ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު: ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މިއަދު ފުރާވަޑައިގަންނަވާނެ.-- ފޮޓޯ: ރައީސް އޮފީސް
29 ޖޫން 2025 - 09:54
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ސިންގަޕޫރާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާ މެދުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން އެމްއޯޔޫތަކުގައި ސޮއިކުރަން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރީ ފެބްރުއަރީ 20، 1975 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟމމމމ
29 June 2025
ރަށެއްގައި މަޝްރޫޢެއް ކުރިއަށް ނުދިޔަނަމަވެސް ތިޔަ ކަން ވާވަރަށް އެބަކުރައްވާ.
ފުލައިޓޭ
29 June 2025
މިހާ ވަރަށް ދަތުރުކޮއް ހުސްއަތާ އަންނަ ރާއީސެއް އަދި ނުދެކެން.
އެކޮއި
29 June 2025
ރިޔާސީއިންތިޚާބުގައި އަޑަށް އެންމެބާރުލާފައި އެންމެ ގިނައިންވިދާޅުވީ ބޯހިޔާވަހިކަންބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ހޯދައިދޭނަމޭ. ވެރިކަމަށް 2 އަހަރުވާން ގާތްމިވީ. އަދި ތަނެއްގައި ހިލަބުރިއެއް، ގާބުރިއެއްނުބާއްވާ. ފަތުއަޑުގޮވާފައި އިވެނީ ކޮންމެވެސް ޤައުމަކަށް ނުވަތަ ރަށަކަށް ''ދަތުރު'' ވަޑައިގެންނެވިވާހަކަ. މީ ދަރުތުކުރަން އަހަރެމެން އިންތިޚާބުކޮށްފައި އޮތް ވެރިކަމެއްކަން މިއެނގުނީ އަދިކިރިޔާ. 2028 ގައި އަހަރެމެން ބަސް އިއްވާނަން އިންޝާﷲ.
ހީހީ ސުލީހް
29 June 2025
ކޮބާހޭ ދޭންބުނި ބޯހިޔާވަހިކަން
ގަމާރޭ
29 June 2025
ރައީސާ ނައިބު ރައީސް ރާއްޖޭގަ ހުންނައިރައްވުރެން ގިނަވާނީ ގައުމުން ބޭރުގާ ހޭދަކުރާދުވަސްތައް ..........މި މީހުން އެރިކަމައްއައީ ދުނިޔެވަށާ ބުރުޖަހަންބާ؟ އާންމު ރައްޔިތުން މިއުޅެނީ އަނގަޔާ އަތާދިމާނުވެގެން އަދި މާލޭގާ އެއްވެސް ރައްކާތެރިކަމެއްވެސްނެތް......
ހޭބުއްދި ފިލާގޮއްސި
29 June 2025
ކީއްކުރާނީ، ވެރިކަމުގަ ހުންނަ މީހަކަށް ޚަރަދުކޮށްފަ އެދިފާއުކުރުން މިގައުމުގަ ރައްޔިތުންނަށް އޮތީ. ރައްޔިތަކަށް ލިބޭނެ ގޮތެއް ނެތްތަނުގައި ހުސް ސަރުކާރަށް ދޭންޖެހޭ އެއްޗެހި މިހުންނަނީ. ވިޔަފާރިތައް ފުނޑިއްޖެ ރައްޔިތުންގެ މުސާރަ ފިޔަވާ އިގްތިސޯދުގަ ދައުރުވާނެ އެއްޗެއް ނެތް. އެންމެ ދަށް މިނުން މަސްވެރިކަމުން ޚަރަދަށް ކަނޑާފަ މަހަށްދާނެ އެއްޗެއްވެސް ނެތް. ރައްޔިތުންގެ ކަމަކީ ވެރިމީހާއެކު ހަރުގެ ސަޅިބައިސާއަށް ގޮސް އަތްޖެހުން. އަޅެ ބުއްދިވެސް ފިލީތަ؟
އެކޮއި
29 June 2025
އަބަދުވެސް ކޮންމެވެސް ދަރުތުފުޅެއްގައި. ވެރިކަން ނިމޭއިރު....
ފީބޯ
29 June 2025
ހުރިހާ ރައީސުންވެސް ވެރިކަމުގެ ދުވަސްވަރު ބަރާބަރަށް ސިންގަޕޯއަށް ދާނެ އެކަމަކު ދުވަހަކުވެސް ގައުމުން ކޮރަޕްޝަން މަދުވެގެން ދާތަނެއް ނުފެނެ. ވެނެޒުއެއްލާ ކަހަލަ އެންމެ ކޮރަޕްޓް އެއް ގައުމަކަށް އަބަދު އަބަދު ދާނަމަ ބުނާނެ އެއްޗެއްނެތް
ޑިކްޓޭޓާޝިޕް
29 June 2025
ރައީސް މައުމޫނުގެފަހުން ފުރަމާނަދަތުރުފުޅެއްގަ އަދިކިރިޔާ ރާއްޖޭގެ ރައީސަކު މިވަޑައިގަތީ
ފގފދ
29 June 2025
މިއީ ދިވެހިރާއްޖޭގެ ރައީސަކަށް ސިންގަޕޫރުން އެރުވި ފުރަތަމަ ދައުވަތު ދޮތްތޯ؟ ދިވެހި ގައުމަށް ހެޔޮގޮތްތައް މިންވަރުކުރައްވާނދޭވެ. އާމީން.