ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ ސާމިހު: ވަރަށް ބޮޑަށް މަސްތުގައި ހުރެ ވެއްޓުނީ ފެންލައިޓުން އަމިއްލައަށް ކަމަށް ތަހުގީގަށް މިހާތަނަށް ހާމަވާ ކަމަށް ފުލުހުން ބުނި - ފޮޓޯ: މިހާރު
23 އެޕްރީލް 2025 - 01:31
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނީ ޖެހިގެން ހުރި އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ކަމަށާއި އޭރު އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދޭން ފުލުހުން ކުއްލި ގޮތަކަށް ބޭއްވި "ކްލޯސްޑޯ" ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖުތައް ދެއްކި އެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި އަނިޔާވި އަންހެން ކުއްޖާ އާއި އޭނާއާ އެކު ހުރި އުމުރުން 21 އަހަރުގެ އެހެން ފިރިހެން ކުއްޖަކު މަގުމަތީ ހުސްފައިގައި ހިނގާފައި ދެ އެވެ.
އެ އަންހެންކުއްޖާ ހިނގާފައި ދަމުން ބުރުޒުމަގުގައި ހުރި ގެއަކަށް ވަންނަތަން ފުޓޭޖުން ފެނެ އެވެ. އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ވެސް ދުވެފައި އެ ގެއަށް ވަދެ އެވެ. އެ މީހުންގެ އަމަލުތައް ހުރި ގޮތުން ވެސް ތިބީ މަސްތުގެ ހާލަތުގައި ވެސް ސާފުވެ އެވެ. އެއީ ހިނގާފައި ދިޔައިރު އަރިއަޅާލާ މަންޒަރު ފެންނާތީ އެވެ.
މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ދެ މީހުން ވަން ހ. ފެންޓޯނިއާއަކީ އެ މީހުންނާ އެއްވެސް ގުޅުމެއް އޮންނަ ގެއެއް ނޫނެވެ. އެ ދެ މީހުން ދަންނަ ބަޔަކު އެ ގޭގައި ނޫޅުނަސް އެ މީހުން އެ ގެއަށް ވަނީ ބޭރު ދޮރު ތަޅު ނުލައި ހުރުމުން ކަމަށް ފުލުހުން ބުންޏެވެ.
އެއީ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ އަދި ރޭގަނޑު 12 ގެ ފަހުން އެއްވެސް މޯޝަނެއް ފާހަގަވާ ނަމަ ކެމެރާއިން އެލާމް ވެސް އަޅާ ގޮތަށް ފަހުގެ އެލާމް ސިސްޓަމް ބަހައްޓާފައި ހުންނަ ގެއެކެވެ. އެ ދެ މީހުން އެ ގެއަށް ވަދެ 9،8،7 ވަނަ ފްލޯގެ ސިޑިމަތީގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. ބައެއް އެޕާޓްމެންޓްތަކުގެ ދޮރުގައި ޓަކި ޖަހާ މަންޒަރު ވެސް ފެނެ އެވެ.
ސިޑި މަތީގައި ދެ މީހުން އުޅުމުގެ ތެރޭގައި ބަދުއަހުލާގީ އަމަލުތައް ވެސް ދެ މީހުން ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަށް ވަންއިރު ފިރިހެން ކުއްޖާ ލައިގެން ހުރި ޓީޝާޓު ފަހުން ލައިގެން ހުރީ އަންހެން ކުއްޖާ އެވެ. ފިރިހެން ކުއްޖާގެ ޓީޝާޓު ލައިގެން އަންހެން ކުއްޖާ 8 ވަނަ ފަންގިފިލާ އަށް އަރާ މަންޒަރު ފެނެ އެވެ، އެ އަށް ފަހު، އެޕާޓްމެންޓެއްގެ ދޮރުގައި ޓަކި ޖަހައި 9 ވަނަ ފަންގިފިލާއަށް އަރަ އެވެ. ބެލެވޭ ގޮތުގައި އޭނާ ދިޔައީ ފިރިހެން ކުއްޖާ ހޯދަމުންނެވެ.
