ސީޕީ ޝުޖާއު މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
26 އެޕްރީލް 2025 - 18:33
ސީޕީގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވި ސީދާ ވަކި ސަބަބެއް ވިދާޅެއް ނުވޭ. އަދި ފުލުހުންގެ އިދާރާ ހިންގުމާ މި ވަގުތު ހަވާލު ކުރެއްވި ބޭފުޅެއް ސަރުކާރުން އަދި އިއުލާން ނުކުރޭ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޝުޖާއު ހުށަހެޅުއްވުމުން އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވައިފި ކަމަށް. އިތުރު ތަފުސީލެއް ތަރުޖަމާން އަދި ނުދެއްވާ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ޝުޖާއުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ޝުޖާއު ސީޕީގެ މަގާމުން އިސްތިއުފާ ދެއްވަން މި ނިންމެވީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް ފެންމަތިކޮށް، އޭނާގެ އިސްތިއުފާ އަށް ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެސިސްޓެންޓު ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރުކަން ދެއްވީ ޑިސެމްބަރު 25، 2023 ގަ އެވެ.
އުމުރުން މިހާރު 52 އަހަރުގެ ޝުޖާއު މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު، ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ މާލެ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ އެވެ.
ޝުޖާއު ވަނީ ޕޮލިސް އެކަޑެމީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ކުރިން ފުރުއްވައިފަ އެވެ. އަދި ކުޑަކުދިން ގޭންގުތަކުގައި ބައިވެރިވާތީ އެކަން ހުއްޓުވުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ވެސް ހިންގެވި އެވެ.
ޑެޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ފުލުހުންގެ އިދާރާގައި މިހާރު ތިއްބެވީ އިސްމާއިލް ނަވީން އަދި ފަރުހާދު ފިކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން މީނަ އިހުލާސްތެރި ވާނީ ކިހިނެތް
27 April 2025
ފުލުހުންގެ ވަޒީފާއާ ޝުޖާއު ގުޅުނީ 2006 ގައި، ޚިދުމަތުގައި 20 އަހަރުވެސް ނުވާއިރު މިޚިދުމަތުގައި އިހުލާސްތެރިކަމާއެކު މަސައްކަތުގައި 30 އަހަރަށްވުރެ ގިނަދުވަސް ވީމީހުންނަށް ނުލިބޭ ކުލަ ޝުޖާއުގެ މޭމަތީގައި ޖަހާފައި އެބަހުރި. އަދި ސުނާމީ ކުލަ އަކީ 2004 ވަނަ އަހަރުގެ ސުނާމީ އާއި ގުޅިގެން ފުލުހުންގެ ތެރޭގައި ހާއްޞަ މަސައްކަތްތަކެއް ކުރި ވަކި ބަޔަކަށް ދިން ކުލައެއް ނަމަވެސް އޭރު ފުލުސް އޮފީހުގެ ވަޒީފާގަވެސް ނެތް ޝުޖާޢު އަށް އެކުލަވެސް ލިބިފަ އެބައިން
މައުލޫމާތު
27 April 2025
ސުޖާއު އިސްތިއުފާ ދޭން ނިންމީ ސުޖާއު އާހަމަ އައް އަންނަންޖެހޭ މައުލޫމާތު ސުޖާއުއާއި ހަމައައް އަންޖެހޭ ގޮތައް ނާންނާތީއެވެ. ށުޖާއު އައް ވެސް މައުލޫމާތު މި އަންނަނީ ފުލުހުންގެ އެންމެ އާދައިގެ މީހުންނައް ވެސް ލިބޭ އުސޫލުންނެވެ. ޥަކި ބަޔަކު ބޭނުން ވާވަރަކައް އޭނާއައް މައުލޫމާތު ލިބުނީމަ ނިމުނީ މިއުސޫލުންނެވެ.
ާއިހްސާސް
27 April 2025
ނަވީނު ބޭނުންވިގޮތް ތިޔަވީ.
