ފަނޑިޔާރު ސުއޫދު: އޭނާގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ނުލިބޭތީ، އޭނާ އިސްތިއުފާ ނުދެއްވާ ކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
04 މާޗް 2025 - 15:00
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިޔަސް، އޭނާގެ އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުލިބޭތީ ސުއޫދާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދަން ޖޭއެސްސީން ނިންމައިފި އެވެ.
މިދިޔަ ހަފުތާގައި ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ސުއޫދު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް މުއިއްޒަށް ފޮނުއްވައިފަ އެވެ. އަދި އެ ސިޓީ ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.
ނަމަވެސް ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ޖޭއެސްސީގެ ރައީސަށެވެ. ޖޭއެސްސީގެ ރައީސަށް ސުއޫދުގެ އިސްތިއުފާގެ ސިޓީ މިހާތަނަށް ލިބިފައި ނުވާ ކަމަށް އެ ކޮމިޝަންގެ މެމްބަރަކު ވިދާޅުވި އެވެ.
އެހެންވެ، ސުއޫދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
އެކަމަކު، އެނގިފައިވާ ގޮތުގައި މިއަދުގެ މެންދުރު އެކެއް ޖެހިއިރު ބޭއްވި ޖޭއެސްސީގެ މިއަދުގެ ބައްދަލުވުން ނިމުނު ފަހުން ސުއޫދު ވަނީ އިސްތިއުފާގެ ސިޓީ ޖޭއެސްސީގެ ރައީސަށް ފޮނުއްވައިފަ އެވެ.
ސުއޫދާ ގުޅޭގޮތުން ތިން މައްސަލައެއް ބެލުމަށް ޖޭއެސްސީން މިއަދު އެޖެންޑާކޮށްފައި އޮތެވެ. އެއީ އެ ކޮމިޝަނަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި އޭނާ މިވަގުތު ސަސްޕެންޝަންގައި ހުންނެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ކަމަށް ބުނެ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
05 March 2025
އޮނަރަބަލް އަފީފް ދީދީ ދެއްވި ޚިޔާލަށް ތާއިދު ކޮށް ރާވެރިބެ މިގޮވާލަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަ "ރައްޔިތުންގެ" ކެންޑިޑޭޓެއްގެ ގޮތުގަ މިސަރުކާރު ބަދަލު ކުރަން އޮނަރަބަލް އުސްތާޒް ހުސްނުއްސުއޫދު ނެރެން. ވަރަށް ޔަގީން ބޮޑު ތާއިދަކާ އެކީ ކާމިޔާބު ކުރައްވާނެ. އަދި މިގައުމުގަ ގާނޫނު އަސާސީގެ ވެރިކަން އަލުން ގާއިމުކޮށް ދެއްވާނެ. މުހިއްމު ކަމަކީ "ރައްޔިތުން"ގެ ކެންޑިޑޭޓެއްގެ ގޮތުގަ ނުކުތުން. ވަކި ޕާޓީއަކުން ނޫން.
ކުޑަކުރުސީ.
05 March 2025
ސުޢޫދަކީ ގޮތެއްގައި ހުންނަ މީހެއް. ތިގޮތަށް 'ރައްޔިތުންގެ ކެންޑިޑޭޓް' ގެ ގޮތުގައި ސުޢޫދު ނިކުމެއްޖެ ނަމަ އަހަރެންނާއި އަހަރެންގެ މުޅި އާއިލާ ވޯޓް ސުޢޫދަށް ލިބޭނެ. އަދި އަހަރުމެން އިތުރު ވޯޓްހޯދަން މަސައްކަތް ކުރާނަން. ސުއޫދު އިންތިޙާބުގައި ވާދަ ކުރައްވާނެ ކަމަށް ހީކުރަން.
ވާސިފާާ
05 March 2025
އިބޫ ހޯދަން ކެމްޕެއިނަށް ނުކުތް މީހެއްގެ ވާހަކަ މިދައްކަނީ. މީނަގެ ގޮތް އަހަރެމެން އައްޑޫ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭ. މިއީ ސިޔާސީ ވެގެން ހަލާކުވެފަހުރި މީހެއް.
އިލްހާމްް
05 March 2025
މިއީ ރީދޫ ހުމުން ރާއްޖޭގެ ޖުޑީޝަރީ މިނިވަންވުން. އުފާވެރިކަން.
ރިޔާޒްް
05 March 2025
މީނަގެ މައްސަލަ ނުބަލަންވީ އެެއްވެސް ސަބަބެއް ނެތް. ކަނޑައެޅިގެން އެބައިނގޭ އެއުޅެނީ ސަމާލުކަން ހޯދަންކަން.
