ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިންގެ އިމާރާތް: އަމިއްލަ ކުންފުންޏަކަށް 12 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
21 އެޕްރީލް 2025 - 14:37
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމްކުރީ ސެންޓަ އެންޓަޕްރައިސަސް އިން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުންނެވެ.
އެ މައްސަލާގައި އެ ކުންފުނިން ދައުވާކުރީ ފައިސާ ނުދެއްކުމުން އެ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 17 މިލިއަން ރުފިޔާ ވެސް ހޯދުމަށެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ.
މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ކަޅުހަންތަކަށްވާ ފައިސާ ދައުލަތުން ނުދައްކާ އޮތްކަން ލިޔުންތަކުން ސާބިތުވާ ކަމަށާއި އެހެންކަމުން، އެ ފައިސާއަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންވެ، އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
މީގެކުރިން ވެސް ސެންޓަ އެންޓަޕްރައިސަސް އަށް ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްތައް ކޮށްފައިވެ އެވެ. އެގޮތުން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ދައްކަން މިދިޔަ ފެބުރުއަރީ މަހު ހުކުމްކޮށްފައިވެ އެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް މުދަލުގެ އަގަށްވާ ދެ މިލިއަން ޑޮލަރު ދައްކަން ވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުސައި
22 April 2025
މިވަރުންވެސް ބުރާންތި އުޅެނީ މިސަލުގަންނަން
ރަނާވަތު
22 April 2025
ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓަށް ދިމަދިމާއިން ލިބޭ ކުންފުންޏެއް.ޞަބސބސހސބބބދބދހދހދހ
ބަލަންވާނީ
22 April 2025
ޒިންމާވާންޖެހޭމީހަކުނެތި މިގޮތަށް ސަރުކާރުން ފައިސާތަކެއްދެއްކުމުގެ ކުރިން ތިޔަކަމެއް ހިގިގޮތެއް އޮޑިޓަޖެނެރަލްގެއޮފީހުން އޮޑިޓްކޮށްބަލަންޖެހޭ. ތިޔަ ކަޅުހަންތަކެއްހުރީ ސަރުކާރަށްބަލައިގެންފައިތޯއާ އެއީ އޯޑަރުކުރިފެންވަރުގެ ތަކެތިތޯ. ބޭނުންކޮށްފައި ހުރީކޮންތަނެއްގައިތޯ.އަގުއަދާކޮށްފައިނުވާކަމަށްދައްކާ ނަމަފިނޭންސްމިނިސްޓްރީންޗެކްކޮށްބަލަންޖެހޭކީއްވެތޯއެހެންއެވީ.އެކަމުގެޒިންމާއުފުލަންޖެހޭފަރާތެއްހަމަނެތީތޯ. ކޮންމެސްމުވައްޒަފެއްތާކަންކުރާނީ.
ޕޫރުބެ
21 April 2025
ޒިންމާ ވާންޖެހޭނީސަރުކާރުގެ މަގާމުގައި ހުރެ އެ ޑިޝިސަން ނެގި ވެރިން! އެ ވެރިން ޒިންމާކުރުވާ އެމީހުނގެ އަތުން އެ ފައިސާ ހޯދުމަށް!