ދެންލަލަލާ
26 April 2025
ފުލުހުންގެ ތެރޭގަ ގޯސް އަޑެއް ނާރާ ހުރި ދޮޅު މީހުންގެ ތެރެއިން އެކަކު އެދިޔައީ. ޖެންޒީ މިފަހަރު މިޖެހީ ބައިކޮޅަށް ގޯލެއް. އެމްޑީޕީ އެއްވުމުގެ ތެރެއަށް ވަދެ ފޯކަސް ގެއްލުވާލީ. ސިޔާސީ މީހުން ބޭނުމެއް ނުވާނެ އަސްލު މިތަން ރަނގަޅު ކުރާކަށް. އެކި ކަަހަލަ ގޭމުތައް ޖެއްސޭނީ ކުނި މީހުންތައް ގޮވައިގެން. ކަމެއް ވެގެން އިބޫ ދަމުން މުސާރަ ބޮޑުކޮށް ދެ ބުރަށް ޕްރޮމޯޝަން ދީފަ އެދިޔައީ ކުދިންނޭ.
ވަންދު
27 April 2025
ބަލަގަ އޯޑަރު އަންނަނީ ޝުޖާ އަށް ތުރެ މަތިންނޭ. ދެނޯ؟
ފެރީނިޒާމް
26 April 2025
ތިތަނެއް ނުވާނެ ރަނގަޅެއް. ބަގާވާތް ކުރި މީހުނަށް ޔާމީނުވެސް ދިނީ ކުރިއެރުން. އިބޫވެސް އެމީހުން ޖެއްސީ މައްޗަށް. އަނެއްކާ މިހާޜު އެތިބީ ސްޓޭޓު މިނިސްޓަރުންނަށްވެސް. ދެން ކިހިނެއް މި ގައުމު ރަނގަޅުވާނީ؟ މުޅި ގައުމުގަ ފުޅަ އަޅާފަ.
ާދުރުމި
26 April 2025
ކޮން ބަގާވާތެކޭ ތިކިޔަނީ އޭނަ ވެރިކަމުގައި ހުރެގެން މުޅި ގައުމު ވިއްކާލާފައި ކޮރަޕްޝަން އާންމުކޮށް ދީނަށް ފުރައްސާރަކޮށް ކުރާނެ ނުކުރާނެ ކަމެެއް ނޭގި ހިނދުކޮޅުގައި ހުރެ ލައިވް ޓީވީ ގައި ސާގު ދިވެހި ބަހުން އިސްތިއުފާ ދިނީ .ޢޭގެ އަނެއް ދުވަހު ހޭވެރިކަން ވެގެން ކުރެވުނީ ކީއްކަން ރޭކާލީމަ ބަގާވާތެކޭ ކިޔާފަ މުޅި ގައުމު އަންދާލީ
ކައުންސެލަރު....
26 April 2025
މަބުނީ...... ކޮބާ ސުޖާއު އިސްތިއުފާ ދިނީ ޔުމްނުއަށް އިންސާފުލިބުނީ ދޮގެއް؟ ކަޑަތަ؟
ރަދީފްއޮފިޝަލް / ރައީސް ޔާމީން ޒިންދާބާދް
26 April 2025
ކަލޭ ފިތުނަ އުފައްދަން މަހަށް ދޭބަލަ.
ކޫލް ޑައުން
27 April 2025
ކައެމެން ހާދަ ނުފަރިތައޭ ދޯ. ބޭރު ތަންތާ ތުހުމަތެެއް ވިޔަސް އިސްތިއުފާ ދޭނެ. އެއީ އެވަރު ކަމެއް ނޫން
އެމްސް
26 April 2025
ފުލުހުއެއް އިސްތިޢުފާ ދީފިއްޔާ ދެން އެމީހަކު ލަނީ އެމްބަސަޑަރަކަށް ނުވަތަ ސަރުކާރު ކުންފުންޏެއް ހިންގަންށެވެ!
888888
26 April 2025
މަ ދެން ނުދާނަން އެއްވުމަކަށް. ބެނުންވާ ގޮތަށް އިސްތިއުފާ ދީފި
ާތީ ބޭކާރު ބޮލެއް
27 April 2025
ކަލޭ ކުރިން ވެސް ނުދޭ ކަލޭ އަންނާނެ ވެސް ކަމެއް ނެތް ލޮލް
ވަހީދހގެ
26 April 2025
އޮފީސްތައް ހިންގަން އަދިވެސް ތިބީ ކުރީގެ މީހުން
0099765
26 April 2025
ސަރުކާރުން ބޭސްފަރުވާ ވެސް ހީލޭ ދިނީ. ޢަދި އިސްތިއުފާވެސް ދިނީ. ދެން އެއްވުމުގެ އެއްވެސް ބޭނުމެށްނެތް.
އަޑޭ އަޑް
27 April 2025
ނަން އޮފް ޔޯ ބިޒްނަސް. ބައި