ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގެ ރިސެޕްޝަން.-- ފޮޓޯ: ނަސަންދުރާ
28 އެޕްރީލް 2025 - 11:01
މާލޭގައި ހިންގާ ފަސްތަރީގެ ފުރަތަމަ ހޮޓާ "ބާސެލޯ ނަސަންދުރާ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިއީ މާލެ ސަރަހައްދުގައި ހުޅުވި މި ފެންވަރު ފުރަތަމަ އަދި އެންމެ ބޮޑު ހޮޓަލެވެ.
ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގެ ރެސްޓޯރެންޓެއް.-- ފޮޓޯ: ނަސަންދުރާ
ކުރީގެ ނަސަންދުރަ ޕެލެސް ހުރި ބިމުގައި "ބާސެލޯ ނަސަންދުރާ" ގެ ނަމުގައި ހެދި ފައިވް ސްޓާ ފެންވަރުގެ ހޮޓެލް ރަސްމީކޮށް މިއަދު ހުޅުވާފައިވާ ކަމަށް އެ ތަނުގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި އެ ބޮޑު ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ހުރެ އެވެ. އެ އެޕާޓްމަންޓްތައް ދުވަހަށް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.
ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގެ ކޮޓަރިއެއް.-- ފޮޓޯ: ނަސަންދުރާ
އެ ހޮޓަލުގައި ހަތަރު ރެސްޓޯރަންޓާއި ޖިމަކާއި ސްޕާއަކާއި 1،034 އަކަފޫޓުގެ ބޮޑު ކޮންފަރެންސް ސެންޓަރެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް ހުރެ އެވެ.
"ބާސެލޯ ނަސަންދުރާ" ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ޔޫއޭއީ އާއި ތައިލެންޑާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް ހޮޓަލުގެ ވިޔަފާރި ހިންގާ ބާސެލޯ ގްރޫޕުން ރާއްޖޭގައި ހިންގާ މިއީ ދެވަނަ ތަނެވެ. އެ ގްރޫޕުން ހިންގާ ރިސޯޓެއް އދ. އަތޮޅުގައި އޮވެ އެވެ. އެއީ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އެވެ.
ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގެ ސުވިމިން ޕޫލް.-- ފޮޓޯ: ނަސަންދުރާ
މި ހޮޓެލް ހަދަން ރާއްޖެ އާއި ސްރީ ލަންކާގެ ކުންފުންޏެއްގެ ހިއްސާ އޮންނަ އެންޕީއެޗަށް އެ ބިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު 22
29 April 2025
އަގޯޑާގަ މިހާރު ލިސްޓްކޮށްފި، ވަރަށް ރީތި ފޮޓޯތައް އެބަހުރި، އެންމެ އަގުހެޔޮކޮށް ރޫމެއް ހުރީ 348 ޑޮލަރަށް، އެވެސް ޓެކުހާ ނުލާ، ނިންމަން 10 އަހަރު ދުވަަސް ނެގި ތިހޮޓަލުން ދިވެހިންނަށް ފައިދާކުރާނެ ކަމަށް އުއްމީދު ކުރަން
ކުމާރާ
28 April 2025
މިއާޓިކަލްގަ ހުރި ފޮޓޯތަކުން އެންމެ ތަރިއެއްވެސް ނުފެނޭ. ދެން ކިހިނެތް ފަސްތަރި މިވަނީ.
އެޑްމުންޑޯ
29 April 2025
ފަސްތަރި ިޔަނީ ލޮލަށް ފެންނަ ތަރިތަކަކަށްނޫން ، އެއީ އެތަނެއްގެ ދެވޭ ޚިދްމަތްތަށް ކަނޑައެޅިފައިވާ މިންގަޑުތަކަށް ކިޔާނަމެއް ،
މްޒީ1
28 April 2025
ހަމަޤައިމް ހެޔޮނިޔަތުގައި ކޮށްފީއްޔާ ދިވެހިންނަށް މަންފާވާނެ އެތަނުން ވިއްކާ ކޮންމެ ޚިދުމަތަކުން ޓެކްސް ނަގާނެ ރޫމްރެންޓުން ބަޔެއް ބެންކަށް މާރުކުރާނެ އަދި ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ މީރާ ޔަށް ޖަމާވާނެ ވީމާ ތިޔައީ ހަމަ އުފާކުރަން ހައްގު ކަމެއް ދެރައީ އާދައިގެ މީހަކަށް މިފަދަތަނަކުން ހިދުމަތެއް ލިބުން ވަރަށް އުނދަގޫ ވާނެކަން އެފަދަމީހެއްގެ އަތަކު އެހާފައިސާއެއް ނުހުންނާނެ ވީމާ މިހެން މިބުނީ
އާދަނު33
28 April 2025
މިފަދަ ރީތި ހޮޓާތަށް މާލޭގައިއާއި ހުޅުމާލޭގައި ގިނައިން ހުޅުވަންވީއެވެ.
