އިޒްރޭލުން އީރާނަށް ހަމަލާދެނީ.-- ފޮޓޯ: އޭއެފްޕީ
13 ޖޫން 2025 - 16:43
އިޒްރޭލުން އީރާނަށް ދިން ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުށްވެރިކުރައްވައިފި އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތައް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު: އިޒްރޭލުން ދިން ހަމަލާ އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފައި.
އެހެންވެ، އެ ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އީރާންގެ އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން ވަނީ ރޭ ފަތުހު ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދިނީ އިޒްރޭލުގެ ޖެޓްތަކުން ކަމަށާއި އަސްކަރީ އެކި ތަންތަނަށް ދިން ހަމަލާތަކުގެ ތެރޭގައި، އީރާނުން އެ ގައުމުގެ އެހެން ސަރަހައްދެއްގައި ހިންގާ ނިއުކްލިއާ ޕްރޮގްރާމަކާ ގުޅޭ ތަންތަން ވެސް ހިމެނޭ ކަމަށެވެ.
އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ އާންމުންގެ އިމާރާތަކަށް ހަމަލާ ދިނުމުގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ހަމަލާދޭން ފަށައިފަ އެވެ. މިހާތަނަށް އީރާނުން 100 ވަރަކަށް ޑްރޯން އިޒްރޭލަށް އަމާޒުކޮށް ފޮނުވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮގެބްބޯ
13 June 2025
އާނ. ރައީސް ވަރައް މޮޅު. ކޮންމެސް ވާނެ ތިމައްސަލަގަނޑުގެ ތެރެއައް ރައީސް ވަންނައް. އޭރުން އިޒުރޭލު ހަމަލާ ހުއްޓާލާނީ.
އަސް
13 June 2025
ކިހާ ވަރެއް ވީމަ ބާ ވަށައިގެން ތިބި އިސްލާމީ ޤައުމުތަށް އިޒްރޭލް ތަޅާ ސުންނާފަތި ކުރަން ނުކުންނާނީ، އިޒްރޭލް ގެ ވަސް ފުހެލަން އެބަޖެހޭ
ޞަލަމް
14 June 2025
ނުނިކުންނާނެ. އަރަބިންގެ މުނާފިގުކަމުން ތިކަމެއް ނުވާނެ. ހާއްސަކޮށް ސައުދީ .
މަ ބުނީ
13 June 2025
ޝުކުރިއްޔާ ރައީސް، ކޮބާތަ އިސްލާމީ އުއްމަތްދެކެ ލޯބިވާކަމަށް ދައުވާކުރާ ބޮޑެތި ސިިޔާސީ ވެރިންތަކުގެ ހަބަރަކީ؟
އިސްމާލު2.0
13 June 2025
މިއީ އަހަރުމެންނާއި ބެހޭކަމެއް ނޫން. އަހަރުމެންނަށް މިކަމުން ކުރާނެ ތެލުގެ ދަތިކަމުގެ އިތުރަށް އަނގަގަދަވެގެން އުޅުން އެހާ ބުއްދިވެރިއެއް ނޫން. އިޒްރެލުން ހަމާލާދިނީ 200 ފައިޓަރ ޖެޓު ފޮނުވައިގެން، 100 އެތައް އަމާޒަކަށް ހަމާލާދީ، އިރާން ލީޑަރޝިޕްގެ ބަޔަކު ޝަހީދުކޮށްލާ، އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފޫއަޅުވާލާ އަދި މޮސަޑް މެދުވެރިކޮށް ޖާސޫސުކޮށްގެން. އިރާނުން ރައްދުގައި ފޮނުވި 100 ޑްރޯން އެއީ އަޔަނޑޯމަށް އެއްޗެއްނޫން. ނުބެހޭކަންކަމާއި ނުބެހެމާތޯ؟