އެޗްޑީސީން އޮޑިވެރިންނާ އެކު މަޝްވަރާކުރަނީ.
18 މެއި 2025 - 22:36
ހުޅުމާލޭ މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށްފައިވަނިކޮށް އޮޑިވެރިންނަށް އެޗްޑީސީން ހައްލެއް ހޯދައިދީފި އެވެ.
އޮޑިވެރިން މުޒާހަރާ ކުރީ ހުޅުމާލޭ ރަށު މާރުކޭޓާ ދިމާލު ބަނދަރު ބޭނުންކުރުން މަނާކޮށް ލަކުޑި ޖެޓީއަށް ގާތްކޮށްފި ނަމަ ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތަކެއް އެޗްޑީސީން އެޅުމުން އެކަމުގެ ނުރުހުމުގަ އެވެ. އެ މީހުން ބުނީ ފެރީ ޓާމިނަލާއި އެފްއެސްއެމް ޝެޑާ ދެމެދުގައި އަޅާފައިވާ ދޯނިތައް ވެސް ނެގުމަށް އަންގާފައިވާ ކަމަށެވެ.
އެހެންވެ މުދާ އުފުލާ ދޯނިތައް ގާތްކުރާނެ ތަނެއް ނެތް ކަމަށް ބުނެ އެ މީހުން މުޒާހަރާކުރުމުން، އެޗްޑީސީން ބުނީ ހުޅުމާލޭގެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
މުދާ ޖެޓީ ތަރައްގީ ކުރުމަށް، އެ ފަޅުގައި އަޅާފައިޥާ އުޅަނދުތައް ނަގަން އެޗްޑީސީން އެންގީ މިދިޔަ މަހުގެ 9ގަ އެވެ. އެކަމަކު އެ މުއްދަތުގައި ވެސް ދޯނިތައް ނުނެގުމުން، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން މިއަދު ވެސް އެންގީ އެވެ.
އެހެންވެ އޮޑިވެރިން މުޒާހަރާ ކުރަން ފެށުމުން އެޗްޑީސީން ވަނީ މުޒާހަރައިގެ ބައިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އޮޑިދޯނި ފަހަރު އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖެއްސީ އެ މަޝްވަރާތަކަށް ފަހު އެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ އާންމުންނާއި ވިޔަފާރިވެރިންނަށް ދިމާވާ އެފަދަ ކަންކަމަށް ހައްލު ހޯދަން ކަމަށް ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންމެކަމެއްގަވެސް!
19 May 2025
މިސަރުކާރުން އެއްކަމެއްވެސް ދެންވާނެ ގޮތްނުބަލާތޯ ކުރަނީ؟ އެހެންވީމަ ނޫންތޯ މި ގޮތަށް އާންމުންގެ ރިއެކްޝަން މި އަންނަނީ؟
މުޒާހަރާ
19 May 2025
އެހެންވީމަ ބައެއްފަހަރު މުޒާހަރާ ކުރީމަ ކަންކަންވޭތާ!ގިނަމީހުން އަބަދު މުޒާހަރާ ކުރީމަ ނަތީޖާ ނުކުންނާނެ. ޖެހެނީ އެއްވާނެއްގަ ހިފަހައްޓާލަން
ނިންމު
19 May 2025
"އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ އާންމުންނާއި ވިޔަފާރިވެރިންނަށް ދިމާވާ އެފަދަ ކަންކަމަށް ހައްލު ހޯދަން ކަމަށް ބުންޏެެވެ." މިގޮތަށް ކަންތައް ކުރާތީތާ ކާންބޯން ކުރާ މަސައްކަތް ހުއްޓާ މުޒާހަރާ ކުރަން މިޖެހެނީ.
މަ ބުނީ
19 May 2025
މަ ބުނީ މުޒާޙަރާ ކޮށްގެންވެސް ނުލިބުނީ 4000 ހަތަރުހާސް ފުލެޓު ލިބުނު މީހުންގެ ހަންގެވެ ވީމަ ބުނެލަމެވެ ދެރަނުވާށެވެ ތިފަރާތަށް މާތް ﷲ ގެ ހަޒްރަތުގައި ނިޔާކުރެވޭނެއެވެ އިންސާފުލިބޭނެއެވެ އެއީ މޮޅު ކާމިޔާބެވެ އެއީ އުފާވެރިކަށް ލިބޭނެ ވަގުތެވެ ދޮގުވެރިންނާއި މަކަރުވެރިންނާއި އަނިޔާވެރިން ނިކަމެތިކަމާ ކުރިމަތިލާން ޖެހޭނެ ވަގުތެވެ ކެއްޔެރިވާށެވެ ތިފަރާތްތަކުގެ ހިތާމަތަށް މާތް ﷲ ދެނެވޮޑިގެންވާކަށް ޔަޤީންކުރާށެވެ ކެއްޔެރިވާށެވެ ކާމިޔާބުވާނެއެވެ އިންޝާﷲ
ރަދީފްއޮފިޝަލް / މުޒާހިރާ
18 May 2025
މިހާރު ދިވެހީންނަށް ލިބިފަ އޮތީ މުޒާހިރާ ގާނޫނޫ އަސާސީ ، އަސޭމިރުސް ދުން ގާނޫނު އަސާސީ.އެހެންވީމ ގޯހެއް ނޫން.
ޢާރީ
18 May 2025
ސެންޓްރަލް ފާކު ތަރައްގީކޮށް ބަލަ. އިވެންޓް ބާންވާތަނަކަށް ނުބާއްވާ. ކުޑަކުދިން ގޮވައިގެން ކުޅެލަން ދާނި ރަގަޅު ފާލެއް ނެތޭ ހުޅުމާލޭގެ. މިހާރު އާބާދީ ތޮށްޖެހޭ އިރުވެސް
އިވެންޓް
19 May 2025
މާގިނައިން އިވެންޓް ބާއްވާތީ ސެންޓްރަލް ޕާކު ބޭނުންކުރާ އާއިލާތަކަށް އުދަގޫވޭ. އަހަރަކު ގިނަވެގެން 3 އިވެންޓު ބޭއްވިޔަސް މިގޮތަށް އަބަދު އިވެންޓް ބާއްވާ ތަނަކަށް މިޕާކު ހެދީމަ ގޯސް.