ކޮޗިންގެ މަގެއް.
02 ޖުލައި 2025 - 12:26
ޑޮކްޓަރަށް ދައްކަން އިންޑިއާގެ ކޮޗިން އަށް ދިޔަ ދިވެހި އާއިލާއަކާ އެކު ގެންދިޔަ ނޭޕާލު މީހަކު، އެ މީހުން ކޮޓަރީގައި ބަހައްޓާފައި ހުރި 1،500 ޑޮލަރު ވަގަށް ނަގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެކަން ދިމާވި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި އެކަން ހިނގީ މިދިޔަ މަހު ބައްޕަގެ އޮޕަރޭޝަނަކަށް ކޮޗިން އަށް ގޮސް އުޅެނިކޮށް ކަމަށެވެ.
އެކަަމަކު އޮޕަރޭޝަން ނުކުރެވި ކޮޗިންގައި މަޑުކުރަންޖެހޭ މުއްދަތު އިތުރުވުމުން، ބައްޕަގެ ކަންކަމުގައި އެހީތެރިކަން އެހީވާން ނޭޕާލުގެ އަންޖަން ނަމަކަށް ކިޔާ މީހަކު ރާއްޖެ ގެނެސް، ފަހުން އިންޑިއާއަށް ދިޔައީ އޭނާ ގޮވައިގެން ކަމަށް ނަޒޫ ލިޔުއްވާފައިވެ އެވެ.
ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި ކޮންމެ ރެއަކު ވެސް ބައްޕަ ކައިރީ ޑިއުޓީގައި ތިބެނީ ނަޒޫ އާއި ދައްތަގެ އިތުރުން އެ ނޭޕާލު މީހާ އެވެ. އެކަމަކު އެ މީހުން ތިބޭ އެޕާޓްމަންޓަށް، ފެންވަރައި ރީތިވާން އެ މީހާ އަބަދުވެސް ފޮނުވާ ކަމަށް ލިޔެފައިވެ އެވެ. އެކަމަކު އެއް ދުވަހު އެޕާޓްމަންޓަށް ދިޔަ ގޮތަށް އެނބުރި ނައިސްގެން ބެލި އިރު، ބައެއް ފައިސާއާ އެކު ފިލީކަން އެނގުނީ އެވެ.
"ކަންދިމާކުރި ގޮތުން އެ ދުވަހު ދިޔަގޮތަށް އޭނާގެ ޚަބަރެއް ނުވި އެވެ. ސީސީޓީވީ ފުޓޭޖު ބެލިއިރު ހަމަޖެހިލައިގެން ފިލަނީ އެވެ. ދެން އަތް ދަބަސް ބެލިއިރު އޭނާ ވަނީ ބޭސްފަރުވާގެ ކަންކަމަށް ގެންދިޔަ ފައިސާ އިން ގިނަ އަދަދެއް ހިފައިގެން ފިލާފަ އެވެ،"
ނަޒޫގެ ޕޯސްޓުގައި ވަނީ އެކަން އިންޑިއާގެ ފުލުހުންނަށް ހުށަހެޅުމުން، މައްސަލަ ބަަލައި އެހީތެރިވި ކަމަށެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ޖޫން މަހުގެ 13 ގައި ހިނގި އެ ހާދިސާއާ ގުޅިގެން 23 އަހަރުގެ އަންޖަން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ނެގި ފައިސާގެ އަދަދު 1،500 ޑޮލަރަށް އަރާ ކަމަށް ވެސް ބުންޏެެވެ.
ފޯނު ޓްރޭސްކޮށްގެން އޭނާ ހޯދީ މުމްބާއީގެ ބޭރުގައި އޮންނަ ސިޓީއެއް ކަމަށްވާ ތާނޭ އިންނެވެ. އެއީ ކޮޗިންއާ 1,439 ކިލޯ މީޓަރު ދުރެވެ. އެއްގަމު މަގުން ދަތުރުކުރާ ނަމަ ވެސް އެ ހިސާބަށް ދިއުމަށް 27 ގަޑިއިރު ހޭދަވެ އެވެ.
އޭނާ ހޯދަން ދެ ދުވަސްވަންދެން ކުރި މަސައްކަތަށް ފަހު ފެނުނީ އެތަނުގެ ރިސޯޓެއްގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރަނިކޮށް ކަމަށް ނޫސްތަކުގައިވެ އެވެ.
