ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީން ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން އާއި ދާއޫދު އަހްމަދު ޒިލާލް.-- ފޮޓޯ: ޕީއެންސީ
24 އެޕްރީލް 2025 - 11:20
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ ހޫނުވެެފައި ވަނިކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީން ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށް، ދާއޫދު އަހްމަދު ސަސްޕެންޑްކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ނަމަވެސް "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްކަމުގެ މަގާމުން ދާއޫދު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ އަންހެން މީހާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ އަންހެން ކުއްޖާ އާއި ރައުދު ވެސް އެ ރޭ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
މި ހާދިސާ ހިނގުމުގެ ކުރިން އެ ދެމީހުންގެ އަމަލުތައް ހުރި ގޮތް ވެސް ފުލުހުން ވަނީ ބަލައިފަ އެވެ. އެކަން ހިއްސާ ކުރަމުން ފުލުހުން ކުރިން ބުނެފައިވަނީ މާލޭގެ މެދެއްހާ ހިސާބުގައި ހުރި ގެއަކަށް އެ ރޭގެ 12:30 ހާއިރު 8 ޒުވާނުންގެ ގްރޫޕެއް ވަދެ އަދި އޭގެ ތެރެއިން ހަތަރު މީހަކު އެ ރޭގެ 3:40 ހާއިރު، އެ ގެއިން ނުކުމެގެން އަމީނީމަގުގައި ހުންނަ ގެއަކަށް 4:00 ހާއިރު ދިޔަ ކަމަށެވެ. އެއީ އަނިޔާވި އަންހެން ކުއްޖާ އާއި އިތުރު ތިން ފިރިހެނުންނެވެ. އެ މީހުން އެ ގެއިން ނުކުތީ 10 މިނެޓް ފަހުންނެވެ. ނަމަވެސް، އެއިން އެއްވެސް މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.
އެ ރޭ އަންހެން މީހާ ނުވަ ވަނަ ފުލޯއިން ބޭރަށް ކޮއްޕާލީ ކަމަށް އާންމުން ތުހުމަތު ކުރިޔަސް، ފުލުހުން ބުނެފައިވާ ގޮތުގައި، އަންހެން މީހާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ސީސީޓީވީ ފުޓޭޖުތަކުން ވެސް ފުލުހުންނަށް އެފަދަ ކަމެއް ފާހަގަ ވެފައެއް ނުވެ އެވެ. އެ ދެ މީހުންގެ އިތުރުން އެ ވަގުތު އެ ތަނުގައި އިތުރު މީހަކު ނެތްއިރު، އަންހެން މީހާ ވެއްޓުނު ވަގުތު ފިރިހެން މީހާ ހުރީ ސިޑިމަތީގައި ކަން ވެސް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
24 April 2025
ދާއޫދު ވަކި ނުކުރީ އޭނަޔަކީ މުއިއްޒު މާ ގަޔާވާ ބޭފުޅަކީތަ، ދާއޫދު މުސާރަދީފަ ދުވަސްކޮޅަކު ގޭގަ ބަހައްޓާލާފަ ސަސްޕެންޝަން އުވާލީމަ ރަގަޅުވާނެ. 3 ދުވަސްވާއިރަށް ރައްޔިތުން ހަނދާން ނެތިދާނެ.
ޥަންޗޫ
24 April 2025
މަސްތުވާ ވަގުން ދައުލަތުން މުސާރަދީގެން ގޭގަބައިތިއްބަން ނުހަދަ ވަގުތުން ވަކިކުރޭ! އެންމެ ޓެކްސްފައިސާ ފޮއްޗެއްވެސް ދީގެންނުވާނެ. ވަގުތުން ގެއަށްފޮޮނުވާލާ! ވަކި ޚާންދާނަކަށް ބެލިގެންނުވާނެ! ކަންކަން ފޮރުވަންނުހަދާ! އެހެންނޫނީ ސަރުކާރަށް އޮތް ތާއިދު އަނބުރާ ގެންދާނީ!
ހުސް ގޯސް ހެދެނީ
24 April 2025
މިހާ ރީތިކޮށް އަމިއްލައަށް ބަލިކަށިވަމުންދާ ވެރިކަމެއް މި ނޫނީ ނުދެކެން.
