03 މެއި 2025 - 20:09
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ބޭނުމަކީ ކޮރަޕްޝަނަށް ނައްތައިލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު 10:00 އިން ފެށިގެން ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޒސަރުކާރު ހިންގަވަން ބޭނުންފުޅުވެލައްވަނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަމަށެވެ.
"މޯލްޑިވްސް 2.0" އަކީ އެ ބޭނުމުގައި ލޯންޗު ކުރާ ރާއްޖެ ހިންގުމުގެ ނިޒާމެއް ކަމަށާއި އޭގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
"މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލުން. ކޮންމެ ކަމެއްވެސް އޭގެ ހިއުމަން އިންޓަވެންޝަން ގިނަ ކުރުމުގެ ފުރުސަތު އޮވެއްޖެއްނަމަ ހިއުމަން ނޭޗާގައި މި އޮންނަނީ ކޮންމެވެސް ނުބައެއް ހެދުން. އެހެންވެ އޮޓޮމެޓިކަލީ ޑިޖިޓަލީ ކަންކަން ކުރެވޭ ގޮތަށް، ކުރަން މަޖުބޫރުވާ ގޮތަށް ބަދަލުވުމުން ވަރަށް ބޮޑުތަނުން އެބަ ކޮރަޕްޝަން ދަށްކުރެވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ޑިޖިޓަލް ނިޒާމާ އެކު ކޮރަޕްޝަން ނައްތާލެވި، ހާމަކަން ބޮޑު ގޮތެއްގައި ކުރެވި، އަވަސް ކުރެވޭނެ."
ރައީސް ވިދާޅުވެފައި ވަނީ މިދިޔަ އަހަރު އެ މަނިކުފާނު ރަސްމީ ދަތުރުފުޅެއް ކުރެއްވި އެސްޓޯނިއާއާ އެކީ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކެއްގައި ވެސް ސޮއިކުރެވިފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އެސްޓޯނިއާއިން ފޯރުކޮށްދޭ އެހީގެ ތެރެއިން ރާއްޖެ ވެސް ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ކޮރަޕްޝަނަށް އޮންނަ ފުރުސަތުތައް ކުޑަކުރުން ކަމަށް ވެސް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
05 May 2025
މަނިކުފާނުވެސް ޖޯކު ވިދާޅުވަން ހާދަ މޮޅުފުޅޭެއްތޯ
ޔަގީނޭ ވަނީ
04 May 2025
މި ފަސް އަހަރު ނިމޭނީ ތިއަޅާލި ސުރުހީއާއެކުކަން
ބަޑިތަކުރު
04 May 2025
ހުރިހާ ކަމެއް ޑިޖިޓަލް ކުރިޔަސް ބޮޑެތި އިންތިޚާބުތަކުގެ ވޯޓްލުން ޑިޖިޓަލް ނުކުރެއްވުން އެދެން. އެހެން ވެއްޖެނަމަ މިހާރަކަށް އައިސް ގުރުއަތު ނެގުމަށް ބޭނުންކުރާ ސޮފްޓްވެއަރ ތަކުން މަކަރާއި ހީލަތުން ބޭނުންވާ ވަކި ބަޔަކަށް ފައިދާ ލިބޭހެން ވޯޓްގެ ނަތީޖާވެސް ބާރުއޮތް ބަޔަކު ބޭނުންވާގޮތަށް ނެރުމުގެ ފުރުޞަތު އޮވެދާނެއެވެ.
އެމްސް
04 May 2025
ކަރަޕްޝަން ދަނީ އަތުން އަތަށް ކޭޝް އިންނެވެ!
އަފްރާސިޔާބު
04 May 2025
ބަލަ ޖިޑިޓަލް ކުރިއަސް މީހުންނޭ ކަރަޕްޝަން ހިންގަނީ. ޖިޑިޓަލަކަށް ނޭނގޭނެޔޭ އެފައިސާ ދޭނީ އަތުން އަތަށް ކަމެއް ނޫނީ ޖިޑިޓަލް ކުރާ އެއް ފައިސާއެއް ދިހަ ބާރަ އެކައުންޓަށް އެކިވަގުތު ތަކުގައި އެކިވަރަށް ޓްރާންސްފަރ ކުރާއިރު އޭގެ ތެރެއިން ކަރަޕްޝަންގެ ގޮތުގައި ދިޔައީ ކޮން ފައިސާއެއް ކިހާވަރަކަށް ކަމެއް. އެޔެއް ނޫންތަ ޔާމީނުގެ ވެރިކަމުގައި އެމްއެމްއޭ އިން ކުރިކަމަކީ.
މުލޭ
04 May 2025
މިކަމަަށް ވަރަށް ތާއީދު. ކަސްޓަމްސް ތަންތަނުގައި ކޮރަޕްޝަން ބޮޑުވެގެން މިއުޅެނީ އެހެންވެ. ޑިޖިޓަލައިިޒް ކުރިޔަސް މީހުންގެ އިޚްލާސްތެރިކަން ނެތުނީމަ ހިންގާނެ ކޮރަޕްޝަން. ނަމަވެސް ބިޑުތަނުން މަދުކުރެވޭނެ.
ޒުހުނަތް އައްބާސް
04 May 2025
ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މުއިއްޒް ނޫނީ ނުދެކެން ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރާ ވެރިޔެއްް. ކޮރަޕްޝަން ހަމަ ގައިމުވެސް ހުއްޓުވަން މަސައްކަތް ކުރާތަން ފެނިގެން މިދަނީ. ކޮރަޕްޝަން ހިންގާ މީހުންނަށް ފިޔަވަޅުވެސް އަޅަމުން ދަނީ
ށސ11
04 May 2025
ތީދޮގެއް. ހަމަ ސީދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ އެޖެންްޑާ
ތޫބާ ނާޒިމް
04 May 2025
އަސްލުވެސް މިގައުމު ޑިޖިޓަލްވެއްޖެ ނަމަ ވައްކަން ހުއްޓުވޭނެ.
ނިހާދު އިސްމާއިލް
04 May 2025
މިގައުމު ދުއް އެއްމެ ކޮރަޕްޝަނަށް ނޫނެކޭ ބުނާ ތަން އަދި ފެންނަނީ ރައީސް މުއިއްޒް. މީހުން ދައްކާ ވާހަކައާ އެމަނުކުފާނުގެ އަމަލްތައް މާ ތަފާތު.