28 އެޕްރީލް 2025 - 14:27
ލ. އިސްދޫގެ އެއް އާއިލާއަކުން ކައިރި ކައިރީގައި ތިން މީހުން ނިޔާވެއްޖެ އެވެ.
ކެންސަރު ބަލީގައި އުޅުމަށްފަހު އެ އާއިލާއިން އެންމެ ފުރަތަމަ ނިޔާވީ، ކުދިންގެ މަންމަ، ހައްވާ ޒާހިރާ އެވެ. އެތައް ދުވަހަކު ބަލިވެ އުޅުމަށް ފަހު އޭނާ ނިޔާވީ އުމުރުން 66 އަހަރުގައި، މިދިޔަ ޖެނުއަރީ 14 ގަ އެވެ.
އޭގެ ހަފުތާއެއް ފަހުން، ޖެނުއަރީ 21 ގައި ޒާހިރާގެ ދޮށީ ދަރިފުޅު އާމިނަތު ޝިބާނާ ނިޔާވި އެވެ. އޭނާ ނިޔާވި އިރު އުމުރަކީ 42 އަހަރެވެ. ތިން ކުދިންގެ މަންމައެއް ކަމަށް ޝިބާނާ ވެސް ނިޔާވީ ބަލިވެ އުޅުމަށް ފަހުގަ އެވެ.
އޭގެ ދެ ތިން މަސް ދުވަސް ފަހުން، އެ އާއިލާގެ އެންމެ ހަގު މެންބަރު އިބްރާހިމް ހަސީބު ނިޔާވެފައި އޮއްވައި ފެނުނީ މި މަހުގެ 12 ވަނަ ދުވަހު މާފަންނު ގެސްޓު ހައުސްއެއްގެ ކޮޓަރިންނެވެ. އުމުރުން 28 އަހަރުގައި ނިޔާވި ހަސީބުގެ މަރާ ގުޅިގެން ސުވާލުތަކެއް ހުރުމުން ފުލުހުން ވަނީ އެކަން ތަހުގީގުކުރުމަށް ހަށިގަނޑުގެ އޮޓޮޕްސީ ހަދައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އދ. ދަނގެތި، ހަވީރީ މަންޒިލް، ހަސީބުގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ވަނީ އޭނާ ވަޅުލައިފަ އެވެ.
އިސްދޫ ކައުންސިލުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ޒާހިރާގެ އާއިލާ ފުރަތަމަ އުޅުނީ އެ ރަށުގައި ކަމަށް ވިޔަސް ފަހުން ދަނގެތިން ގޯތި ލިބިގެން އާއިލާ އެއްކޮށް އެ ރަށަށް ބަދަލުވި ކަމަށެވެ. އެހެންވެ އެ އާއިލާގެ ބައެއް މީހުންގެ ރަޖިސްޓްރީ ދަނގެތީގައި އަދި އަނެއް ބަޔަކު އިސްދޫގައި އޮވެ އެވެ. ނަމަވެސް، ދަނގެތީގައި ދިރިއުޅުމަށް ފަހު އާއިލާ މާލެ ބަދަލުވިތާ ވެސް އަހަރުތަކެއް ވެއްޖެ ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮރެންޒާ
29 April 2025
އާއިލާއަށް ސުވަރޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ފާފަ ފުއްސަވާންދޭވެ. އާމީން. އެކުވެރިޔާ ހަސީބު އަކީ ހީވާގި މުރާލި މަސައްކަތްކުރަން ކެރޭ މަސައްކަތް ދަންނަ އެކުވެރިއެއް. ވަރަށް އެކުވެރި ހިތްހެޔޮ ރަނގަޅު ރަހުމަތްތެރިއެއް. ވަރަށް ވެސް ދެރަ. ހަސީބު އަށް ވަރަށް އަނިޔާކޮށްފަ އޮތް ވާހަކަ އަޑުއެހިން...އެހެން ހެދި މީހުންނަށް ހައްގު އަދަބު ލިބޭނެ.