ްައަހުމަފި
21 April 2025
ވެރިންނަށް ވެސް ބައި އަޅާގޮތަށް އެކަން ރާވާފައި ވަނީ
ކަޅު ހުސޭނު
21 April 2025
މިޒަމާނުގަ ކީއްކުރަން ސަރުކާރުން ހޯދި ކަޅުހަންތަކެއް ؟ ކަޅުހަން ގެންގުޅޭ ޒަމާނެއް ނޫންމީ! ކާކު އިސްވެ ހުރެ ހިންގި ޖަރީމާއެއް ބާ ؟
ސާމީ އަގީލް
21 April 2025
ސާމީ އަގީލް އަދި އާއްޓޭ ގެ ކޮއްކޮ
އަލީ ހުސެން
22 April 2025
ކަޅުހުސޭނާ. މިހާރުވެސް ސަރުކާރުން ހަދާ ރޯހައުސް ތަކުގަ އެއްބައި ރައް ރަށުގަ ހުރޭ ކަޅުހަން ބަހައްޓާފަ.ވެދާނެ އެކަހަލަ ކަމަކު ކަމައްވެސް.އެކަމަކު 12މިލިއަން އެރީ ކިތައް ހަމައް ބާ. އާންމު ކޮއް މިހުންނަ 2500ލީޓަރު ހަން އެހާ އަގު ބޮޱެއް ނުވާނެ ސިންޓެކްސް ބުރޭންޱް އާންމުކޮއް މި ރާއްޖޭގަ ހުންނަނި
ރިޔާފެޅި ޒަމާނުގެ މައްސަލަ
22 April 2025
ދޮންކަލޯ އެއީ ކަޅުހަން ގެންގުޅު ޒަމާނުގެ މައަސަލައެއް. އެ މައްސަލަ އަދި އެ ނިމެނީ. އެއޮތީނު 2006 ގެ މައްސަލަވެސް ފެބްރިއަރީ 2025 ގައޭ ނިމުނީ. އެހެންވީމާ ތިބޭފުޅާވެސް ކޮމެންޓެއް ޖަހާލާއިރު ޖުޑިޝަރީއަށް އައްސަރިބަހުން ސާބަސް އަދާކުރަންވީ. އެ ޑޮކިއުމެންޓްތަކަށް ކޮފީ ނޭޅި ކުރިއަށް ދިޔަކަމަށްޓަކައި. މިވަރުގެ ސްލޯ ކަންމަތީ ކޮން އިންސާފެއް ލިބޭނީ. ވަގުތީ ކޯޓްރޫމް އަޅަންވީނު. ޖާގަނެތިއްޔާ. ލަދުން މަރުވާ ވަރުވޭ މިވެސް ޤާއުމެއްވިއްޔާ !!!!
އަބުދުބެއްޔާ
22 April 2025
ހުސޭނާ އެވެދާނެ ނުން މާކުރީގެ ކަމަކަށް ވެސް 2000 ވަނަ އަހަރުގެ ކަމަކަށް ވެސް، މި ރާއްޖޭގެ ޝަރީއަތް ހިގާ ސްޕީޑަށް ބަލާއިރު މީގެ 50 އަހަރު ކުރީގެ މަސްއަލަކަށް ވުމާ ވަރަށް ގާތް.
ކޮރަލް
21 April 2025
ސަރުކާރު ޒިންމާ ވާން ހެޖެނީ އެވެ. އިހްމާލް ވާ ބަޔަކު ޒިންމާ ވާކަށް ނުޖެހެ އެވެ. ހަމަ ކާލައިގެން ދިޔައީމަ އެކަން ބަލާލާނެ ބަޔަކު ވެސް ނެތެވެ.
ކަލޯގެ
21 April 2025
އަމިއްލަ ފަރުދުންނަށްވުރެ ހާލުދެރަ ދޯ ދިވެހި ސަރުކާރު
އަފްރާސިޔާބު
21 April 2025
ގުޅިގެން ހިންގާ ޖަރީމާ އެއް. ތިޔަ މައްސަލައިގާ ސެންޓަ އެންޓަ ޕްރައިޒަސް އިން ތިޔަ ފައިސާ ނެގުމުގައި ހެލްތު މިނިސްޓްރީގެ މިހާރު ތިބި ބަޔަކު އިސްރޯލެއް އަދާކުރާނެ. އެހެނީ 2006 އިން 2008 އަށް ހިނގި ކަމެއްގައި ފައިސާ ނުދީ ހުންނާނެޔެކޭ ނުބުނެވޭނެ. އެކަމަކު އެލިއުންތައް އަންދާލީ. ނޫނީ އެއިރު ތަކަން ބެލެހެއްޓި މީހުން އެހެންތަންތަނަށް ބަދަލުވިރު އެމީހުންނާއެކު ފޮނުވާލީ. ރާއްޖޭގެ މިނިސްޓްރީތައް އެއްކުރަނީ ވައްކަންކުރި ލިއުންތައް ނައްތާލަންވެގެން.