26 އެޕްރީލް 2025 - 15:47
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު، އެ ރޭ އުޅުނު މީހުންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފައްޓައިފި އެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ، ޖުމުލަ ނުވަ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގ. ރަނައުރާގެއާގެ، ޔުމްނު، 21 އާ އެކު، މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅުނު ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް ވެސް އާއްމުކޮށްފައިވެ އެވެ. އެ މީހުންނަކީ؛
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
އެ އެންމެންގެ ވެސް ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިން ގާތު ވިދާޅުވި އެވެ.
މައްސަލަ ފެންމަތިވީ ހ. ފެންޓޯނިއާގޭގެ ގޭގެ ނުވަ ފްލޯ އިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުމުންނެވެ. އެއްބަޔަކު ތުހުމަތުކުރަމުން ދިޔައީ ޔުމްނު ވައްޓާލީ ކަމަށެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އޭނާ ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާތަނަށް ޔުމްނު އާދި ރައުދު ވަނީ ޑްރަގްސް އަށް ޓެސްޓުކޮށްފަ އެވެ. އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
މާންދޫގޭދެކުނު ގެއިން ނުކުމެގެން އެ މީހުން ދެން ވަނީ ކަށިވެލި ގެއަށެވެ. އޭގެ ތެރެއިން، ޔުމްނު ވެއްޓުނު ފެންޓޯނިއާގެ އަށް ވަންނަނީ ރައުދުއާ ދެ މީހުންނެވެ. މި މައްސަލައާ ގުޅިގެން ރައުދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދު އާއި ޔުމްނުއާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ.
ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ކޯޓަކު ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުމާން
27 April 2025
މީގެ ތެރެއިން ބައެއް މީހުން ފުރައިފި ވާހަކަ އެބަ ދެކެވޭ. މީގެ ހަގީގަތެއް ނޫސްވެރިޔާ ހޯދާލަބަލަ.
ރަށުމީހުން
27 April 2025
އާއިލާގަ ބޮޑުބޭބެއިންނާ ޅިޔަން ޝެއިޚުންތައް ތިއްބަވަނިކޮށް މިސަރުކާރުގެ ދީންވެރި ސްޓޭޓް މިނިސްޓަރެއްގެ ކޮއްކޮ ފެނި ވަރަށް ދެރަވެ ޤަބޫލް ކުރަންވެސް ދަތިވޭ، ޚިޔާލެއް ފިކުރެއް ނެތި އުޅޭ މާލޭގެ ބޭފުޅުންނާއެކުވެ މަގުގެއްލުނީތީ، ތެދުމަގު ދެއްކެވުން އެދި ދުއާ ކުރަން. މީހުން އަނެކުނާ ދިމައަށް ބުނާބަސް ކޮންމެސް ދުވަހަކުން އަރާ ހަމަކުރާނެކަމަށް ބުނެއުޅޭ
ކިންގްވޭ
27 April 2025
ތި މީހުންގެ ނަންތައް ބުނެލަދީ.
ދޫލަ
26 April 2025
ތިކަންވެސް އަދި މާއަވަސް ނޫންތޯ؟ ދީނުގައި ހަރާމް ބޮޑެތި ޖަރީމާތަކަކާއި، މީހެއްގެ މަރުގެހާލަތު އޮތް މައްސަލައެއްގައި ހަފުތާއެއް ވާއިރު ފިޔަވަޅު ނޭޅުމާއި ތެދު މަޢުލޫމާތު ނުދިނުމަކީ ވަރަށް ދެރަކަމެއް ނޫންތޯ؟
ހާފިޒް ރަސާދު
26 April 2025
ފުލުހުން ލަދެއް ނުގަނޭތަ. ފޯން ހިފަހައްޓަނީ ފޯން ފޯމެޓްކޮއްލާ އޭން އެއްވެސް އެއްޗެއް ނުފެންނަވަރު ކުރީމަތަ.
