26 މެއި 2025 - 13:35
ކޮރަޕްޝަން ހުއްޓުވަން ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އާއި ފަލަސްތީނުން އެއްބަސްވެއްޖެ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރަން މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ އޭސީސީގެ ރައީސް އާދަމް ޝަމީލް އަދި ފަލަސްތީނުގެ އޭސީސީގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ސައުދީ-މޯލްޑިވްސް އިންޓެގްރިޓީ ފޯރަމްގައި ސޮއިކުރައްވައިފަ އެވެ.
އޭސީސީން ބުނީ އެ އެއްބަސްވުމަށް ފުރަތަމަ ހުށަހެޅީ ފަލަސްތީނުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން މައިގަނޑު ގޮތެއްގައި ކުރާނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރަން އެއްބާރުލުން ދިނުމުގެ މަސައްކަތްތަކެވެ. އޭގެ އިތުރުން މައުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާ ކުރުމާއި ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް އޭގެ ބޭނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
27 May 2025
ފުރަތަމަ ރާއްޖޭން ކޮރަޕްޝަން ހުއްޓުވުމަށް، ރާއްޖެއާ އެއްކޮއް އެއްބަސްވުމެއް ހަދާބަލަ.
ވަންދެ
26 May 2025
ކޮމިޝަންތަކުގެ މެންބަރުން މަސްހޫރުވާން ކުރާ ބޭކާރު ކަންކަން.
ޒުމާން
26 May 2025
އެއްޗިހިގައި ސޮއިކޮއް އެއްބަސްވުން މަދު ވެގެންތަ މިތާ ކޮރަޕްޝަން ނުހުއްޓުވެނީ؟؟ ގާނޫނޒަ ގަވައިދުތަކުން ތަންމިނަށް ބާރު ދީފަ އޮންނަ އިރު ކަލޭމެން ސިޔާސީންގެ އަންބޮޑީގައި އުޅޭތީ ކޮރަޕްޝަން ނުހުއްޓުވެނީ. ލަދެއް ވެސް ނުގަނޭތަ އަޅެ
ދިއްދޫމީހާ
26 May 2025
އުއްމީދު ކުރަަނީ ނޯތް ކޮރިޔާއެކުވެސް ތިޔަކަހަލަ އެއްބެސްވުމެއް ހަދާނެ ކަމަށް އެކަމް ހަދަންވާނީ ނިޔުކުލިޔާ ކޮރަޕްޝަން ހުއްޓުވުމުގެ އެއްބަސްވުމެއް..
ސަދދސ
27 May 2025
ފަލަސްޠީނާއި ނޯތު ކޮރެއާ އެއްވަރު ކުރަނީތަ؟ މިހާރު ވެސް ފަލަސްޠީނުގެ އުސްތާޒުން ރާއްޖޭގައި އެބަ ކިޔަވައި ދެއްވާ. އެއްބަސް ވުމުގެ ދަށުން ދިވެހި ދަރިންނަށް އިސްލާމީ ހަމަތަކާއި އުޞޫލުތައް ކިޔަވައި ދިނަސް ލައްކަ ކަންކަން އިސްލާޙު ކުރެވޭނެ.
ލަނޑަޔާ ވާނީ ލަނޑަޔާ!!!
26 May 2025
މި އޭސީސީ ސޮރު އަޅެ ބެކްގުރައުންޑެއް ވެސް ނުހަދާތަ ފަލަސްތީނުގެ ސަރުކާރުގެ ހާލަތު ބަލާލަން؟ މަހުމޫދު އައްބާސް އަކީ ވަކި ނަތަންޔާހޫ އަކަށް ދޫކުރާ މީހެއް ނޫން. މީގެ އަހަރުތަކެއް ކުރިން ބޭއްވި އިންތިހާބަކުން މަހުމޫދު ގާޒާގެ ވޯޓުން ބަލިވީއްސުރެ ގާޒާ އަށް ހިންދަމާ ނުލެވިގެން އެއުޅެނީ. ރާއްޖޭގައި ގޮތައް ފަލަސްތީނުގައި ވެސް މިނިވަން މުވައްސަސާތަކަކީ މަހުމޫދު އައްބާސްގެ ޕަޕެޓުން ލާފަ ތިބޭ ކޮރަޕްޓު ތަންތަން. އަނެއްހެން ދެން އެއްކަހަލަ ކޮރަޕްޓު މީހުން
މައިޒް
26 May 2025
ފަލަސްޠީނަކީ މަރުން ސަލާމަތް ނުވެވިގެން އުޅޭފަދަ ނުރައްކާތެރި ބިރުވެރި ޙާލަތެއްގައި އުޅޭ ބަޔަކަށްވާއިރު އެމީހުންނާއިއެކު ތިޔަ ކަހަލަ އެއްބަސްވުން ހަދައިގެން ރަނގަޅު ކުރިއެރުމެއް ލިބޭނެކަމަށް ޤަބޫލު ނުކުރެވެއެވެ.
ޢިބުނިޫ
26 May 2025
މާތްކަލާކޯ މިވެރިންނައް ހެޔޮ ވިސްނުން ދެއްވާންދޭވެ.
މަސްމީރު ސިއްރި
26 May 2025
ނޫނޭ އިނގޭ.
އެކޮއި
26 May 2025
ފަލަސްޠީނެއް އެބައޮތްތަ؟ ފަލަސްޠީނުގެ ރައްޔިތުން އެއުޅެނީ އެމީހުންނާއި އެމީހުންގެ ޅަ ދަރިންގެ ފުރާނަ ރަައްކާކުރާނެގޮތެއް ނެތިގެން. މަގޭ ހިތަށްއަރާ ފަލަޞްޠީނޭ އެކިޔަނީ ކޮންތަނެއްގެ ކޮން ބަޔަކަށްބާއޭ؟ އެބިމުގެ 70 ޕަސެންޓް އެވަނީ ނުބައިނުލަފާ ޔަހޫދީން ޙިޞާރުކޮށްފައި. އެތަނުގެ ރައްޔިތުން ވަންނާނެގެދޮރެއްނެތި ކާނާއާ ފެނާ ނުލާ އުޅެމުންދާއިރު އެތައްބަޔަކުވަނީ ބަނޑަށް މަރުވެފައި. މިފަދަ ޙާލަތެއްގައި ތިބިބަޔަކަށް ކޮށްލި މަލާމާތެއްތޯ ތީ؟؟
ނަސްރު45
26 May 2025
ވަރަށް ރަގަޅު ކަމެއް ތިޔަ ކުރެއްވީ. ދެން ތިފަދަ އަނެއް އެއްބަސްވުން ޓިމްބަކްޓޫ އާއި އެކު ވެސް ހެދުން މުހިންމު. ތިޔަވަރުން ދަންޔާ ތިޔަ ކޮމިސަނުން، ރާއްޖެ ފިޔަވާ މުޅި އޭސިޔާ އިންވެސް ކޮރަޕްސަން ނައްތާލާނެ ކަން ޔަގީން.