ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
23 އެޕްރީލް 2025 - 12:36
ހިނގަމުންދާ ހައްސާސް މައްސަލަތަކުގައި ހަގީގަތް ބެލުމެއް ނެތި އެކި ވާހަކަ ފަތުރަމުން ދާތީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ވަގުތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް ވަނީ ނޫސްވެރިކަމުގެ ނަމުގައި ހަގީގަތާ ހިލާފު ވާހަކަ ފަތުރާތީ އެކަމާ މެދު ފިޔަވަޅު އެޅުމާ މެދު މިނިސްޓަރުގެ ހިޔާލަކީ ކޮބައިތޯ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް އެއްވެސް ގޮތެއްގައި ހުރަސް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ވިސްނުން ހުރީ ތަންމިނަށް ހުޅުވާލައިގެން އެކަން ކުރިއަށް ގެންދަން ކަމަށެވެ.
ނަމަވެސް ގައުމުގައި ހިނގަމުން އަންނަ ބޮޑެތި ހައްސާސް މައްސަލަތަކުގައި ހަގީގަތް ބެލުމެއް ނެތި ވާހަކަތައް ފެތުރުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މިފަދަ ވާހަކަތައް ފެތުރުމުގެ ސަބަބުން، ފުލުހުންގެ ތަހުގީގަށް ހޯދަން ޖެހޭ ތެދު މައުލޫމާތު ހޯދައި، ރައްޔިތުންނާ ހަމައަށް ހަގީގަތް ހާމަ ކުރެވޭ ހިސާބަށް ދާއިރު، އޮންނަނީ ލަސްވެފައި ކަމަށެވެ. އަދި، ނަތީޖާއެއްގެ ގޮތުން އެ ހާލަތުގައި ރައްޔިތުންގެ ތިބެނީ ވަކި އެއްޗެއް ގަބޫލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފުލުހުންގެ ތަހުގީގުތަކުން މައުލޫމާތު ރައްޔިތުންނާ ހިސާބަށް ހާމަކުރެވޭ ވަރު ވެގެން އެ މައުލޫމާތު ހާމަކުރެވޭ އިރުގައި މިހާރު މިކަންކަން އޮންނަ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރެމުން ފެތުރެމުން ގޮސް މި ތިބެނީ ވަކި އެއްޗެއް ގަބޫލުކުރާ ހާލަތުގައި،" އިހުސާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން -- ފޮޓޯ: މަޖިލިސް
މިފަދަ ކަންކަމުގެ ސަބަބުން މައްސަލަތަކުގައި ވިކްޓިމް ވާ ފަރާތް ނުވަތަ ވިކްޓިމްގެ އާއިލާތަކުގެ ކަރާމާތް ވެސް ގެއްލިގެން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކަމަށް ހައްލެއް ގެނައުމަށް މަޖިލީހުން ގާނޫނީ ހައްލެއް ގެނައުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން މި ވާހަކަ ދެއްކެވި އިރު މިދިޔަ ހުކުރު ދުވަހު، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ދަނީ ވާހަކަތައް ފެތުރެމުންނެވެ.
އެ މައްސަލާގައި ކަން ހިނގި ގޮތް ސާފުކޮށް ދޭން ރޭ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ނަމަވެސް، އިހުސާން ޖަވާބުގައި އިޝާރާތް ކުރެއްވީ ސީދާ މި މައްސަލައަށް ކަމެއް ސާފެއް ނޫނެވެ.
ޒުވާނާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލާގައި މިހާތަނަށް އެޅި ފިޔަވަޅުތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ސުވާލުކުރެއްވި ނަމަވެސް، މިއަދުގެ މައުލޫއާ ނުގުޅޭ ސުވާލަކަށް ވާތީ އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގުބަޑި
24 April 2025
ހައްސާސް މައްސަލަތަކުގައި އެންމެ ބޮޑަށް ދޮގުހަދާފައިވަނީ ކޮން ބައެއްކަން ރައްޔިތުންނަށް ވަރަށްވެސް ސާފު. ހުރިހާ ކަމެއްގަ ދޮގުހަދައިގެން ސަލާމަތެއްނުވާނެ. އެންމެ ފަހުން އަތަށް ގޮވީ. ދެން މިކިޔަނީ ހައްސާސް މައްސަލަތަކުގައި ދޮގު ފަތުރަނީއޭ.
ހަސަނު
24 April 2025
ދައުލަތުގެ މުހިންމު މުއައްސަސާތަކަށް ރައްޔިތުން އިތުބާރު ނުކުރުން އެންމެ ބޮޑު މައްސަލައަކީ.. ފުލުހުން އެއްޗެކޭ ބުނެފި ނަމަ ރައްޔިތުންނަށް ގަބޫލު ކުރެވެނީ އޭގެ އަނެއްކޮޅު. މުއައްސަސާތައް ސިޔާސީ ކުރީމާ އެތަންތަނުގެ ބޭނުން ކެނޑިފައި މި އޮތީ..
ހީކުރިން ވާނެކަމަށް އެކަމު މާ ޑާރޓީ
24 April 2025
ސަރުކާރުތެރޭ އޮތީ ޤަބޫލުކުރަން ދަތި ވަރަށް ގޯސްކޮށް ކަންކަން. އިހުސާނު އެއީ ރަނގަޅު މީހެއް. ޕާރފޯމްވެސް ކުރޭ. އެކަމު، ސިޔާސީގޮތުން ޅައީ، މިލިޓްރީ ކޮމްބިނޭޝަން ސަބަބުން މާބޮޑަް ސިޔާސީ ދަލުގައި ޖެހެނީ. މިހާރު އިދިކޮޅުން ކޮންމެކަމެއް ކުރިޔަށް އިހުސާނު ބުނަނީ މަ ހެޔޮއެއްޗެއް ކިޔަސް އެމީހުންނަށް ކަމަކު ނުދާނޭ. މާނައަކީ އަސްލު މައްސަލައެއް އޮތަސް ޒާތީވެ މިހާރު އިހުސާނު ގަޓުގަ ނުނަގާނެ ސީރިޔަސްކޮށް. ކުރުސި ދޮގުހަދާހަދާ ފަސާދަވެ އިހުސާނު ހަލާކުވެއްޖެ.
