މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަންގެ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރު، މޭޔާސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން.
01 ޖުލައި 2025 - 11:46
މޭޔާސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓްގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލްގެ ވަފުދެއް އޮސްޓްރިއާއަށް ފުރައިފި އެވެ.
އޮސްޓްރިއާގެ ވިއެނާގައި މާދަމާއި އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ 14 ވަނަ މޭޔަރުންގެ ފޯރަމްގައި ކައުންސިލުން ބައިވެރިވަނީ މޭޔަރު އާދަމް އާޒިމް އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަންގެ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ.
މޭޔަރު އާޒިމް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ބައިވެރިވުން އެފަދަ ފޯރަމްތަކަށް ވަރަށް މުހިންމު ކަމަށެވެ.
ޕޮލިސީ ލެވަލްގައި އެކި ގައުމުތަކުގެ މޭޔަރުން ބައިވެރިވެގެން ނިންމާ މުހިންމު ނިންމުންތަކުން މާލެއަށް ފައިދާ ކުރާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެ ފޯރަމަކީ ދުނިޔޭގެ އެކި ސިޓީތަކުގެ ވެރިންނާ ގުޅުން ބަދަހިކުރުމާއި ރަނގަޅު އާދަތައް ހިއްސާކުރުމާއި ސިޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންތެރި މަސައްކަތެއް ކަމަށެވެ.
މޭޔާސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓު އެންމެ ފަހުން ބޭއްވީ ސިންގަޕޫރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
02 July 2025
ފޮޓޯގަ އެތިބީ އިންޑިޔާ މީހުން ދޯ؟
ޢަޒު
01 July 2025
ތީހަމަ ބޭކާރު ދަތުރު ކީއްތަވާނީ މާލޭ މަގުމަތީގަ ހުންނަ ކުނިބުނި ނަގާ އެތަންސާފް ކޮއްލިއްޔާ ގައިމު މީހުނަށް ހިނގާބިގާވެ އުޅެން ފަސޭހަވާނެ
އެލޮކޮސް
01 July 2025
މިކަހަލަ ޓްރި÷ްތަކަށް ދިއުން ހުއްޓާލާ، މީ ބޭކަރު ޚަރަދުތައް. މިހާރު އޭއި ބޭނުންކޮށްގެން ހުރިހާކަމެއް ކުރެވޭނެ. ނާޗަރަންގީ ހުއްޓާލާ
ހަސަނަ
01 July 2025
..އުއްމީދަކީ ތި ސަމިޓުން މާލޭގެ މަގުތަކުގަ ފެން ބޮޑުވާ މައްސަލަ ހޯދޭނެކަމަށް..
ސަންޑޭ
01 July 2025
އިގިރޭސި ބަސް ރަނގަޅަށް ފަހުމުކޮށް ވާހަކަ ދައްކަން ނޭނގޭ ބަޔަކު އޮސްޓްރޭލިޔާއަށް ގޮސް އެންމެންގެ ތެރޭ ކަރުމައްޗަށް ޖަހައިގެން މާވެފަ ތިބެން ، ތިއީ ހަމަ ބޭކާރު ޚަރަދު.
ސޫރަތު
01 July 2025
މަޖުލިސް ރައީސް ދިޔާމާ ރަނގަޅުތާ؟
ޗެދާސް
01 July 2025
ދޮންކަލޯ އެއީ އޮސްޓްރިއާ! އިނގިރޭސިބަސް އެކަންޏެއް ނޫނެއްނު ތިއުޅެނީ ނޭނގިގެން! އެއީ ހުސް ގައުމީ ބަތަލުން!
ޚަބަރު
01 July 2025
ދިވެހިބަހުން ޚަބަރުގައި ލިޔެފައި އޮތީ އޮސްޓްރިއާ އޭ! އޮސްޓްރޭލިޔާއެއް ނޫން.
