ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހަވާ އެރުވުމުގެ ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 މާޗް 2025 - 11:46
ފިތުރު އީދު ފާހަގަކުރަން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ނިންމައިފި އެވެ.
އެޗްޑީސީއިން ބުނީ، މިރޭ 8:30 ގައި ޑްރޯން ޝޯއެއް ތިރީސް މިނެޓަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު 9:00 ގައި ހަވާ އަރުވާނެ ކަމަށެވެ. އެފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، އީދުގެ އުފާ ކުލަ ގަދަކޮށް ފާހަގަކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އީދާ ދިމާކޮށް ސެންޓްރަލް ޕާކުގައި މިއަދު ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް 4:00 އިން 6:00 އަށް ބާއްވަ އެވެ.
މިދިޔަ އަހަރު ވެސް އީދުގައި ސެންޓްރަލް ޕާކުގައި ހަވާއެރުވުމާއި ކުޅިވަރުގެ ހަރަކާތްތައް އެޗްޑީސީއިން ބާއްވާފައިވެ އެވެ.
މީގެ ކުރިން ބޭއްވި ޑްރޯން ޝޯއެއްގައި، މަސް ބާނާ މަންޒަރެއް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުޅުމާލޭގެ އިތުރުން، އީދު ފާހަގަކުރުމަށް މާލޭގައި ވެސް ކުލަ ގަދަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން "އީދު ހަވީރު" ގެ ނަމުގައި ބާއްވާ އެ ހަރަކާތްތައް ކުރިއަށްދާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދުގަ އެވެ.
އީދު ހަދިޔާ ދިނުމާއި މުނިފޫހިފިލުމުގެ ގިނަ ހަރަކާތްތަކެއް އެ ސަރަހައްދުގައި ކުރިއަށް ގެންދަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
އީދު ފާހަގަކުރުމަށްޓަކައި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ 65 ރަށެއް އީދަށް ވަނީ ދިއްލާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާ22
30 March 2025
މި މާލޭ އޭރިޔާގަ އަދިވެސް މީހުން އެންމެ ގިނައީ މާލޭގަ. ހުޅުމާލޭގަ ހުރިހާ ކަމެއް ކުރަން ފެށީފަ، ބްރިޖުމަތިން އެ ދިމާލަށް އެންމެން ދަތުރު ކުރަންވީމަ ވަރަށް ދަތި. ކަންކަން ރާވާއިރު ޓްރެފިކަށާއި، ގިނަ މީހުންނާއި ކުދިންނަށް ބައިވެރިވެވޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުން ރަގަޅުވާނެ.
ހަމްދާ
30 March 2025
ތިޔަ އޮތީ ދިވެހި ރާއްޖޭގަ އެންމެނަށް އީދު ފާހަނގަ ކުރެވިފައި
މުބާރަކް
30 March 2025
ތިބުނާ ސަރަހައްދުގާ ސިފައިން ބަޑި ހިފައިގެން އުޅެން ޖެހެނީކީއްވެ؟ ތަންކޮޅެއް ބިރުވެރި ދޯ އެހެންވީމާ؟ ބަހައްޓާނެ ފުލުހެއް ނެތީތަ؟
ކިއްލާ2222
30 March 2025
މިހާރު މިއުޒިކް ޝޯ އެއް ވަރު ވެސް ނުބާއްވާ އެކަމަކު މިހާރުވެސް މީހުންގެ އުޅުން ހަމަ އެއްގޮތް! ބަދަލު ވީ ސިޔާސަތު ތައް!
ބޱބޱބޱ
30 March 2025
ސިޔާސަތު ބަދަލުވީމަ މީހުންގެ އުޅުންވެސް ބަދަލު ކުރަން މަޖުބޫރުވާނެ
ސަސި
30 March 2025
މިޒާތުގެ ކަންކަމުގަ އަހަރުމެން މި އުޅެނީ ސައުދީ، ގަތަރު، ދުބާއީ އާއި އެއް ހަމައެއްގައި
ަަސަޅި
30 March 2025
ޝުކުރިއްޔާ ޑރ. މުއިއްޒު. މިހާރު ޢީދު ފީލްވޭ ❤️