މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫން ބޮޑު ނެޓްވޯކެއް އިއްޔެ އަތުލައިގެންފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ އެ ރަށުގެ 10 ގެއެއް ބަލައި ފާސްކޮށް ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ؛

- މުހައްމަދު އުލްވާން ރަޝީދު، 21 (ލިލީމީޑް، ރަސްދޫ)

- އަހުމަދު އަރީފު، 37 (ގުލްދަސްތާގެ، ރަސްދޫ) 

- އިބްރާހިމް ދިނާން، 30 (ހަވާމަންޒިލް، ރަސްދޫ)

- އަހުމަދު އިކުލީލް، 37 (ފެހިވިނަ، ރަސްދޫ)

- އަހުމަދު މުހައްމަދު، 44 (ކާނޭޝަންމާގެ، ރަސްދޫ)

- އަލީ ވަސީމް، 44 (ކާނޭޝަންމާގެ، ރަސްދޫ)

- ލީނާ މޫސާ، 23 (ވިދުވަރު، ހދ. ކުމުންދޫ)

- ރިމާޒު މުހައްމަދު، 29 (ހިކިފިނިފެންމާގެ، އއ. ތޮއްޑޫ)

- މެހެދީ ހަސަން، 27 (ބަންގްލަދޭޝް)

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދިނާން، ރިމާޒު، އަލީ ވަސީމް އަދި މެހެދީގެ ބަންދަށް 10 ދުވަސް ބަންދުކުރަން އަމުރުކުރި އެވެ. އިކްލީލަށް ހަތް ދުވަސް އަދި އުލްވާން، އަރީފް އަދި އަހުމަދު މުހައްމަދު ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ.

ލީނާގެ ބަންދަށް ދީފައިވަނީ ތިން ދުވަހެވެ.  

ފުލުހުން ބުނީ އެ ގެތައް ބަލައި ފާސްކުރިއިރު ބަނގުރާ އުފައްދަން ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.