އަންހެންކުއްޖާ މައްޗަށް އެރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިރިހެންކުއްޖާ ވެސް ހުސްގަޔާ ހުރެ 8 ވަނަ ފަންގިފިލާ އަށް އަރަ އެވެ. އޭރު ގަޑިން ފަތިހުގެ 4:52 ހާއިރު އެވެ. އެ ތަނުން އަންހެންކުއްޖާ ފެންނަން ނެތުމުން 9 ވަނަ ފަންގިފިލާ އަށް ފިރިހެންކުއްޖާ ސިޑިން އަރަނިކޮށް ބާރުގަދަ އަޑެއް އިވެ އެވެ. ފުލުހުން ބުނާ ގޮތުގައި ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެއީ އަންހެންކުއްޖާ ވެއްޓޭ އަޑެވެ. އެ އަޑު އިވުނުއިރު، ފިރިހެންކުއްޖާ ސިޑިމަތީގައި ހުންނަ މަންޒަރު ފެނެ އެވެ.
އެ ގޭގެ 9 ވަނަ ފަންގިފިލާގައި ޓެރަސް ހުންނައިރު އެ ތަން ހުރީ ތަޅުލައިފަ އެވެ. އެ ފަންގިފިލާގައި ކެމެރާއެއް ވެސް ނުހުރެ އެވެ. އެހެންވެ، އަންހެންކުއްޖާ ވެއްޓޭ މަންޒަރެއް ނުފެނެ އެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން އަންހެން ކުއްޖާ ވެއްޓިފައިވަނީ ފެންލައިޓުންކަން އެނގޭ ކަމަށާއި އޭނާ ވެއްޓި ގުދަނުގެ ފުރާޅުމަތީގައި އޮތީ ވެސް އެ ދިމާލުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވި ގޮތުގައި، އަންހެން ކުއްޖާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ސީސީޓީވީ ފުޓޭޖުތަކުން ވެސް ފުލުހުންނަށް އެފަދަ ކަމެއް ފާހަގަވެފައެއް ނުވެ އެވެ. އެ ދެ މީހުންގެ އިތުރުން އެ ވަގުތު އެ ތަނުގައި އިތުރު މީހަކު ނެތްއިރު، އަންހެންކުއްޖާ ވެއްޓުނު ވަގުތު ފިރިހެންކުއްޖާ ހުރީ ސިޑިމަތީގައި ކަން ވެސް ތަހުގީގަށް ދެނެގަނެވިފައިވާ ކަން ސާމިހު ފާހަގަކުރެއްވި އެވެ.
ސާމިހު ވިދާޅުވި ގޮތުގައި ކުއްޖާ ވެއްޓުނު ބާރު އަޑު ބައެއް މީހުންނަށް އިވިފައިވެ އެވެ. ނަމަވެސް، އެ ފުރާޅުމަތި އޮތް ގޮތުން ކުއްޖާ ވެއްޓިފައި އޮއްވައި އޭރު އެއްވެސް މީހަކަށް ނުފެންނަ ކަމަށް ސާމިހު ވިދާޅުވި އެވެ. އަންހެންކުއްޖާ ވެއްޓިފައި އޮތް ތަން ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ހެނދުނު 7:23 ހާއިރު އެވެ. އޭރު ކުއްޖާގެ ހަރަކާތް ހުރި ކަމަށާއި ނަަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެ ތަނުން ތެދު ނުވެވިފައި އޮތީ ކަމަށް ސާމިހު ވިދާޅުވި އެވެ.