އޭނާ ވަނީ ވަގަށް ނެގި ފައިސާގެ އެއްބައި ނޭޕާލަށް ފޮނުވައި އަދި އަނެއް ބައި ބޭނުންކޮށްފައިވާ ކަމަށް ތަހުގީގުގައި އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ
03 July 2025
މިމާލެތެއަކުން ލާހިކެއް ނޫން ހޯދާކައް... މިގައުމަކުން ފުލުހުންނަކައްވެސް ކުރެވޭނެ ކަމެއް ނޯންނާނެ... މީ ފިސާރި ގައުމެއް... ޖެހޭނީ ހަނދާން ނައްތާލަން...
އައިމިނާ
02 July 2025
ތެދެއް. އެތަނުގެޕޮލިސްސްޓޭޝަނެކޭ މި ކޮޅު ގުދަނެކޭ ވާނީ އެއްވަރު. މި ކޮޅު އިންސާނީވަސީލަތް ސުމެއް. ޢުމްރާނީ ތަރައްގީ އެއްވަނަ. ޒަމާނީ ފެންވަރުގެ އިމާރާތް. މަސައްކަތް 18 ވަނަ ގަރުނުގައި.
ވެންގަބޯ
02 July 2025
ސިނާއީ މަސައްކަތްކުރަން ނޫނީ ބޭރު ފިރިހެނުން ނުގެނެވޭނެ ގޮތް ހަދަންވީ މި ރާއްޖޭގެ މިހާރު މިވަނީ ސަދޫމް ސިޓީއަކަށް ބަދަލުވެފައި ބޭރު އަންހެން ކުދިން ބޭނުން ކޮއްގެން މިއުޅޭ ބޭރު ބަނގުލަދޭޝް ފިރިހެނުން ހަށިވިއްކުވާ އެބަ ހުޅުމާލޭގައި ޗައިނާ ޓައުނުގައީ ބޭރު އަންހެނުން މަސައްކަތް ކުރަން ނާދެވޭނޭ ގޮތައްހަދަންވީީ އޭރުން މަޖުބޫރު ވާނޭ ކަންކަންކުރަން ދިވެހިންނަށް ވަރަށް ފާޅުގައި މިކަން ކުރާމީހުން އެބައުޅޭ ޗައިނާ ސަރަހައްދުގައި އެޖެންުޓުނަނީ ބަންގާޅިން
ވެންގަބޯ
02 July 2025
ސިނާއީ މަސައްކަތްކުރަން ނޫނީ ބޭރު ފިރިހެނުން ނުގެނެވޭނެ ގޮތް ހަދަންވީ މި ރާއްޖޭގެ މިހާރު މިވަނީ ސަދޫމް ސިޓީއަކަށް ބަދަލުވެފައި ބޭރު އަންހެން ކުދިން ބޭނުން ކޮއްގެން މިއުޅޭ ބޭރު ބަނގުލަދޭޝް ފިރިހެނުން ހަށިވިއްކުވާ އެބަ ހުޅުމާލޭގައި ޗައިނާ ޓައުނުގައީ ބޭރު އަންހެނުން މަސައްކަތް ކުރަން ނާދެވޭނޭ ގޮތައްހަދަންވީީ އޭރުން މަޖުބޫރު ވާނޭ ކަންކަންކުރަން ދިވެހިންނަށް ވަރަށް ފާޅުގައި މިކަން ކުރާމީހުން އެބައުޅޭ ޗައިނާ ސަރަހައްދުގައި އެޖެންުޓުނަނީ ބަންގާޅިން
ގައުމެއްނެތް
02 July 2025
ތަންތަނުގެ ސެކިއުރިޓީ ބަލަހަންޓަން ފޯރިމަރަން ބޭތިއްބީމައި ޓިކްޓޮކް ބަލަން ތިބޭބައަކަށް ކޮންކަމެއްވާނީ. އެފަދަ މީހުން މަސައްކަތުގެ މާހައުލުގައި އުޅެންޖެހޭނެ ގޮތާއި ސުލޫކެއްވެސް ނޯންނަނީކަންނޭގެ؟ ވާގޮތަކީ ގައުމުގައި ގަވާއިދުތައް މާބޮޑަށް ރިލެކްސްކޮށްފައި އޮންނަނީ. ކަންކަން ވަރަށްފަސޭހަ. މިހެން އުޅޭ ތަންކޮޅެއް ނުލަފާވަައްތަރު މީހަކު ތީގެ ހޮޓަލަކަށްވަދެ ކޯފީއެއްބޮއި ފެގެއްޖަހާލިޔަސް ތީމަނާކަމެކޭ ބުނަކެރޭ މީހަކުވެސް ނުހުންނާނެ. އެއީމިގައުމުގެ ހާލަތު
އައިމިނާ
02 July 2025
ދުނިޔޭގެ އެއްމެ އާބާދީބޮޑު އެއްގައުމު މިއީ. އެ ހޯދާލީ ވަގު. މިގައުމުގެ ޕޮލިހުންނަށް ފޯނުޓްރޭސް ނުވެސް ކުރެވޭ. ކުރިޔަސް އެތައް އަހަރެއް ނަގާނެ. އެ ދާއިރާއިން ކިޔަވައިގެން ތިބި މޮޅެތިކުދިން އެބަތިބި. ކަމެއް ނުކުރެވޭ.
