 2025
އެސްޓީއޯ އިން ކާށި ވިއްކަން ޖެހޭ ހިސާބަށް ދިޔައީ. ދެން ސްޓެލްކޯ އިން ކިއްލި ގަންނަން ޖެހޭނީ ބާ؟ މީ ވަރަށް ދެރަވަރު ކަންކަން. މިކަމުން ދޭހަވަނީ ގައުމުގެ އިގްތިސާދު މިއޮތީ ނޭވާ ހޮޅިއަށް އެޅިފަކަން. ހިލޭ މަސްދަޅު ކޭހެއް ދެއްވިއޭ ކިޔާފަ މިފަދަ ދެރަވަރު ހާލަކަށް ގައުމުގެ ކަންކަން ދިޔައިމަ އެބަ އެގޭ ފޭލް ވެއްޖެކަން.
ގައުމު ހާލަތު ގެ ދުލުން
15 February 2025
ރޯދަޔައް އަބަދުވެސް އަގުބޮޑުވާތީ އެސްޓީއޯއިން އެއްޗެއް ވިއްކީމަ ގައުމުގެ ހާލަތު ދަށައް ދިޔައީތޯ. ތިކަން ރަނގަޅުވާނެ އެއްގޮތް އޮތީ ތިބޭ ފުޅާ ބޭނުންވާ މީހަކު ވެރިކަމައް ލީމަ. އެއްޗެހީހެ އަގު ބޮޑަސް ގައުމު ހާލަތު ރަނގަޅު ވާނެ ހެން ބޮޑައް ހީވަނީ
މުއްލާބެ
16 February 2025
ނޫން. އެސްޓީއޯ އުފެއްދުމުގެ މައިގަނޑު އެއްބޭނުމަކީވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނެގޮތް ހެދުން. މިހާރު އެސްޓީއޯ އިން އެދަނީ ރޯދައާއި ދިމާކޮށް ރައްޔިތުން ފެލާ ހުސްކުރަން ބައެއް ވިޔަފާރިވެރިން ކުރާ މަސައްކަތް ހުއްޓުވުން. އެސްޓީއޯ އިން އެކުރަނީ ނަމޫނާ މަސައްކަތެއް.
މަޖަން
15 February 2025
ކޮންތާކުމިޖެހުނީ އިންޑިއާއިންކާށިގަންނަނީ 12 އަށް ވިއްކަނީ 5 އަށް މިވާގޮތްބުނެލަދީ ޓެކުސްފައިސާރަގަޅުގޮތުގައިބޭނުކުރޭ މިކާށިގިނައިންގައްނަނީ ބޭރުމީހުން
ރާވެރިބެ
15 February 2025
‘ގައުމުގެ ހާލަތުގެ ދުލުން’ ލިޔުނު ކޮމެންޓަށް ޟުކުރިއްޔާ. ތެދެއް ރޯދައަށް ބައެއް ކާނާ އަގުބޮޑުވާތީ އެސްޓީއޯ އިން އެބާވަތްތަށް އެތެރެ ކުރޭ. އެއީ ރަގަޅު ކަމެއް. އެކަމަކު ކާއްޓާ ކަޅުބިލަމަސް އެތެރެކޮށް ވިއްކަން ޖެހޭނަމަ ސަރުކާރުގެ މައްސަލައެއް އެބަ އުޅޭ. ކީއްކުރާ ފިޟަރީސް އަކީ އެގްރިކަލްޗަރ މިނިސްޓްރީ ތަކެއް؟ އެމީހުން ފޭލްވީ ކާށި ބޭރުން ގެންނަން ޖެހުނީމަ! މި ދެ މިނިސްޓަރީތަކު ބޭނުމެއް ނެތް!
މަހާރަދުން
15 February 2025
ތަރުހާކީ އާ މޭވާ ގެންނަން ވީ އެސްޓިއޯ އިން އަބަދުވެސް...މާލޭގެ އަތޮޅު ފިހާރަތއް ކުޑަ އަގުގަ ކުއްޔަށް ނަގާފަ ތިބި މުއްލާއިން ދީފަ ހުންނަނީ ބޮޑު އަގުގަ އިންޑިޔާ އިން މިގައުމުގަ ފިޔަފާރި ހަލާކު ކުރާދިވެހިްނާ ގުޅިގެން އުޅޭ މާމާސާއިންނަން..އެމީހުން ތަރުކާރީ މޭވާ ގެނެސް އެއްހާސް ގުނަ ބޮޑު ފައިދާގަ ވިއްކާ ނަފާ ނަގަނީ...މިހާރު އެކުޅި ބަންގާޅީން ތައްވެސް ފަށައިފި މާލޭގެ އެކި ހިސާބުގަ...ހާދަ ވަރަކަށް ދިވެހިން ފަެލައިފި އެ.... ދިވެހިންނަށް ހަލާކު ހުރި!!
