މިރޭ ގަދަ 10ގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަނީ.--- ފޮޓޯ: ރައީސް އޮފީސް
22 ޖޫން 2025 - 23:02
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ނިމޭއިރު އޭލެވެލް އަކީ ސްކޫލް ނިންމާ ގްރޭޑް ކަމަށް ކަނޑައަޅާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ.
އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ އަހަރު އަތޮޅުތަކުގެ ސަރުކާރު 23 ސްކޫލެއްގައި ފެށި ޕައިލެޓް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
މިރޭ ގަދަ 10ގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަނީ.--- ފޮޓޯ: ރައީސް އޮފީސް
މި އަހަރު އޯލެވެލް ނިންމި ކުދިންނަށް މާލެ ސްކޫލުތަކުގައި ވެސް އެ ޕްރޮޖެކްޓު ފަށަން ނިންމާފައިވާ ކަމަށާއި، އެކަމަށް މާލެ ސްކޫލުތަކުގައި އެކަމަށް ޖާގަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލް ތައުލީމުން އެބަ މަހުރޫމުވޭ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭލެވެލް އެއީ ސްކޫލު ނިންމައި މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަށް މި ސަރުކާރުން ވަނީ އޯލެވެލްގެ ތިން މާއްދާއިން ނުވަތަ އެއް މާއްދާއިން ފާސްވާ ކުދިންނަށް ވެސް ފުރުސަތު ދީފަ އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 106 ދަރިވަރުން އިތުރުވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
23 June 2025
ހުސް ނާއްޓެއް ގެންގުޅުއްވާ ވަޒީރުންނާއި ވެރިން. މިހާރުވެސް އޯ ލެވެލް އިން ފާސްވާ ކުދިންގެ އިންސައްތައަކީ %50 އިން ދަށް. ދެނޯ؟ ދައުލަތުން ޚަރަދުކޮށްގެން އޭ ލެވެލްއިން ފާސްނުވާ ކުދިންގެ އަދަދު %20 އަށް ހެދުމަކީ ތަ ކޭޕީއައި އަކީ؟ ވޮކޭޝަނަލް ޓްރެއިނިން ހަރުދަނާ ކޮށްބަލަ. އެންމެނަކީ ކިޔަވަން ބޭނުންވާ ބައެއް ނޫން. އެހެން އެކަމެއް ނުވެސް ވާނެ. ވޮކޭޝަނަލް ސްޓްރީމަކީ އޮންނަން ޖެހޭ އެއްޗެއް.
ނަތީޖާދޯ
23 June 2025
ރަނގަޅު ނިންމުމެއް. މަދުންނަމަވެސް ކޮންމެ ސަރުކާރެއްގައިވެސް ރަނގަޅުކަންކަން ހުރޭ
ރާވެރިބެ
23 June 2025
ޜަގަޅު ކަމެއްް. ޢަދި ސްކޫލް ދައުރުގެ ފަހު އަހަރު ނިމޭއިރަށް ދަރިވަރުންނަށް ސްކޫލް މެދުވެރިކޮށް ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކަށް އެޕްލިކޭސަން ފޮނުވަ ދޭންވާނެ. ކޮންމެ ކުއްޖަކީ އެންމެ ދަށްވެގެން ޑިގްރިއެއް އޮތްކުއްޖަކަށް ވާންޖެހޭ. ފެކު ޑިގްރީ އެއް ނޫން. ތައުލީމީ މުޖުތަމައު އެއް ބޭނުންވޭ.
ނަތީޖާ ހިއްޗޭ
23 June 2025
ފާސްނުވެ 12 ނިންމަން ދަރިވަރުން ހިފެހެއްޓީމާ ދެން ނުކުންނަ ނޭދެވޭ ނަތީޖާ މާ ހިތިވާނެ. މިހާރު ވެސް ތިއުޅޭނީ 5 މާއްދާ އިން 10 ން ފާސްނުގެން ދިވެހި އިސްލާމް ހިމޭހެން. ދެން އޭ ލެވެލް އިން ސްކޫލް ނިންމަން ހިފާ އިރު، ދަރިވަރު ހުންނާނީ ހަރުވެފައި. ފާސްނުވާ ބައިގަނޑެއް ނެރެވޭނީ.
ބެލެނިވެރިން
23 June 2025
ތިޔަ ކަމުގަ އަހުމަދިއްޔާ ހިއްސާ ނުކުރެއްވުން އެދެން ކިޔަވާދެނީ އޭކިޔާފަ ބެލެނިވެރިން އަތުން ނަގަނީ
އަބްޑޫޅް +
23 June 2025
އިސްކޯލު ނިމެންޖަހޭނީ ޕީއެޗުޑީ ފެންވަރުން.
ޙައިރާ
23 June 2025
އެއްގޮތަކަށްވެސް ތާއީދެއް ނުކުރަން. މިހާރުވެސް ރަނގަޅަށް ހިސްޓްރީ ފަދަ މާއްދާތައް ކިޔަވާ ނުދެވޭ އޯ ލެވެލްގައިވެސް. އާޓްސް ސްޓްރީމްގެ މާއްދާތައް ކިޔަވަދޭން އަބަދުވެސް ޓީޗަރުން ނުވެެގެން އުޅެންޖެހެނީ. ގެންނަ މީހުންނަށް ވާނުވާއެއް ނޭންގޭ، ދެން އަނެއްކާވެސް އެހެން މީހަކު ގެންނަންދެން އަތް އުރާލައިގެން ތިބެނީ ސްކޫލުގަ. ސީއެޗްއެސްސީއަށް ދިއައިން އެކަމު އަމިއްލައަށް އެގޮތް މިގޮތުން ކިޔެވީ އޭ ލެވެލްއަށް.
ބާގިރު
23 June 2025
ވެފަހުރި ވައުދުތައް ފުއްދަބަލަ. މިދެން ކިހާދެރަކަމެއް.
ގިރު
23 June 2025
ވައުދެއްވިތަ؟ ވައުދުވީމީހާއެއްނޫނޭ މިހާރު ވެރިކަމުގައި ހުރީ. ހިނގާބަލަ އެމީހާ ހޯދަން
ފޯޑްސ
23 June 2025
ދެން މަތީ އަރުތަވެރިން ހޮވަންވާނީ އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން
ސާމަރާދ
23 June 2025
ނިކަން ސަރުކާރުގެ ފަރާތުން މީހުންގެ ދަރިން ގެންގުޅެންވީ ގޮތް ކިޔައި ނުދީ ހޯމްސްކޫލިންގ އަށް ހުއްދަ ދީބަލަ. ސްކޫލުން ދަސްވާ ރަނގަޅު ކަންކަމަށް ވުރެ ގޯސްކަންކަން އިތުރު. ސްކޫލުން ބުނާ ކަންކަމަށް ކުދިން ގެންގޮސް އެއްޗިހި ހޯދަން އަހަރުމެންނަށް މިއުޅެނީ ހަމަޖެހުމުގެ ނޭވާއެއް ނުލާ ބިޒީ ކަމުން.