މަންޑޭެ
01 July 2025
ސަންޑޭ. އެހެންމީހުންގެ ވާހަކަދައްކާއިރު ދިވެހިބަހުން ލިޔެފައިހުންނައެއްޗެހި ތިމާއަށް ލިޔަންކިޔަން ވެސްނޭގޭ. މާމޮޅުމީހަކަށްވެގެން ކޮމެންޓް ކުރާ އިރު އޮސްޓްރޭލިއާއެއް އޮސްޓްރިއާ އެއް ނޭގޭ ގަމާރެއްތީ. އޮރިޔާންވާއިރުވެސް ނޭގޭ.
ހަސަނަ
01 July 2025
ޢޮސްޓްރިއާ.. އޮސްޓްރޭލިޔާއެއް ނޫން
ކޮން ޓިނެ ންޓު
02 July 2025
އޮސްޓްރިއާ އެއީ ޔޫރަޕު ގައުމެކޭ ދޯ. ވަރަށް ފިނިވެސް ވާނެ
އަބްޑޫޅް +
02 July 2025
އޮޝްޓޭލިޔަ.
މިއައު
01 July 2025
ތި ދާއިރު ބަލާ ދަސްކޮށްލައްޗޭ ލިވަބަލް އަދި ވޯކަބަލް ސިޓީ ކޮންސެޕްޓްތައް އަދި އިނާ ސިޓީގެ ކަންކަން ހުންނަށް ގޮތް. އެމީހުން އިސްކަންދެނީ މުއްސަނދިންގެ ވެހިކަލްތައް އިނާ ސިޓީތެރޭ ބާއްވަންތޯ ވެސް. އެހެން ގަނޑެއް ގަންނާނީއެއް ނޫން
އައިނާ
01 July 2025
އެއްވެސް ކަމެއް މާލެއަށް ނުކޮއްދީ ހޮލިޑޭ ހަދަން ބަޖެޓް ހުސްކުރަނީ7
ޑޮކްޓާރ. ބަނާނާ
01 July 2025
މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކަމަކީ ތަނެއް ދޮރެއް ނޭގޭ ތައުލީމު ނެތް ބަޔަކު ޒިއްމާ ދާރު މަގާމުތަކަށް ހޮވިފައި ތިބުން. ޢެތައް ލައްކަ ރުފިޔާ ހަރަދު ކޮށް ޔޫރަޕަށް ގޮސް ބޮޑެތި ފޯރަމް ތަކުގައި ބައިވެރިވާ އިރު ފަރަންޖީ ބަހުން ދައްކާ ވަހަކަ ރަގަޅަށް ދޭހަނުވޭ. ޢަދި ޕްރެޒެންޓޭޝަނެއް ހުރަހަޅާނަމަ ލައްކަ ރުފިޔާ މުސާރަ ދީފައި އުޅޭ ކޮންސަލްޓެންޓުން އެކަންވެސް ކުރަނީ....
އޮރި
01 July 2025
އައިމަނުމެން ކިޔަވާނިމުނީ މަޖީދިއްޔާގެ 7 ގެ ހާއްސަކުލާހުގަ. ކައުންސިލަރޯލަ ހެހެހެ
ނައިސްފުޑް
01 July 2025
އައިމަނު ބަހައްޓާ..އޭނަ ހޮވިމީހުންނައް ތިޔަ ފުރައްސާރަ ހައްގުވަނީ.
ހޭރި
02 July 2025
ބަލަ މިގައުމަކަ ބޭނުމެއްނުވޭ ޑިގްރީހޯލްޑަރުންނެއް އައިމަންގެ ހާލަތުނޭގިތަ ހޮވީ ތިސުވާލުކޮއްބަލަ ހޮވިމީހުންނާ މިގައުމުގެ ގާނޫންހަދާމަޖިލީހުގެ ހާލަތުބަލާލަބަލަ ކިހިނެއްތޯ އޮތީ އެމީހުންގެ ހުށެއްނެއް ހޮވާމީހުން ބުރާންތިވީމަ ވާގޮއިތް