އޭ ލެވެލްގެ އެއްވަނަ ހާސިލްކޮށް ރައީސްގެ ހާއްސަ ސްކޮލާޝިޕް ލިބުނު 11 ދަރިވަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ ރޭގެ ޖަލްސާގައި. -- ފޮޓޯ | ރައީސް އޮފީސް
23 ޖޫން 2025 - 12:01
މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 11 ދަރިވަރަކަށާއި ހައި އެޗީވާސް ސްކޮލާޝިޕް 87 ދަރިވަރަކަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި 367 ދަރިވަރަކު ހިމެނުނެވެ. އޭގެ ތެރެއިން 17 ދަރިވަރަކު ދެ ވަނަ އަދި 20 ދަރިވަރަކު ތިން ވަނަ ހޯދި އެވެ.
ރައީސްގެ ސްކޮލާޝިޕް 11 ދަރިވަރަކު ހާސިލްކުރީ ފަސް މާއްދާ އިން "އޭ ސްޓާ" ހޯދައިގެންނެވެ. އަދި 87 ދަރިވަރަކު ހައި އެޗީވާސް ސްކޮލާޝިޕް ހޯދީ ފަސް މާއްދާ އިން އޭ ހޯދައިގެންނެވެ.
ރައީސްގެ ސްކޮލާޝިޕަށް ހޮވުނީ ސީއެޗްއެސްއީގެ ހަ ދަރިވަރަކާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
ދުނިޔޭގެ ފެންވަރުގައި ރަނގަޅު ނަތީޖާ ހޯދި ދެ ދަރިވަރަކު އެވޯޑް ހިފައިގެން ސްޓޭޖުން ފައިބަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
1. އަލީ ހައިޝަމް (ސީއެޗްއެސްއީ)
2. އަހުމަދު ސަލަފު ހާޝިމް (ސީއެޗްއެސްއީ)
3. އަހުމަދު ޔާސިން އިބްރާހިމް (ޖަލާލުއްދީން ސްކޫލް)
4. އައިޝަތު އީޝަލް އަހުމަދު އަސްލަމް (ސީއެޗްއެސްއީ)
5. އައްޔޫބު ޝަހީބް (ސީއެޗްއެސްއީ)
6. ހައްވާ ޒައިހާ ހަބީބް (އަރަބިއްޔާ ސްކޫލް)
7. ލުބާނާ އަބްދުލް މޫމިން (ބ. އެޓޯލް އެޑިޔުކޭޝަން ސެންޓަރު)
8. މުހައްމަދު ފާހިމް އިބްރާޙިމް (ސީއެޗްއެސްއީ)
9. މުހައްމަދު މަނޫން ފާއިޒު (ބ. އެޓޯލް އެޑިޔުކޭޝަން ސެންޓަރު)
10. މުހައްމަދު ނަބީހް އިބްރާހިމް (ސީއެޗްއެސްއީ)
11. ނުހާ ރިލްވާން (އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް)
އެ ދަރިވަރުންނާ އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
1 ވަނަ: 11 ދަރިވަރުން
2 ވަނަ: 17 ދަރިވަރުން
3 ވަނަ: 20 ދަރިވަރުން
4 ވަނަ: 31 ދަރިވަރުން
5 ވަނަ: 41 ދަރިވަރުން
6 ވަނަ: 56 ދަރިވަރުން
7 ވަނަ: 51 ދަރިވަރުން
8 ވަނަ: 49 ދަރިވަރުން
9 ވަނަ: 49 ދަރިވަރުން
10 ވަނަ: 42 ދަރިވަރުން
އޯ ލެވެލްގ ގަދަ 10 ގައި ހިމެނުނު ދަރިވަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއެކު ރޭގެ ޖަލްސާގައި--- ފޮޓޯ: ރައީސް އޮފީސް
މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދޭން ބޭއްވި ހަފުލާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިދިޔަ އަހަރު ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް އޭ ލެވެލް އިން ފާސްވި އަދަދަށް ބަލާއިރު، އޭގެ ކުރީ އަހަރަށް ވުރެ 106 ދަރިވަރަކު އިތުރުވެފައިވާ ކަމަށެވެ.
އެއީ، ޕަސެންޓޭޖުގެ ގޮތުން ދަށް އަދަދެއް ނަމަވެސް އެ ދަރިވަރުން ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް ފާސް ވެފައިވާ ކަމަށާއި އެއީ މަދު އަދަދެއްގެ ދަރިވަރުން ނޫން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ނަމަވެސް އަދި އެއަށް ވުރެ ވެސް ދަރިވަރުންގެ އަދަދު އިތުރުވާން ޖެހޭކަމަށާއި އެއީ ކުދިންގެ ނަތީޖާ މަތި ކުރުމާއި ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭ ލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރަން މި ސަރުކާރުން ވަނީ އޯ ލެވެލްގެ ތިން މާއްދާ އިން ނުވަތަ އެއް މާއްދާއިން ފާސްވާ ކުދިންނަށް ވެސް ފުރުސަތު ދޭން ނިންމައިފަ އެވެ. ރާއްޖޭގައި ސްކޫލް ނިމޭ ގްރޭޑަކީ އޭ ލެވެލް ކަމަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަފް
23 June 2025
މަރުޚަބާ ސީ އެޗް އެސް އީ. އެއްވަނައިގަ ވިލާ ކުއްޖަކު ނެތީމަ ހައިރާން ވެއްޖެ.
ޢަޒީޒު އަލީ
24 June 2025
ވިލާ ކޮލެޖުން ނަތީޖާ ރަނގަޅު ކުރާނީ ކިހިނެއް؟ މިހާރު އެތާ ޓީޗަރުން ހަރެއްނުލާ!
23566
23 June 2025
އެއްބިލިއަން ރުފިޔާ ހަރަކުދޮށްގެން އަހަރަކަށް. ޔުނިވަރސިޓީއަށް ވަދެވޭ ފެންވަރަސް 106. ނަޖީޖާ ސުމެއްނު. ލަދުންބޯ ހަލާކު. ދުނިޔޭެގެ 50 ބިލިއަން ބަޖެޓް ޮއްނަ ތަންތާ ޑީގްރީ އޭލއްވެލް ރޭޓުތައް ބަލާބަލަ. ރާއްޖެ އުޅޭނި ދުނިޔޭގެ އެންމެ ފަގީރު ގަުއމުގެ ލިސްޓުތަކުގައި. އެކަމަކު އިގްތިސަދު މިޑްލް އިންކަމް.
ވސވަމ މސ
23 June 2025
ކުދިންނށް އެވާޑު ދިނުމަކުން ނުނިމޭނެ އެކުދިންގެ ތެރެއިން ކާމިޔާބަށް ވަސިލުވެނީ ހާލަކުން ކުއްޖަކަށް. ޓޮޕު 10ގެ ބޮޑުބައި ދަނީ ބެކާރުވެގެން. މިކަމަށް ސަރުކާރުން އިސްކަމެއްދީގެން ކުދިންނަށް މަގުތަށް ފަހިކޮށަދިނުން އެދެން. ޓޮޕު 10 އަށް ދާ ހުރިހާ ކުދިންނަށްވެސް
ދޮންކަރާ
23 June 2025
ޓޮޕް 10ގެ ބޮޑުބައި ދަނީ ބޭކާރަށޭ.. ތީ ކޮންތާކުން ނެރުނު ނަންބަރުތަކެއް؟