އަންހެންކުއްޖާ ވެއްޓުނު ފަހުން ވެސް އޭނާ ހޯދަން ފިރިހެންކުއްޖާ މަސައްކަތް ކުރާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އަދި ވެއްޓުނު ފަހުން އަޑު ހަރުކޮށް ރޯ އަޑު ވެސް ކެމެރާ އަށް އަރާފައި އެބަހުއްޓެވެ. މަގުމައްޗަށް ނުކުމެ ބައެއް މީހުންގެ އެހީތެރިކަމަށް ވެސް ފިރިހެންކުއްޖާ އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފުލުހުންނާ އެއްވެސް ކަމެއް ހިއްސާ ނުކޮށް އޭނާ ދިޔައީ ގެއަށެވެ.
ސާމިހު ވިދާޅުވީ، އަންހެންކުއްޖާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަކަށް ބާރު ދޭ ހެއްކެއް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ. ހ. ފެންޓޯނިއާގައި ވެސް އެފަދަ ކަމެއް ހިނގާފައި ނުވާކަން ސީސީޓީވީ ފުޓޭޖުން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ޒުވާނުންގެ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން ފިރިހެންކުއްޖާ ކެނެބިސް އަށް ޕްޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ސާމްޕަލް ނަގާފައިވަނީ ހާދިސާ ހިނގި ދުވަހު ނޫން އަނެއް ދުވަހު އެވެ. އަންހެން ކުއްޖާގެ ސާމްޕަލް ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު، އެއީ ކޮން ބާވަތްތަކެއް ކަމެއް އަދި ޔަގީން ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގުމުގެ ކުރިން އެ މީހުންގެ އަމަލުތައް ހުރި ގޮތް ވެސް ފުލުހުން ވަނީ ބަލައިފަ އެވެ. އެކަން ހިއްސާ ކުރަމުން ސާމިހު ވިދާޅުވި ގޮތުގައި މާލޭގެ މެދެއްހާ ހިސާބުގައި ހުރި ގެއަކަށް އެ ރޭގެ 12:30 ހާއިރު 8 ޒުވާނުންގެ ގްރޫޕެއް ވަދެ އަދި އޭގެ ތެރެއިން ހަތަރު މީހަކު އެ ރޭގެ 3:40 ހާއިރު އެ ގެއިން ނުކުމެގެން އަމީނީމަގުގައި ހުންނަ ގެއަކަށް 4:00 ހާއިރު ދެ އެވެ. އެއީ އަނިޔާވި އަންހެން ކުއްޖާ އާއި އިތުރު ތިން ފިރިހެނުންނެވެ. އެ މީހުން އެ ގެއިން ނުކުތީ 10 މިނެޓް ފަހުންނެވެ.
އެ ގެއިން ނުކުމެގެން، އަނިޔާވި އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ ބުރުޒު މަގުން ހުސްފައިގައި ހިނގާފައި ދިޔައިރު، އަނެއް ދެ ފިރިހެނުން ދިޔައީ ސައިކަލެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި އަންހެން ކުއްޖާ ވަން ގެއަށް ސައިކަލްގައި ދިޔަ ފިރިހެނުން ވަދެފައެއް ނުވެ އެވެ. އެ އަންހެންކުއްޖާ އެ ގެއަށް ވަނުމުގެ ކުރިން އެ ގެ ހުންނަ ހަނި ގޯޅިގަނޑުގެ ތެރެއަށް ވެއްޓިފައި އޮތް މަންޒަރު ވެސް ފެނެ އެވެ. ހިނގާފައިދިޔަ ފިރިހެން ކުއްޖާ ދުވެފައި ގޮސް އެ ގެއަށް ވަންނަނީ އެ އަންހެން ކުއްޖާގެ ފަހަތުން އޭނާ ހޯދުމަށެވެ.