ކޮތަރޭ
29 April 2025
3 މައިންނަށްވެސް ﷲ ފާފަ ފުއްސަވާ ޖަންނަތުލް ފިރްދައުސް މިންވަރުކުރައްވާށި، އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި
ސަފިއްޔާ
28 April 2025
ނަސީބު އެއީ ދަނގެތި ކުއްޖެއް ނޫންތަ؟ ކަށުނަމާދު އެމްވީ ގަ އިނީ އެހެން.
އެދުރުބޭބެ
29 April 2025
ޚަބަރު ކިޔާލީމަ ވާނުވާ އެނގޭނެ.
ވަފާތެރި އެކުވެރިޔާ
28 April 2025
އާއިލާއަށް ސުވަރޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ފާފަ ފުއްސަވާންދޭވެ. އާމީން. އެކުވެރިޔާ ހަސީބު އަކީ ހީވާގި މުރާލި މަސައްކަތްކުރަން ކެރޭ މަސައްކަތް ދަންނަ އެކުވެރިއެއް. 12 އަހަރު އެއަރޕޯޓުގައި މަސައްކަތްކުރި ހީވާގި ޒުވާނެއް. ވަކިވެދިޔައީ އެހާމެ އަވަހަށް، އިރާދަކުރެއްވިއްޔާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބޭނެ. ސުވަރުގޭގެ އެކުވެރިއެއްކަމުގައި ލެއްވުމަށް ދުޢާކުރަން
އެމްސް
28 April 2025
އޮޓޮޕްސީ ހަދައިގެން ވީނުވީއެއް ދުވަހަކުވެސް ބަލާބާއެވެ؟
ސަސަން
28 April 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. އާއިލާ އަށް ކެތްތެރިކަން ދެއްވާށި.
ވެކްސިންގ
28 April 2025
ޥެކްސިން
ދޮންދީދީދީ
28 April 2025
ހަސީބު އެއީ ޒެންޒީގެ އަންހެނަކަށް ނުވާތީއާއި. ވެސްޓުނީ މަތީ ފުލޯއަކުން ކަމަށް ނުވާތީ. މިކަމެއް މުޙިއްމެއް ނުވި. މުޒާހަރާކޮށް ޕޮލިސް ކޮމިޝަނަރު އިސްތިއުފާދޭ ހިސާބަށް ދަނީ ވަކި ބައެއްގެ ކަންކަމުގައި. އެކަމަކު ކޮންމެ ރެޔަކު އިންސާފޭ ކިޔާފަ މިމަގަށް ނުކުންނަ މީހުން ލަދެއް ނުގަނޭދޯ. މިއީ ކޮން ކަހަލަ އިންސާފެއް؟ އިންސާފުލިބެންޖެހެނީ ވަކިބަޔަކަށް. ވަރަށް ހެއްވާ ބައެއްތީ.
ޖެންޒީ
28 April 2025
ފުލުހުން ފޮލޯކުރާ ޕްރޮޓޮކޯލް އަދި އިނީޝިއަލް ބްރީފިން އެއްބައިކޭސްތަކުގަ މުޅިން ބަދަލުވެފަ އޮޅުވާލީމަ މައްސަލައަކީ
ބަންޑެލި
28 April 2025
އާދައިގެ ރާއްޖެތެރޭ މީހެއްވީމަ
އައިސަން
28 April 2025
ހަސީބުގެ މަރާގުޅިގެން ފައުލް ޕްލޭގެ ޝައްކެއްވާނަމަ އާއިލާއިން އެވާހަކަ ދެއްކީސް، އަދި އަމުދުން ދައްތައާއި މަންމަ ނިޔާފުމަށްފަހު... ވަރަށް ދެރަ ވާހަކައެއް ތިދެއްކީ
ގޮއްޔެ
28 April 2025
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. 3 މައިންނަށް ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. އާމީން
ާަަައަޖައިބު
28 April 2025
ހަސީބަކީ ޕާޓީ ކުރި މީހެއްނޫން، އެހެންވީމަ އިންސާފު ހޯދާ ދެވޭކައް ނެއް