ޢެ ސޮރު ވަކިކުރޭ
24 April 2025
މަހަކު 45000 ދީފަ ރައީސް އޮފީހުގެ ޖޮބެއްގައި ދާއޫދު ސޮރު ބަހައްޓަން ޖެހޭ ސަބަބު ބުނެބަލަ. އަދިވެސް ސަސްޕެންޑު ދޯ ކުރަންވީ. ތިސޮރު ވަކި ނުކުރަންޔާ އަހުން ވެސް މިރޭ މުޒާހަރާއަށް ދާނަން އިގިއްޖޭ
ޓީޖެޓީ
24 April 2025
ޒުވާނުންގެ ކޮމެޓީއޭ؟ އެވެސް ދިވެހިރައްޔިތުން މުސާރަ ދޭންޖެހޭ ކޮމެޓީއެއްދޯ؟ ރައްޔިތުންގެ ފައިސާ އިސްރާފް ކުރާމީހުން އެކަމުގެ ޒިންމާ ފަހުން ނަގަން ނުޖެހި ނުދާނެ
ޢިބޫ
24 April 2025
މީތޯ ތިގެންގުޅޭ ޒުވާނުންނަކީ؟
ދީނަށް ޓަކާ ؟؟؟
24 April 2025
ނަން ވާނީ އެމްޑީޕީ. އެކަމު މިސަރުކާރުގެ ކުރައިމްސް މިއުޅެނީ 100 ދަރަޖަ މަތީގައި. ލަދެއް ނެތި އަކިއްލައށް އެސޮރުތައް އެކަން އާއްމުވެސްކޮއްލީ. ޖުވާ.، ޜާ، ޑުރަގު، ނުކުރާ ކަމެއް ނެތް!!
އެންމެން1
24 April 2025
ޓްރާންސްޕޯރޓު މިނިސްޓަރު އަމީންގެ ދެފައި ދޯ ހުރިހާ މުއައްސަސާއެއްގައި. މީނަގެ އާއިލާގެ ވަޒީފާ ބޭނުންވާ ކޮންމެ މީހަކަށް ކޮންމެވެސް ވަޒީފާއެއް ދީފައި މިއޮތީ، މިވެސް ވާނީ ކޮރަޕްޝަންއަށް ދޯ؟
ޒިހޫ
24 April 2025
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެބަ ފެނޭ އެމީހުންގެ ގެތަކުގެ ޓެރަސްގައާއި ސިޓިންގ ރޫމްގައި ބަނގުރާ ބޭނުންކުރަމުންދާކަން. ސުވާލަކީ މިވަރު ވާއިރު މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ވެސް މިމީހުން އުޅޭ ގޮތް ރޭކާ ނުލަނީބާއޭ. މީގެއިތުރުން އެމީހުން އުޅުނު ތަންތަން ބަލާ ފާސްކުރަން މިއަދު އަމުރު ނެރުނު އިރު، އެމީހުން ގެންގުޅުނު ރާފުޅިތަކާ ޑްރަގްސް އަދި އެހެނިހެން އާލާތްތައް ފުލުހުންނަށް ދައްކަން ބަހައްޓާފަ ހުންނާނެތަ؟
ބަބްސް
24 April 2025
ޒިހޫ އަދި ޅައީ ... ރޭކާ ނުލަނީކީ ނޫން އެއީ އެމީހުންގެ ބައިންބަފައިންގެވެސް ލައިފްސްޓައިލް. މިއި ވަކީ ސިޔާސީ ޕާޓީ އަކަށް ވީމަވާކަމެއްނޫން. މިއީ އަތަށް ލާރިއެއް އެރީމަ ވާގޮތް. ވަރަށް މަދު މީހަކު ސަލާމަތް ވަނީ ...
ރުންކުރު
24 April 2025
ސަރުކާރަށް މީހެއްގެ ބަލަދު އެރީމަ ދެން ވަޒީފާއަކުން ވައްކެއް ނުކުރާނެ. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އެވަޒީފާ ނޫނީ ކޮންމެވެސް އެހެން ވަޒީފާއެއް ދޭނެ. މިއީ މިސަރުކާރުގައި ކަން ހިނގާ އުސޫލު
ހޮރު
24 April 2025
އަންހެންމީހާ ވެއްޓުުނުތަނެއް ނުފެނޭ. ދެންކިހިނެއް އެނގެނީ އޭނާ އަމިއްލައަށް ފުންމާލީކަން