ސަންލޭންޑް ނަޒީރު
10 މެއި 2025 - 23:07
ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މިރޭ އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ނަޒީރު އަވަހާރަވީ، އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ އިނގިރޭސިވިލާތުގަ އެވެ.
ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ގޮތުން ވެސް ގިނަ ބަޔަކާ ގުޅުން އޮންނަ އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެ އެވެ.
އައްޑޫ ހުޅުދު އަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ އެވެ. ނަޒީރަކީ އެ އާއިލާގެ ދެވަނަ އަދި އެންމެ ދޮށީ ފިރިހެން ބޭފުޅާ ވެސް މެ އެވެ.
ސަންލޭންޑު ގްރޫޕުތަކުގެ ހިއްސާދާރުންގެ ގޮތުގައި ވެސް ދެން ތިއްބެވީ އެއްބަނޑުއެއްބަފާ ބޭފުޅުންނެވެ.
ރިސޯޓު ހިންގުމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު ދިވެހި އެއް ކުންފުނި، ސަންލޭންޑުގެ ދަށުން މަކުނޑު އައިލެންޑު ރިސޯޓާއި ކޮކޯ ޕާމް ބޮޑުހިތި، ކޮކޯ ޕާމް ކުޑަހިތި އަދި ކޮކޯ ޕާމް ދުނިކޮޅުގެ އިތުރުން ބިޔާދޫ ރިސޯޓު ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު 23
11 May 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މަރުވުމުން ޙަޤީޤީ ދުނިޔެ ފެށުނީ، އެމީހަކަށް ވަނީ ދުނިޔޭގައި އެމީހަކު ހޯދި ޢަމަލެއް. މަރު ހަނދާންކޮށް އުޅުން އިސްލާޙުކުރުމުގެ ތަޢުފީޤ އަޅަށް މިންވަރު ކުަރއްވާށި. އާމީން
ސަލްމާ އިބްރާހިމް
11 May 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.މުޙައްމަދު ނަޒީރުގެ ފާފަތައް ފުއްސަވައި، ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވާށިއެވެ.ޢާއިލާއަށާއި ރަހުމަތްތެރިންނަށް ކެއްތެރިކަން ދެއްވާށިއެވެ.
ނޫސަންގު
11 May 2025
ފަތުރުވެރިކަމުގެ ދާއިރާގައި ޚިދްމަތް ތެރި ބޭފުޅެއް. މި ބޭފުޅުންގެ ހިތްވަރުގަދަ ވިޔަފާރިވެރި ޚިދްމަތް ބަލައިގަންނަން ޖެހޭ. މަރްޙޫމަށް ސުވަރުގެ މިންވަރު ކުރައްވާށި. އާއިލާއަށް ނުހަނު އިޚްލާސްތެރި ތަޢުޒިޔާ
ސިޑު
11 May 2025
“މަރު” އެމީހަކު ހުރި ކޮންމެތަނަކުން އެމީހަކު އަތުލާނެ..!! އެންމެ ބުއްދިވެރިޔަކީ މަރު ވާނެކަމަށް ތައްޔާރުވެގެން ހުންނަމީހާ..
އޮނަރަބްލް އަފީފު ދީދީ
11 May 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މުހައްމަދު.
10 May 2025
މާތް ﷲ މަރުހޫމުގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާ ޢާއިލާއަށް ކެއްތެރިކަން ދެއްވާދޭ. އާމީން..
ޙަޒް
10 May 2025
ސަންލޭން ބިލްޑިންގ ހުންނާނެ މަޖީދިއްްޔާ ސްކޫލް މެއިން ގޭޓް ކުރިމަތީ.
ޙަމްދީ
10 May 2025
އައްޑޫ ހުޅުދޫ އަށް ނިސްބަތް ވާ ވިޔަފާރިވެރިއެއް.
ވޮޗްމޭން
10 May 2025
އައްޑޫ ހުޅުދޫއަކީ ބޮޑެތި ވިޔަފާރިވެރިންގެ ރަށެއް. އެންމެ ބޮޑެތި ވިޔަފާރިވެރިން އިން ފެށިގެން ކުދި މެދުފަންތީގަ ވެސް ފާހަގަކޮށްލެވޭ ބޭފުޅުން. ހިތާމައަކީ މި ބުނި ވިޔަފާރިވެރިންގެ ސަބަބަން ރަށަށް ލިބުނު ހާއްސަކޮށް އުމްރާނީ ތަރައްގީގެ އަދި ވިޔަފާރީގެ އެއްވެސް ކުރިއެރުމެއް ރަށަކުން ނުފެނުނުކަން.
876633
11 May 2025
ހުޅުދޫއަކީ މިހާރު ފަޅު ރަށެއް. އެމީހުން އެތާ އުޅޭކަށް ބޭނުމެއް ނުވޭ. ސަރުކާރުން ކުރަންވީ ކަމަކީ އެރަށުގެ ހުރި ފަޅު ގޯތިތައް ކެންސަލުކޮށްލާފައި އެރަށަށް ބަދަލުވާން ބޭނުން އެހެން ރަށްރަށު މީހުނަށް ގޯދި ދޭންވީ.