ސަލީމު އިދުރީސް
02 July 2025
މިގައުމުގެ ފުލުންނައް ބޮޑު މުސާރައާ އަބިދަރިންގެ މެޑިކަލު އިސްރެންސު ދީގެން އުޅޭއިރު ރައްޔިތަކައައް ފައިދާވާނެ ކަމެއްނުކުރޭ!
ގުދުގުދާބެއްޔާ
02 July 2025
ނުކުރާނެ! އެ ޕޮލިސް ކާރުގަނޑުގައި މާލެ/ހުޅުމާލޭގައި ބުރުޖެހުން ނޫން ކަމެއް ނުކުރޭ! ދެން ޗެކްޕޮއިންޓް ހަދައިގެން ތިބެ ބަލަނީ ސައިކަލްގަ އިސްޓިކާ ހަމަތޯ!
ގަނޑިއަ
02 July 2025
އެބުނާހެން އެއީ އެއްބިލިއަން މީހުން އުޅޭގައުމެކޭ މިގައުމު މިއުޅެނީ އަދި 6 ލައްކަ މީހުން ހަމަނުވެގެން. މިތަނުން މިހަކު އަތުލަން ނުލާހިކު ފަސޭހަވާނެ. ފަސޭހައިން ނުބެޗޭނެ ރަށްވަށައި ކަނޑު، އެންމެ ކާރި ރަށަށްވެސް ދާން ޖެހޭނީ ކަނޑު ހުރަސްކޮށް މިފަދު މުހިންމު ނެޗުރަލް ބެރިޔާތަކާއެކުވެސް އަހަރުމެން ގެ ފުލުހުންނަށް ކަމެއް ނުވޭ، އުޅޭތަނެއްވެސް ގެއެއްވެސް ހިސާބެއްވެސް ނޭގޭ. މިހާ ވަރުގަދަ ޓެކްނޮލޮޖީގެ ޒަމާނުގައިވެސް އެމީހުން އުޅެނީ ވާނުވާއެއްގައި
ޖުއްބާ
02 July 2025
މީ ދިވެހި ފުލުހުން ފިލާވަޅުނަގަންޖެހޭ ހާދިސާއެއް.
އަޝްރަފް ނަގްރަތު
02 July 2025
ނޭޕާލް، ބަންގާޅީން މީ އެންމެ އައިކިޔު ދަށް މީހުން. މީގެމީހުން މުޅިރާއްޖޭގައި
ޏާއްކޮ
02 July 2025
ރޭސިސްޓު ވިޔަސް ބޮޑުވަރު އެއިންސްޓެއިން. ބަންގާޅި ނޭޕާލް ކިތައް ސައިންޓިސްޓުން އުޅޭތޯ ބަލާބަލަ... ޔަގީން ދިވެހިންނަށް ނުވެސް އިނގޭ އެތައް ދާއިރާއަކުން ސްޕެޝަލައިޒްޑ މީހުން އެގައުމުތަކުގަ ތިބޭނެ. ދިވެހިންގެ ބޮޑާކަން މެކުހަށް
ގުދުގުދާބެއްޔާ
02 July 2025
އައިކިއު ދަށް ކަމަށް ނޭގެ ޔޫސޭގެ ޑުރާމާގައި " ވަގެއް ވަގެއް ވަގެއް އެގެންދިޔައީ މަގޭލާރިކޮޅު" މިހެން ބުނެފާ ގަޑި އެބާލާފަ އެނެގީ" އޭނާވެސް ފެންވަރަން ފޮނުވާފަ މުޅި އެޕާރޓްމަންޓް ހިތަކަށް ދިނީ މާ ވާނީ މިހެން!