މީގެކުރިން ބަޔަކު ހައްޖަށް ފުރަނީ: ހައްޖުވެރިން ފުރާތީ ފުލުހުން ވަނީ އިލްތިމާސްއެއް ކޮށްފައި - ފޮޓޯ: މިހާރު
24 މެއި 2025 - 12:21
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ބާރުބޮޑުވާނެތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ހައްޖުވެރިން ފުރަން ހަމަޖެހިފައިވަނީ އަންނަ ހޯމަ އާއި އަންގާރަ އާއި ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. އެ ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް ފުލުހުން ބުންޏެވެ.
"އެހެންކަމުން އޮމާންކަމާ އެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިޔުމަށް އެ ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓްގައި ހަރަކާތްތެރިވަމުން ގެންދާނެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަށްވާތީ، އެ ދުވަސްތަކުގައި ފުރާ މީހުން ވެސް ދުރާލައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމްތައް ނިންމުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހައްޖުވެރިންނާ އެކު އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިމޭން
25 May 2025
ތަންތާ ފިލާ ތިބެގެން އިލްތިމާސް ކޮށްކަކޮށްލާ ތިތިބެނީ. ރިއަލިޓީ އޮތީ އަތްނުފޯރާ ފަށުގަ.
ވެންގަބޯ
25 May 2025
ހައްޖަށް ދާ މީހާގެ އާއިލާގެ އެންމެ އިސް 2 މީހުނަށް އެއާޕޯޓަށް އެރޭގޮތަށް ކަންކަން ބައްޓަންކޮށް ހަދާބަލަ އޭރުން ތޮއްޖެހިފައި އޮންނާކަށް ނުޖެހޭނެއެވެ ކަންކަން ކުރަން ނޭނގޭ ބަޔަކާ ހަވާލުކުރީމާ ވާނީ މިހެންނުން ދޯ ޓުރާންސްޕޯޓްހައި ބޮޑަކަށް ވެސް ހުންނަނީ ބައިކަޅެއް ދެންވާނީ މިހެންނޫން މީދާކޭ އުނބެއް ވިއްޔާ އިންނަނީ
ގާސިމް
24 May 2025
އެދުވަހު އެއަރޕޯޓައް އަރާ ކޮންމެ މީހަކު އަތުން 10 ޑޮލަރު ނަގާބަލަ. އޭރުން އަރާމީހުން މަދުވާނެ.
ނައީމާއްތަ.
24 May 2025
ހައްޖުވެރިން ފުރާ ވާހަކަ އަދި ތިކަހަލަ ފޮޓޯ ވެސް ނޫހުގައި ޖެހުން ހުއްޓާލީމާ ހައްޖުވެރިން ފުރިޔަސް އެއަރޕޯޓަށް ދާނެ ބަޔަކު ނުވާނެ. ރީތިކޮށް ނަލަ ހެދިގެން އެއަރޕޯޓަށް ދަނީ ދެވަނަ އެހެން ބޭނުމަކު ނޫން.
ޟިސް
24 May 2025
އެންމެން ކޮންމެހެން ފުރުވަން އެއަރޕޯޓަށް ދިއުމުގެ ބަދަލުގައި ސެންޓްރަލް ޕާކުން ޗެކިން ނިންމާފަ ސަލާންގަލާންކޮށް ހައްޖުވެރިން ބަހުގައި ހުޅުލެއަށް ގެންދިއުން ކިހިނެތްވާނެ؟؟؟
ޗސދޗ
24 May 2025
ދެން ރާއްޖޭއިން ޙައްޖަށް ދާން އެދޭމީހާ ފުރަތަމައިނުން ސެންޓްރަލްޕާކަށް ދާން އެންގީމަ ކީކޭބާ ބުނާނީ!
މަޖީދީ މަގު
24 May 2025
އެ ދުވަސް ދުވަހު ސަރުކާރު ބަންދު ކުރީމާ އެކަން ނިމުނީއެއް ނޫން ދޯ
ރަބަތު
24 May 2025
ހައްޖަށް ދަނީ ސަރުކާރު މުއައްޒަފުންނާއި އެމީހުންގެ އާއިލާ އެކަނި ވިއްޔަ
ދދއ×ސ
24 May 2025
ވީކެންޑްގައި ޓްރަފިކް ޖޭމްވަނީ ސަރުކާރު ހުޅުވާފައި ހުންނާތީތަ؟ދ