އަނިޔާވި އަންހެންކުއްޖާއާ އެކު، އެންމެ ފުރަތަމަ ގެއަށް ވަން 8 ޒުވާނުންނަކީ ކޮން ބައެއް ކަން ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނާ ސުވާލު ކޮށްފައިވާ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ. އެއީ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމެއްގައި ހުރި އެއްވެސް މީހަކު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މީހުންނާ ސުވާލު ކޮށްފައިވާއިރު، މިހާތަނަށް އޭގެ ތެރެއިން ދެ މީހަކު އަދި ފުލުހުންގެ "އަތުޖެހިފައި ނުވާ" ކަމަށް ވެސް ބުންޏެވެ. ނަމަވެސް، އެ މީހުންގެ މައްޗަށް ފުލުހުން މިހާތަނަށް ތުހުމަތެއް ނުކުރެ އެވެ. ސުވާލުކުރަނީ ތަހުގީގުގެ ބޭނުމަށެވެ. އަނިޔާވި އަންހެންކުއްޖާއާ އެކު ދެވަނަ ގެއަށް ވަން އަނެއް ދެ ފިރިހެނުންނާ ވެސް ސުވާލު ކޮށްފައިވާއިރު، އެ މީހުންގެ ސާމްޕަލް ނަގާފައެއް ނުވެ އެވެ. ފުލުހުން ބުނި ގޮތުގައި ސާމްޕަލް ނެގުމަށް އެ މީހުން ރުހުމެއް ނުދެ އެވެ. މަސްތުގައި ހާލަތުގައި ނެތްއިރު، ސާމްޕަލް ނެގޭނީ ރުހުމާ އެކު ކަން ފުލުހުން ފާހަގަކުރި އެވެ.
މައްސަލައިގެ ތަހުގީގަށް ފުލުހުން ބަލައިފާސްކޮށްފައި ވަނީ ވެސް ފެންޓޯނިއާގެ އާއި ފިރިހެން ކުއްޖާ ދިރިއުޅޭ ގެ އެވެ. އެ 8 މީހުން އެންމެ ފުރަތަމަ ވަން ގެ އާއި އޭގެ ފަހުން ހަތަރު މީހުންގެ ފުލުހުން ފާސްކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ސާމިހު ވިދާޅުވީ، މިހާތަނަށް ތަހުގީގުގެ ބޭނުމަށް އެކަމުގެ ޒަރޫރަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ދެ ގޭގެ މައުލޫމާތެއް ވެސް ފުލުހުން ހިއްސާއެއް ނުކުރި އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، އަނިޔާވި އަންހެން ކުއްޖާއާ އެކު އެ ގެއަށް ވަން ފިރިހެން ކުއްޖާ ފުރުން ވަނީ މަނާކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އަނިޔާވި އަންހެން ކުއްޖާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުއްބަ
24 April 2025
ޕޮލިސް ބޭބެ އެތާ ހުރިބާ ފުންމާލި އިރު ބަލަން؟
ސީން އޮޅާލައިފި
23 April 2025
ޒަކިއްޔާގެ މަރު ތަހުގީގު ނުކޮއް ފޮރެންސިކު ފޮޓޯ ނުނަގާ ސީން ރޫޅާލީ. މިއަދު ތިމަންޖެ ވައްޓާލާފަ×އޮތް ފުރާޅު ގެ ސީން ރޫޅާލާ ފުރާޅުވެސް ހަދާއިފި. ކުރު ކޯހެއް ހަދައިންވެސް ތަހުގީގު ކުރަން ދަސްކޮއްބަޔާ. ބޮޑު ވަރޭ ކަލޭނޭ!!!
ހޯރަބޭ
23 April 2025
ކުޑކުދިން ދަށްކާ ޒާތުގެ ވާހަކަ ދެށްކީމަ ރަށްއިތުން ސުވާލުއުފަށްދާނެ
ވާނުވާ،،،
23 April 2025
ގުރެވިޓީ ފޯސް މި ކޮން އެއްޗެއްކަން އޮޅިއްޖެ. މި ފެންވަރުގަ ތަހުގީގުތައް ދާއިރުވެސް މީޑިއާތަށް މި އޮންނަނީ ނިދާފަތަ. އިންސާނެއްގެ ހަށިގަނޑުގެ ބަރުދަނަކީ ޕުލާސްޓިކް ކޮތަޅެއްގެ ބަރުދަންތަ އަޅެފަހެ.