ވެންޕޭ
26 April 2025
ޔޫރިން ނަގަނީ އަންނަ ހަފްތާގަ؟ އެވާހަކަ ޓީވީންނާ ރޭޑިއޯލުން އިއުލާނުކޮއްފަ. ގުޑު ޖޮބް ބޯއިސް އެންޑް ގާލްސް.
ކޮރަލް
26 April 2025
ތައުލީމީ މިހާ ޒުވާން ކުދީން މަސްތުވާތަކެތީގެ ވަބާ ގަ އުޅޭ އިރު މައިންބަފައިން ހަމަ ބަލާ ނުލަނީ ހެއްޔެވެ؟ ނޫނީ އެނގޭ އިރު އެކުދީންނާ ދެކޮޅަށް ފިޔަވަޅެއް އަޅަން ނުކެރެނީ ހެއްޔެ؟ ތަންފީޒް ކުރަން ހުންނަ ބައެއް މީހުންގެ ހިމާޔަތުގަ އެމީހުންނަށް ފައިދާ ވާ ގޮތަށް ހަށި ވިއްކާ ތަންތަނާ ، ޑްރަގް ބޮއި ހަދާ ތަންތަން އެބަ ހުއްޓެވެ.
އަހަންމާ.
27 April 2025
މިކަމުގެ ޒިންމާ ރައީސް މުޢީޒުގެ ބޮލަށް އެކަނި ކަޑައިލައިގެން ތިބެވޭ ވަރަށް ޒުވާނުންގެ އަޚްލާގު މިވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. އެހެނީ ޤިޔާމަތް ދުވަހުން މައިން ބަފައިނާއި މާތްﷲ ސުވާލު ކުރެއްވާނެތީއެވެ.
ޟަޟީ
26 April 2025
އަދި ކިރިޔާ ދޯ؟ ޑްރަގް ޓެސްޓެއްވެސް ދެން ހަދަން ވީނުންތޯ؟
އޮނަރަބްލް އަފީފު ދީދީ
26 April 2025
މިތަނުގައި ކޮމަންޓްކުރި ބައެއްފަރާތްތަކުން އެބަބުނޭ "ރަލާއި ޑްރަޤް ބޮއިގެން މަސްތުވެގެންތިބެ ޒިނޭކުރި ބައެއްގެ ދިފާޢުގައި" މިތަނުގައި ކޮމަންޓްކުރާ ވާހަކަ! އެމީހުނަށް ދަންނަވާލަން ބޭނުންވަނީ މިއިން އެއްވެސްކަމަކަށް ތާއީދުނުކުރާ ވާހަކައާއި، އަހަރުމެން ކޮމަންޓް މިކުރަނީ މަސްތުޕާޓީ ބޭއްވި މީހުންގެތެރެއިން 2 މީހެއްގެމައްސަލަ ބަލާއިރު "ބާކީ ދެންތިބި ޕާޓޭންގެ މައްސަލަ ތަޙްޤީގު ކުރުމެއްވެސްނެތި" އެ ޕާޓޭންތައް މިނިވަން ކަމާއިއެކު ދޫކޮށްލާފައިވާތީ އިގޭތޯ.!
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
26 April 2025
އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް އިޙްސާނު އަށް ކުރަން އެނގުނީ އެންމެ ފަހުން!
އަޒްރާ
26 April 2025
އެންމެ furathama ކުރަންޖެހޭ ކަމަކީ މިގައުމުގަހުރި ލާދީނީ ކަންތަށްތަށް ނައްތައިލުން
ފުރޭތަ1
26 April 2025
ދެން ޖަސްޓިސް ފޯ ޔުމްނުގަ ހިމެނޭތޯ މަސްތުވެގެން ޖިންސީ ގުޅުން ހިންގާ މުޖުތަމައުގެ ހައްދުތަކުން ބޭރުގަ އުޅުން. މީވެސް ޖަސްޓިސްގެ ބަޔަކަށް ވާނެ ކަމަށް އުއްމީދު ކުރަން. އަނިޔާއެއް މީހަކު ދިނިއްޔާ އެޔަށްވެސް އަދަބު ދެވެންވާނެ