ސަހުނީޒު
05 March 2025
ސުއޫދު އަކީ ސިޔާސީ... އޭނާ އިސްތިއުފާގެ ސިޓީ ފޮނުވީވެސް ގާނޫނާ ހިލާފަށް
ޗަރުކޭސް
05 March 2025
ރިޔަ ބުނާ ސިޓީ މުއިއްޒު އަށް ފޮނުވުމަށްވުރެން ރަގަޅުވާނެ ވެމްކޯ އަށް ފޮނުވިއްޔާ. ސުއޫދަށް އެގޭނެތާ ގަވާއިދު އެކަމަކު ޗަރުކޭސް ކުޅެން ބޭނުންވާކަން އެގިއްޖެ.
ޔޫސޭގެ ޚިޔާލު
05 March 2025
އެމްޑީޕީ އާއި އެމްޑީއެންގެ އަތްދަށުން ކޯޓުތައް މިނިވަން ކުރަންޖެހޭ! ޙުސްނުއްސުޢޫދުގެ މައްސަލަތައް ބެލުން މާ ލަސްވެއްޖެ. އޭރުން މުޅި އެމްޑީޕީ އޮރިޔާން ވާނެ. އެމްޑީޕީ އެހާ ބިރުން އުޅެނީ އެހެންވެ. ޝުކުރިއްޔާ ރައީސް މުޢިއްޒު! ތިޔައީ ޒަޢީމޭ އަދު ޤައުމު ފަޚުރުވެރިވާ!
ެއަހުސަން
04 March 2025
މިސަރުކާރުން ޖުޑިޝަރީއަށް ބާރެއް ނުހިންގާނެ· ހުރިހާ ރައްޔިތުން އެކަންގަބޫލުކޮށް ބޮޑ7ޖަލްސާވެސް ބާއްވަންފެނޭ·
މީވާ ވެރިކަމެއް
04 March 2025
ކުޑަކުދިން އުޅޭ ވައްތަރަށް ނޫޅެބަލަ، މީހަކު އޭނަގެ އިސްތިއުފާ ހުށަހެޅީމަ ބަލައިގަންނަން ކެރޭހާވެސް އަޚްލާގެއް ނެތް ދެއްތޮ؟
އަންސާމްް
05 March 2025
ކުޑައީ ކާކުކަތަ. އަމިއްލައަށް ސިޓީ ރައްދުވާންޖެހޭ ފަރާތަށް ރައްދުކުރީމަ ނިމުނީނުން. މަ ވަޒީފާއިން ވަކިވާން ފެނަކައިގަ ހުރެފަ ސިޓީ ފޮނުވަންވީ ގައުމުގެ ވެރިޔާއަށްތަ. ފޮތް ކިޔާބަލަ ކަލޭމެން.
ޜާވެރިބެ
04 March 2025
މައްސަލަތަށް ބޭނުން ވަރަކަށް އުދައްދައިގެން ‘ބަލަންވީ’. ސުއޫދު ގަޔަކު އަތެއް ނުލެވޭނެ. މިހާރު މިއަދު ރިޔާސީ އިންތިޚާބެއް ބޭއްވިޔަސް ސުައޫދު ކުރިމަތި ލައިފިއްޔާ %75 ގެ މަތިން ސަރުކާރު ބަލިކޮށް ވެރިކަމަށް ހޮވޭނެ. ޢަދި މިހާރަށްވުރެ ރަގަޅަށް ހިންގާނެ..
އޮނަރަބްލް އަފީފު ދީދީ
04 March 2025
ޜާވެރިބެ އަށް: ދައުލަތުގެ ސުްޕްރީމްކޯޓް ކޮށާ ކުދިކުދިކޮށްލުމަށް ބަޔަކު ތެދުވުމާއި، އަދި ސުޕްރީމްކޯޓް ބެންޗްގައި އިންނެވި އެންމެ ތަޖުރިބާކާރު އިލްމީ ފަނށިޔާރު Husnu Al Suood ވަކިކޮށްލާން މަސައްކަތް ފެއްޓުމުން އަހަރެންވެސް މިސަރުކާރު ބަދަލު ކުރަން 2028 ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި "ރައްޔިތުންގެ މީހާ" ގެ ގޮތުގައި ވެރިކަމަށް ނިކުމެ ވަޑަަިގެން އިންތިޙާބް ކާމިޔާބު ކުރައްވާ ރާއްޖޭގެ ވެރިކަމުގައިހުރި "ނޭއްގާނި ސިފަ" ކަޑުވާލަން ކޮމަންޓް ކުރިން.