raajje
15 February 2025
ޒަމާނުއްސުރެ ދިވެހިންގެ އަމަލުތައް މިހުންނަގޮތަކީ ރޯދަމަހަކީ އިސްރާފުގެމަހެއްގެގޮތުގައި އަމަލުކުރުން، ކިޔަނީ އަޅުކަމުގެމަހެކޭ، ކާތަކެތީގެ އިސްރާފުއެހާބޮޑު، ރޯދަމަހާދިމާކޮށް ލޯނުނަގައިގެން ގޭގަހުންނަ އެއްޗެހި ހަލާކުނުވިޔަސް އާކުރާމީހުންވެސްއުޅޭ! ކެއުމައިގެންގޮސް އަޅުކަންރަނގަޅަށްނުކުރެވޭ، މިކަންކަން އިސްލާހުކުރާކަށްނުވޭތޯ، ކުރީގަނޭންގުނަސް މިހާރުއެނގެންވާނެދޯ، ދެންކާށިރާއްޖޭންބޭރުންގެނައުން، ދިވެހިންގެ ކަންނެތްކަން ރަމްޒުކޮށްދޭ އަމަލެއް
ކޮރަލް
15 February 2025
ރާއްޖޭގެ ކާށީގެ ކޮންޓްރޯލް އޮތީ ބަންގްލަދޭޝް މީޙުންގެ އަތުގަ އެވެ. ރަށް ރަށުން ކާށިގަންނަނީ ބިދޭސީންނެވެ. މާލެ އައީމަ ބޯޓް އިން ކާށި ނަގަނީ ބިދޭސީންނެވެ. ބޯޓް އިންނަގާ ގޮޅިތަކަށް ވިއްކަނީ ބިދޭސީންނެވެ.
ބެރި
15 February 2025
އެމީހުން އެއެއްޗެހި ނުގަނަންނަ އެހެންވިއްޔާ ދިވެހިންގެ ކާށީގެ މަސައްކަތް ހުއްޓާލަފާނެ. އެސްޓީއޯއިން އެގެންނަނީ ބޭރުން. ބިދޭސީން ވިޔަސް ދިވެއްސެއްގެ އަތުން ގަންނަކަމަށްޓަކާ ޝުކުރު އަދާކުރަން އެބަޖެހޭ.
މައްކޫ
15 February 2025
ރޯދަމަހު ދުވާލުގަޑިގަ އެއްކޮށް ނުކައި ތިބޭއިރުވެސް ތަކެތީގެ ޑިމާންޑް މައްޗަށް ދިއުން މިއީ އަރަތެއް ނޫންތަ؟ ހަދަ ވަރެއް ރަެގަނޑު ކުރާތީއޭ ކޮންސަމްޕްޝަން މައްޗަށް ދަނީ؟ ރޯދަމަހަކީ ކއެުމުގެ މަހަކަށްވުރެ އަޅުކަމުގެ މަހެއްކަމަށް ހެއްދެވުމުގެ ތައުފީޤް ރޯދަވެރިންނަށް ދެއްވާނދޭ
މުޑަހަންޖާ
15 February 2025
ކ.މާލޭގަ އެރަށު އެކިގޭގޭ ކުދިންނަށް ވަޒީރުކަމާ ބޮޑެތި މަގާމުތައްދީގެން މާސިންގާ އެގުރިކަލްޗާ މިނިސްޓްރީއެއް ހިންގާތާ ސާޅީހަކަށް އަހަރުވީއިރު ކާށިކޮޅުވެސް މިޖެހެނީ އިންޑިއާއިން އިމްޕޯޓުކުރަން. ތިޔަތަނުގެ އޮޑިޓެއް ހަދާފަ މިހުރިހާ ދުވަހު ބޮޑެތި މުސާރަތައް ނަގައިގެން ކުރީކޮންކަމެއްތޯ ބަލާކަށްނުވޭތޯ.