ދޮގު ދޮލަނގު
24 April 2025
އިހުސާނަށް ރައްޔިތުން އިތުބާރެއް ނުކުރޭ. ދޮގު ހަދާތީ. އެހެންވީމަ ދެނޯ؟
ޢެކަލޯ 1
24 April 2025
މިނިސްޓަރު ދެއްވާ ސުވާލު އެހެން ބޭފުޅަކުލައްވާ ކުރުވާފަ މިނިސްޓަރު ޖަވާބު ދިނީމަ އެ ހުރީ މައުލޫއާއި ގުޅިފަ. މިފަދަ ޑިމަކޮރޮސީ އެއް ބޭނުމެއް ނޫން.
ޓިނު
24 April 2025
ފުރަތަމަ މަނިކުފާނު ތިހައްދަވާ ދޮގުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާނެކަން ގަބޫލުުކޮށްބަލަ
އަބުދުލް ޤާދިރު
24 April 2025
ކުރިން ވަރަށް ގަދަރުކުރި، އިޙުތިރާމު ކުރި ޝަޚުޞިއްޔަތެއްތީ. އެކަމަކު މިހާރު އިހުސާނަކަށް އިހުތިރަމެއް ގަދަރެއްނެތް. އިތުބާރު ގެއްލިއްޖެ. ދޮގުހެދުމުގައި ވެސް ހައްދު ފަހަނާ އަޅާފަ ހުރި މީހެއްތީ.
ރަނގަޅު
24 April 2025
ރަނގަޅު މީހުންނަކަށް ޕޮލިޓިކްސްގަ ޖާގައެއް ނެތް. އިހުސާނު ފަނާވެއެދަނީ ޤައުމަށް ރަނގަޅު ބަދަލެއް ގެނައުމަށް ކުރާ މަސައްކަތް ބަލައިގަންނަން ބޭނުން ނުވާ ސިޔާސީ ބާރުގަދަ މިސަރުކާރު ބަޔަކާހެދި. ކުރުރިޔަށް ލާރި ދީގެން އިހުސާނޭކިޔައިގެން އެޖަހަނީ ހެސްކިޔާފަ. އަޑީގަ ތިބީ ގޭގުތަކާއި ފުލުހުންނާ ބާރުގަދަ ބިދޭސީން އަދި ނެޓުވޯކުތައް. ކުރަނގި، ގޭންގު ބިލު، ޑަރަގްސް ކަންތައް، މިއީ އިހުސާނާ އެވަަރށް ޖައްސާލައިގެން އުޅޭ ކަމަކީ. އޭނާ އަކީ ރަނގަޅު މީހެއް.
އައިސަން
24 April 2025
މައްސަލަ ތަކާއިގުޅޭ ދޮގު މައުލޫމާތު އެންމެ ގިނައިން ފަތުރަނީ މީނާ.
ތެފައާސާ.
24 April 2025
ހައްސާސް މައްސަލަތަކުގައި ދައްކާފައިވާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކުގެ ތެރޭގައި ރާއްޖޭގައި އިންޑިއާގެ 2،000 ސިފައިން އެބަތިބިކަމަށާއި، ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށާއި މޮރިޝަސްގެ ރައީސަށް އިބޫ ފޮނުވި ސިއްރު ސިޓީއަކުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލީ ކަމަށާއި އުތުރު ތިލަފަޅު އިންޑިއާގެ މިލިޓަރީ ބޭސް އެއް އެޅުމަށް ވިއްކާލީ ކަމަށާއި އަައްޑޫ ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ މިލިޓަރީ ޕޯސްޓެއް ކަމަށާއި ދުބާއީއާއި ތައިލެންޑަށް އާސަންދައިން ފޮނުވަ..
ބޮޑުސަކަރާތް
24 April 2025
ޖީހާންގެ ފިރިމީހާ އަށް އޭރު ގޮވި ރޯޔަލް ރޭޕް. މިހާރުވެސް ހަމަ އެގޮތް. އެމްޑީޕީ އެކޭ ޕީއެންސީ އެކޭ ހަމަ އެއްގޮތް. ކަލޭމެން ތިހެން ހާވަހާވާ ތިބޭ
ސާފުވާންވީ.
24 April 2025
އެމް.ޑީ.ޕީ، ޕީ.އެން.ސީ އެއް ނޫން މައްސަލައަކީ. މީހުން މައްސަލައަކީ. ކޮންމެ ތާކުވެސް ތިބެނީ ފައިސާ އަށް ހެއްލޭ، އިންޓެގްރިޓި ވިއްކާލަން ބޭނުންވާ މީހުން. އެނޫން ބަޔަކަށް ޖާގަނުދޭ ވެރިންވެސް ރައްޔިތުންވެސް. ރައްޔިތުންވެސް ބޭނުންވަނީ ފައިސާއަށް ވޯޓުވިއްކާފަވެސް ޤަޢުމުވެސް ރަނގަޅުވާން. ވީމާ، ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން އެހިސާބުންވެސް އޮތީ ގޯސްކޮށް. ވީމާ ޕާޓީގެ ނަން ދޫކޮށްލަންވީ. މީހާ އަށް ބަލަންވީ. ނޫނީ ވާނީ އެއްކަމެއް