ފަރުޒާ
23 April 2025
ޖެންޑާ މިނިސްޓުރީ އެޗްއާރުސީއެމް ނިދާ ހަރުކައިހަ
ނެޕޮ ކިޑުސް
23 April 2025
އެޗްއާރުސީގެ މެންބަރުންނަކީ ވެސް ނެޕޮ ބޭބީސް. އެމީހުން ދެވަނަ ދައުރެއް ލިބޭތޯ އަނގަ މަޅައިން ތިބީ
ހަރުގެ
23 April 2025
"ވިކްޓިމް"ގެ ވަނަވަރު ހާމަކުރިއިރު، ދެންތިބި މީހުން ސިއްރު ކުރަނީ ކީއްވެ؟؟
ހުޒަމް
23 April 2025
ޒަކިއްޔާގެ މަރު، ބެލްކަނީން ވެއްޓުނު ކުއްޖާ، މިހާރު ފުރާޅަށް ވެއްޓިފައި އޮތް ކުއްޖާ. ފުލުހުންނަށް ކުރެވޭ އިތުބާރެއް ނެތް. މިނިވަން ތަޙްގީގެއް ހިނގާކަމަށް ގަބޫލް ނުކުރެވޭ. ބޮޑަތި ޖިނާއީ ކުށްތަށްކުރާ ނުފޫޒު ގަދަ ފަރާތްތަކަށް ޙިމާޔަތް ލިބޭ. އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމެއް ނެތް. ދެން ކޮބައިތޯ ރައްޔިތަކު އިންސާފު ހޯދަން ހިނގާނެ މަގަކީ؟. ދެން ކާކު ކާރިތޯ ރައްޔިތުން އާދޭސްކުރަންވީ؟ މިއީ މިހާރު ގާނޫނުގެ ޙުކުމް ނުހިނގާ lawless ތަނަކަށްވީ ބާ؟
ހޯޕް ފޯ ވުމެން
23 April 2025
ކޮބާތަ އަންހެނުންގެ ޙައްޤުތަކުގައި ވަކާލާތުކުރާ ޖަމިއްޔާތައް ؟
ސުމެއް
23 April 2025
ވީހާވެސް ދަށް ނަތީޖާ ހޯދާ ހުރިހާ އެންމެން ފުލުހައް ވައްދާ އަދިވެސް. ޗީޑި
ޔޫސެޓު
23 April 2025
ނުކިޔަވާ ކަން ފަސޭހަކޮށް ބޮޑު މުސާރައިގައި މުޅި އައުލާދަށް ޕުރައިވެޓް ފުރީ މެޑިކަލް ދެވޭ އެންމެ ފަސޭހަ ރޫޓް. ގެޓް އެން އޯލެވެލް ޔޫ ސެޓް ޑޫޑް
ހުޒާމު
23 April 2025
- އައިޖީއެމްއެޗް އިން ޓެސްޓުގެ ނަތީޖާތައް އާއިލާއަށް ހިއްސާކުރަން ދެކޮޅު ހަދާފައިވޭ - ރައުދު މަސްތުވާތަކެއްޗަށް ޕޮސިޓިވް ވުމުންވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރޭ- ހ. ފެންޓެނޯއީ އަށް ވަނުމަށް ގޭގެ ވެރިން އަދި ދިރިއުޅޭ މީހުން ހުރަސް އަޅާފައިވޭ- ޔުމްނު ފިޔަވާ އެހެން އެއްވެސް މީހެއްގެ ވަނަވަރު ހާމަކުރަން ފުލުހުން ދެކޮޅު