ޏާއްކޮ
28 April 2025
10 ތަރިކަން އެނގޭ.. މިތާ ދިރިއުޅޭ ރައްޔިތުންނަށް މިމަގު މިހާރު އިންސިނަރޭޓަރަކަށް ވެއްޖެ ހޫނުކަމުން ގޮސް. މިތަން ހެދި އިރުވެސް ގޭގޭގެ ބިންގާ ގުޑާވަރަށް ކޮނެ ތަންގަނޑު ހަލުވާލި... މީގެން ރައްޔިތަކަށް ކޮން ފައިދާއެއްތަ ވަނީ؟ މުޅި ގައުމުވެސް ޓޫރިސްޓުންނަށް ދީފަ ދިވެހިން އެރެންވީ ކަނޑަށް. އޭރުން ބޭފުޅުންނާ ރިސޯޓު މަހުޖަނުން ހިތްހަމަ ޖެހޭނީޚ
އަހާލީ
28 April 2025
ކާކު ދިވެހި ޙިއްޞާދާރަކީ؟؟
ޗޗސޗަސޗ
29 April 2025
ތެދެއް. ކާކު؟
ޑޮކްޓާރ. ބަނާނާ
28 April 2025
ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ހުރެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ކޮޓަރި ތަކުގެ އަގަކީ ރެއަކަށް 270 ޑޮލަރުން ފެށިގެން 350 ޑޮލަރު. ސުވާލަކީ ރައްޔިތުންގެ މާސިންގާ ބޮޑު ބިމެއް ބޭރުބަޔަކަށް ވިޔަފާރިކުރުމަށް ސަރުކާރުން ދިންއިރު މިއިންވެސްޓްމަންޓުން ދިވެހިސަރުކާރަށް އަދި ދިވެހި ރައްޔިތުން ނަށް ލިބެނީ ކޯޗެއްތޯ؟ ހަމަ އަހާލީ! ވ ސަލާމް!
ކޮންވެންޝަން
28 April 2025
ކޮންވެންޝަން ހޯލް އެއް އޮންނާނެ ކުޑަކުރި ކުލީގެ ބަދަލުގައި ސަރުކާރަށް ދޭން ޖެހޭ
ކިރުބީނާ
28 April 2025
ފަސް ތަރީގެ މާސިންގާ ހޮޓަލެއް މި އަޅާލަނީ 90 މިލިއަން ޑޮލަރަށް! އެހެރަ ފެންނަ 25 ބުރީ ހޮސްޕިޓަލު އަގުގައި ހަމަ ނެތިއްޔޭދޯ އެއްވެސް މައްސަލަޔެއް...
ބިސްމަނިކު
28 April 2025
ބިމާ މުދަލާ ފައިސާ ހުންނާނެ ހުރިތާކު އެ ހިފާގެނެއް ނުދެވޭނެ ދެން ދާން އޮތް ތާކަށް.
މަނިކުގެބިސް
28 April 2025
ކީކޭތަ ކިޔަންތިއުޅެނީ. އަތުންފައިން މަސައްކަތް ނުކޮށް ގޮސް 24 ގަޑިއިރު އޮންނަނަން ވީނުން ކަލޭ
ކުރީގެނަސަންދުރާގެ
28 April 2025
މަރުޙަބާ، ވ ރީތީ ހޮޓަލެއް. މިފަދަ ތަނެއް މާލޭގައި ހެދިކަމަށްޓަކައި ޝުކުރު ކޮށްބަލަ. ދެން ލަންކާ، ތައިލެންޑަށް ނުގޮސް ޗުއްޓީއެއް ހަދާލެވޭނެ....
ޑެބީ
28 April 2025
ކަންޑުކޮހާ ދިވެހިން ލަންކާ ތައިލެންޑަށް ޗުއްޓީއަށް ދަނީ ރީތި ހޮޓާތަކުގަ ތިބެންތަ؟
އާދިލް
28 April 2025
ރާއްޖޭގެ ބޮޑެތި ބިން ބޭނުން ކޮށްގެން ބޭރުގެ ފަރާތް ތަކަށް ހުރިހާ މަންފާއެއް. މީކީ އިންވެސްޓަރުންނެތް ނޫން. ރާއްޖެ އަށް އައިސް އިންވެސްޓް ކޮށްގެން ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ނަފާ ވާންޖެހޭނެ.
ޔާގޫތު
28 April 2025
ތެދުފުޅެއް.