ބީއެމްއެލް އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ތައާރަފްކުރުން. --ފޮޓޯ: ބީއެމްއެލް
24 މާޗް 2025 - 21:07
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓް ތައާރަފުކޮށްފި އެވެ.
މި ޕްރޮޑަކްޓް ތައާރަފްކުރުމަށް މިއަދު މެންދުރުފަހު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމަކީ، އިގުތިސާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށް ބާރުވެރިކަން ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.
"މާލީ ހައްލުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެންގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށާއި، އާ ފުރުސަތުތައް އުފެއްދުމަށާއި، މި އަތޮޅުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ވިޔަފާރިވެރިންނަށް އެހީތެރިވުން،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ތައާރަފްކުރުން. --ފޮޓޯ: ބީއެމްއެލް
މި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ބީއެމްއެލްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ދާދި ފަހުން ބީއެމްއެލް އިން ވަނީ ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓު އިތުރަށް ފުރިހަމަކޮށް، ގިނަ ބަޔަކަށް ފައިނޭންސްއަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ބޭންކުން ވަނީ ހަމަޖައްސައިދީފަ އެވެ.
ބީއެމްއެލް އިން މިއަދު ވަނީ ހއ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ހުޅުވައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ވެސް ފަށައިފަ އެވެ.
ހއ. އަތޮޅުގައި ގާއިމުކުރި އޭޓީއެމްތަކުގެ ހިދުމަތާ އެކު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލާކަލާ
24 March 2025
މިއަކީ ހއ ގެ ވެރިކަމެއް. ދައުރު ނިމޭއިރު ހއ ގެ ހުރިހާ ރަަށަކަށްވެސް އެނގުންވެލާނެ.
ޟލސސ
25 March 2025
މާލޭ ބޭފުޅާ ކޮންފަދަ ފިތުނައެއް އިންދަނީ ތިޔަ؟ އޭޓީއެމް ބޫތުގަނޑެއް ބެހެއްޓީމަ ތަރައްގީވީ. މާލެއަށް 12 ބިލިޔަނުގެ ބުރިޖާ ބޭރުން ދޭހާ ފްލެޓާ ކުކުޅު ކޮއްޓާ ބުޅާކޮއްޓާ ސޯލާ ޕެނަލުތަކާ ކުނިއަންދާސާމާނާ .......× 100000