ގެނބުނު މީހާ ސަލާމަތްކޮށް އެއްގަމަށް އަރުވަނީ.
19 މެއި 2025 - 11:08
މާލޭގެ ނޯތު ހާބަރު ސަރަހައްދުގެ ތޮށިގަނޑު ބޭރުން ގެނބެނިކޮށް ސަލާމަތްކުރި މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އިއްޔެ މެންދުރު 11:30 ހާއިރު ހިނގި އެ ހާދިސާގައި ގެނބުނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
ގެނބެމުންދަނިކޮށް، ފެނިގެން އެމީހާ ސަލާމަތްކޮށްދިނީ ރާއްޖޭގެ ސާފިން ޗެމްޕިއަން އަބްދުﷲ އަރީފް (ފުކޫ) އެވެ.
އޭނާ "މިހާރު" އަށް ކިޔައިދިން ގޮތުގައި ގެނބުނު މީހާ އޮތް ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރޭ ތަނެއް ނޫނެވެ. ލޯންޗުތައް ދުއްވާ އެ ސަރަހައްދުގައި އެ މީހާ އޮތުމުގެ ނުރައްކާ އެނގޭތީ އެތަނުގައި ނޯންނަން ވެސް ފުކޫ ގޮވި އެވެ.
އެކަމަކު ފަހުން އެ މީހާގެ ހަރަކާތްތައް ހުރި ގޮތް ފެނިފައި އޭނާ ގެނބެނީކަން ފުކޫއަށް އެނގިގެން މޫދަށް ފުންމާލީ ބޯޓެއްގައި އޮތް ބޮއެ ފައްޗެއް ހިފައިގެންނެވެ. އޭނާ މޫދުން ނެގީ އަޑިއަށް ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންގްރޫވް
19 May 2025
މިފަހަރު މިއޮތީ މޫދަށް އެއްލާލާފަ ކަންނޭގެ ދޯ! ނޫނީ ބޭރު ތޮށިމަތިން ވެއްޓުނީބާ؟ ފުލުހުން ބުނާ އެއްޗެއް ބަލާފަ މަޖީދީމަގަށް އެއްވެ މަގުތައް ބަންދުކޮށް އަވަގުރާނަ ގޮވަން ފަށަންވީ އަވަހަށް. މިއޮތީ ގައުމެއް.
ހިޔަލަކަމަނަ
20 May 2025
އާނދޯ! ހަމަ މަގުމަށްޗަށް އެއްވެ މަގުތަށް އަވަހަށް ބިންދުކުރޭ. އަވަސް ކުރޭ!!!!!!!!!!
ކިއްލާ2222
19 May 2025
ގުޑް ސޭވިއަރ
އަޙުމަދު އިބްރާހިމް އަލީ
19 May 2025
ފަތަން އިނގޭ މީހެއްވެސް ގެނބިދާނެ. ފައި އަކުނިވަޔަށް ދަމައިގަތުން، ހޭ ނެތުން، ބޮލަށް އެނބުރުން އެރުން، ތަދެއް އެރުން ފަދަ ކަމެއް، މޫދުގައި އުޅެނިކޮށް ދިމާވެއްޖެނަމަ ކިތަންމެ މޮޅަށް ފަތަން ދަންނަ މީހެއްވެސް ގެނބިދާނެ. ވިސްނާފަ ކޮމެންޓު ކުރުން މުހިންމު.
ސަލީމު އިދުރީސް
19 May 2025
އަބްދުﷲ އަރީފް އޭނަ ސަލާމަތް ކުރަން ލިބުނު ކުޑަހިދުނކޮޅުގެ ބޭނުން ހިފިލެއް ފުރިހަމަ ކަމުން ޢެނާ ފު ރާނަ ހުއްޓަ އެއްގަމައް ނެގުނީ! މިކަހަލަ ބޯޙަމަޖެހޭ މީހުން މުއައްސަސާ ތަކުގެ ބޮޑުންނައް ލައިގެން ރައްޔިތުންނައް ހިދުމަތެއް ދެވޭނީ
ސަލީމު އިދުރީސް އައްޕަ
19 May 2025
ދަރިފުޅުގެ ފުތަމަ ޕޮޒިޓިވު ކޮމެއްޓަށް މަރުހަބާ
ސަޓަނި
19 May 2025
ތިގޮތަށް ހަދައިގެން ހުރިހާ މުއައްސަސާއެއް ފުނޑެނީ. އެބައެއްގެ ފަންނުވެރިކަމާ ޤާބިލިއްޔަތު ހުރި ދާއިރާތަކަށް ލީމާ ނޫނީ ރަނގަޅެއްނުވާނެ.
ސަލީމު އިދުރީސް
19 May 2025
ބައްޕާ ބުނަންތޯ ޕޮޒިޓިވު ކަމެއް ކުރީމަދޯ އެފަދަ ގޮތަކައް ވިސްނޭނީ! އަބަދުވެސް އިވެނީ ދައުލަތުގެ ފައިސާއިން ވައްކަން ކުރިވާހަކަ !ބައްލަވާ އަރީފު ކަންކަމައް ސަމާލުކަން ދޭވަރު ފުރަތަމަ މީހަކު އޮތީ ނުރައްކާ ތާކު މޫދުގަ ކަން ފެނިއްޖެ އަދި ޢޭނައޮތީ އެހީއައް ބޭނުން ވެފަކަން އެގިއްޖެ އަދި ފަތާފަ ހުސްއަތާ އޭނަޔާ ހަމަޔައް ދެވުނަސް ސަލާމައް ނުރެވޭނެކަން އެނގި މަދު ހިނދުކޮޅަކު ސިކުނޑި މަސައްކަތް ކޮއް ބޮއިހޯދާ ބޮއި ހިފައިގެން ދިއައީ!
ނާބު
19 May 2025
ރާއްޖޭގެ އެންމެނަށް ރަންގަޅަށް ފަތަން ދަސްކޮށް ދިނުން ވަރަށް ބޭނުންތެރި. ސްކޫލް ތަކުގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް ގިނަ ކުދިން ބަލަހައްޓާ ބަޔަކަށްވާތީ އެފަދަ ތަންތަނުގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަށް ފަތަން އިނގޭތޯ ކަށަވަރުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ .