"ރިބާގައި ޝާމިލްވާ އެންމެން ފާފަވެރިވޭ. އެއީ މުދަލުގެ ބަރަކާތް ކެނޑި ދިރިއުޅުން ނުތަނަވަސްވެ، މުދަލާއި ފައިސާއަށް ދަހިވެތިކަން އިތުރުކުރުވާ ވަބާއެއް."
އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދުކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 ޖުލައި 2025 - 13:07
ރިބާގައި ޝާމިލްވާ އެންމެން ފާފަވެރިވެ، މުދަލުގެ ބަރަކާތް ކެނޑޭ ކަމަށާއި އެންމެ ހެޔޮ ގޮތަކީ ޝައްކާއި ވަހުމް އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމާ ދުރުވެ ޝައްކު ކަމެއް ނެތް ހުއްދަ މުއާމަލާތްތަކަށް ރުޖޫއަވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ އިސްލާމް ދީނުގެ އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ރިބާ އާއި އޭގެ ނުބައިކަމުގެ މައްޗަށެެވެ.
ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރަށް ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެެކެވެ. -- ޚުތުބާ
ހުތުބާގައި ބުނީ އިސްލާމްދީނުގައި އަޅުކަންތަކަށް އިސްކަންދީފައިވާ ފަދައިން މުއާމަލާތުގެ ބަޔަށް ވެސް އިސްކަންދީފައިވާ ކަމަށާއި އެހެންކަމުން އިންސާނާގެ ހަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތްތަކާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށެވެ.
ހުތުބާގައި ބުނި ގޮތުގައި ބަވަނަވެފައިވާ ދުނިޔެއެއްގައި މުޅި އިގްތިސާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތްއިރު މާލީ މުއާމަލާތްތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ކަންކަމުން ސަލާމަތްވާންޖެހެ އެވެ.
ރިބާ ކާ މީހާ ފާފަވެރިވާ ފަދައިން އެކަމުގައި ޝާމިލްވާ އެންމެން ވެސް ފާފަވެރިވެ އެވެ.
މީގެ ކުރިން މަޖުބޫރު ހާލަތުގައި ތިބެ ރިބާ ހިމެނޭ ލޯނުތަކާއި އިންޝުއަރެންސް ނަގަން ޖެހުނު ކަމުގައި ވިޔަސް މިއަދު ވަނީ އިސްލާމީ އުސޫލުން ހިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް ރާއްޖެއާއި ދުނިޔެއަށް ވެސް ތައާރަފުވެފައި ކަމަށެވެ.
\އިސްލާމީ މަރުކަޒުގައި މީހަކު ގުރުއާން ކިޔަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
"ރިބާ އާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުއާމަލާތްތައް ހިންގާ ބޭންކުތަކާއި ތަކާފުލް ކުންފުނިތަކާއި މުއައްސަސާތައް ނުހިންގޭނެ ކަމަށް ބަޔަކު ދުށް ޒަމާން ވަނީ މިއަދު މާޒީވެފައި،" ޚުތުބާގައިވެ އެވެ.
އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ބޭންކުތައް އެބަހުރި ކަމަށާއި އެހެންވީމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އެ މަގުން ދިއުމަށް ނަސޭހަތްތެރިވި އެވެ.
ރިބާ ހަރާމްކުރީ އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމައު ސަލާމަތްކުރުމަށް ކަމަށް ހުތުބާގައި ބުންޏެެވެ.
ހުތުބާގައި ބުނި ގޮތުގައި ރިބާ ކާމީހާ ފާފަވެރިވާ ފަދައިން އެކަމުގައި ޝާމިލުވާ އެހެން މީހުން ވެސް ފާފަވެރިވެ އެވެ. މާތް ނަބިއްޔާ ވަނީ ރިބާ ކާމީހާ އާއި ރިބާ ދޭ މީހާ އާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ލިޔާ މީހާ އާއި އެކަމަށް ހެކިވާ މީހުން ހިމެނޭ ގޮތަށް، އެ އެންމެނަކީ ފާފައިގައި ހަމަހަމަ ބައެއްކަމަށާއި އެ އެންމެނަށް މާތްﷲގެ ލައުނަތް ހުރިކަން އިންޒާރު ކުރައްވާފައި ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ރިބާއަކީ މުދަލުގެ ބަރަކާތް ވެސް ކަނޑުވާލާ އެއްޗެއް ކަމަށެވެ.
"ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރަށް ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެެކެވެ،" ކީރިތި ގުރުއާނުގައި ރިބާއާ ދުރުހެލިވުމަށް އަންގަވާފައިވާ އެތައް އާޔަތެއްވާކަން ފާހަގަކޮށް ހުތުބާގައި ބުންޏެވެ.
އެހެންވެ، ހުތުބާގައި ނަސޭހަތްތެރިވީ ކެއުމުގައި ވެސް ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭ ގޮތަށް އެ ތަކެތި ގަތުމުގައި ވެސް ހަލާލު ފައިސާ ބޭނުންކުރުމަށެވެ. އަނބިދަރިންނަށް ކެއުމާއި އަންނައުނާއި ބޯހިޔާވަހިކަން ފޯރުކޮށްދެއިރު ރިބާގެ މުއާމަލާތުން ހޯދި ފައިސާ އިން ގަނެ އެތަކެތި ފޯރުކޮށް ނުދިނުމަށެވެ.
ހުތުބާގައި ބުނީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގިނަ ކާރިސާތައް މެދުވެރިވީ ސަބަބަކަށް ރިބާވެފައިވާ ކަމަށެވެ. ރިބާގެ ސަބަބުން އިގްތިސާދީ ނަފާވެރިކަން މަދު ބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނަން ޖެހޭ އިގްތިސާދީ އަދުލުވެރިކަން ނެތިކޮށްލާ ކަމަށެވެ.
އެ ސަބަބުތަކާ ހުރެ، ރިބާގެ ނުރައްކާތެރި ވަބާ އިން މުޅި އިގްތިސާދީ ނިޒާމު ސަލާމަތްކުރުމަކީ މިއަދު މުޅި މުޖުތަމައުގެ ހައްގުގައި އަހަރެމެން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
05 July 2025
އިސްލާމީ އުސޫލުން ވިއްކާ ތަކެއްޗައް ފައިދާގެ ގޮތުގަ ލެވޭނީ އެގަތް އަގާ އޭގެޚަރަދައްވާފައިސާގެ ތެރެއަށް %10 ލައިގެން ވިއްކަންޖެހޭނީ! %100 %200 ލައިގެން ވިއްކާނަމަ އެވެސް ވާނީ ރިބާއަށް!
އަފްލާތޫން
05 July 2025
މީކީ ރަނާއި ރިހިން މުދާދޭ ޒަމާނެއްނޫން. ރަނަކީ ރަން، ރިއްސަކީ ރިހި، އެކަމަކު ފައިސާނޫޓުތަކަކީ ޕްރިންޓްކޮށްފަ ހުންނަ ޕޭޕަރު. އެޔަކީ ހަގީގަތުގަ ވެލިއުހުރި އެއްޗެއްނޫން. މާދަންވެސް ދިވެހިކަރަންސީ ވެއްޓިއްޖެޔާ ބޭންކް ބެލެންސްގަ މިސާލަކަށް ހުރި 1 މިލިއަން ރުފިޔާއަކީ އެއްވެސް އެއްޗެއްނޫން. މިކަންމިއަށްވުރެ ސާފުކޮށްދެންތަ؟ މީގެ 1 އަހަރުކުރިން 100 ރުފިޔާއަށް ކުރެވުނު ކަންތައް މިއަދު ކުރެވޭނީ 110 ނޫނީ 120އަށް. މިއިތުރުވުމަކީ ޤުރުއާނުގަ އޮތް ރިބާއެއްނޫން
ވިސްނާލާ!
05 July 2025
ސ.އިދުރީސް! އެއްވެސް ކަމެއްގައި، ދީނީވިޔަސް އެބުނާއެއްޗެއްގައި, ޢިލްމީ ބުރަދަނެއް ހުންނަނީ ނުވަތަ ތެދަކަށް ވަނީ، އެ ބުނާ އެއްޗަކަށް، އިތުބާރުހުރި ރިފަރެންސް ދިނީމައެވެ. އެހެންނޫނީ އެބުނާއެއްޗެއް ވަނީ ދޮގަށް ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ރަބިޝްއަށެވެ. ވީމާ، މި ހަމައިން ތިޔަ ބޭފުޅާ ވިދާޅުވި "މޭބިސްކަދުރު" ވާހަކައިގާ، ދީނުގައި އޮތީ މިހެންނޭ ވިދާޅުވި ވިދާޅުވުން ވަނީ، ދޮގަކަށް ނުވަތަ ރަބިޝްއަށް ދޮގެއްތޯއެވެ!
ވިސްނާލާ!
05 July 2025
މައްސަލައެއް ނެތް! ހައްދުފަހަނަ އެޅި ވިސްނުމުގެ މީހުން އެބަ ބުނޭ ބޭންކް އިންޓްރަސްޓަކީ ރިބާއޭ! އެމީހުންނަށް އެކަން ސާބިތުކޮށެއް ނުދެވޭ! ދެން އެބަ ބުނޭ ނޮން މުސްލިމު ނޫން މީހުންގެ ބޭނުމަށް ރިސޯޓްތަކުގައި ވިއްކާ ބަނގު ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށް! އެކަން ވެސް "އެ" މީހުންނަށް ސާބިތުކޮށް ނުދެވޭ! ބަލަ އެނގޭބާ ސައޫދީ، އިންޑޮނޭޝިޔާ، މެލޭޝިޔާ، މިސުރު.... ވަކި ގައުމެއް ކިޔާނެކަމެއް ނެތް، ދުނިޔޭގައި އެއްވެސް ގައުމެއް އެބައޮތްބާ، ބަނގުރަލާއި އޫރުމަސް ނުލިބޭ އަދި ބޭންކް އިންޓްރަސްޓް ނުނަގާ ގައުމެއް؟
އެވަރުބަޔެއް މިސާލަށް ނަގަން ސަޅި.
05 July 2025
ސައުދީގެ މިހާރުތިބި ގުރޫޕް ހަނގުރާމަކޮށް ވެރިކަންލިބުނީމަ އެމީހުންގެ ވެރިކަން ދިފާއުކުރަން އެމެރިކާ އިނގިރޭސިންނަށް ބައިއަތު ހިފާ ދީނާ މިއްލަތް ވިއްކައިގެން ތިބިބަޔެއް. ފަލަަސްތީނުގަ އެހިންގާ ގަތުލު އާންމަށް މުސްލިމު ބެލެނެވެރި ދައުލަތުގެ ހައިސިއްޔަތުން ބަހެއް ބުނެލަން ނުކެރި، އަދި މިކަމުގެ މޭސްތިރިން އައީމަ އުޅޭލެއް ލޯބިކަން ފެނުނީމަ ދީން އެމީހުންގެ ކިބައިގަ ހުރިވަރު އިނގޭ ދެއްތޮ؟
ސަލީމު އިދުރީސް
05 July 2025
ބަލަ ދީންބަލަނީ ގައުމު ތަކައްތޯ ނުވަދަ ދީނުގަ ސީދާ އެކަން އޮތްގޮތައްތޯ؟ ބަނގުރަލުގެހުކުމަކީ އުފައްދަން މޭބިސް ކަދުރު ކަނޑާ ހަމައިން ވިއްކާ އުފުލުމާ ބުއިމާ ހަރާން ވާގޮތައް! މިސާލަކައް އުފުއްލާ ސަޕުލައި ދޯނިކައްފިއާ ފަޅުވެރިންނާ ރިސޯޓުތަކިގެ ވޭޓަރުންނާ މިނީބާއައް އުފުއްލާ ރޫންބޯއިންނާ ވިއްކީމަ ޓެކުސްފައިސާ ބަލައިގަނަމީހުނާ އަދި ހުރިހާގޮތަކުން ދިރިއުޅުމުގެ ބޭނުންތައް ފުއްދާމީ މީހުނައް ސީދާ ހަރާންމު ކަމައް ދީނުގަ އޮތީ؟
ސއދބ
05 July 2025
ސަލީމު އިދުރީސް! ބަނގުރާ ވިއްކަނީ ދިވެހިންނަށްތަ؟ އަނެއްކާ ބާ ގައި ދިވެހިން މަސައްކަތް ކުރުމަކީ ވެސް މަނާކަމެއް! ވީމާ، ރިސޯޓްތަކަށް އަންނަ މީހުންގެ ބޭނުމަށް އެ ބޭނުންކުރާ މީހުންގެ ދީނުގައި ހުއްދަ އެއްޗެއް އެމީހުން އިންސާފުކުރުމަށް ބެހެއްޓުމަކީ، އިސްލާމު ދީނުގައި މަނާކުރައްވާފައިވާ ކަމެއް ކަމަށް ބުނެވިދާނެބާ؟
ސަލީމު އިދުރީސް
05 July 2025
ދެން އެހެންވިއާ ބުނެބަލަ ވިއްކި މީހެކޭ ބުއިމީހެކޭ ހަމަހަމަ ވާގޮތް! ދީނަކު ނޯވޭ ވަކިތަނަކު މުސްލިމަ ވަކި ބަކައް ބަނގުރާ ވިއްކުން ހަލާލު ވާހަކައެއް! އެންވީއިރު ސަރުކާރުން މިހާރު އޮތް ޓުއަރިޒަމު ހަރާން ކަމައް ދޭހަވާ ގޮތައް ރައްޔިތުން ކައިރީގަ ބުނަނީ ކީއްވެތޯ! ތިއޭ މަސްލަކީ ކަމެއް ބޭނުންވީމަ ބޭނުން ވާގޮތައް ދީލާލުން
މުއްސަދިން ފަގީރުންނަށް ވާ އެހީއެއް. ފެލާލުމެއް ނޫން.
05 July 2025
ބޭންކްގެ ބޭނުމަކީ މުއްސަނދި ވުން ކަމަށްވެއްޖެއްޔާ މިހާރު ތިނަގާ ރޭޓްތަށްވެސް މާކުޑަ، އެކަމަކު ފައިސާ ރަައްކާކޮށްފަ ބަހައްޓާ ބަޔެއްގެ ހައިސިއްޔަތުން، އެނެގި އެމައުންޓެއް ދައްކާ، ކަންކަން ނުވެ ތިބިބަޔެއްގެ ހާޖައްތަށް ފުދޭނަމަ އެވީ. އެއީ އެއްނޫންތޯ އިސްލާމިކް ބޭންކިންއަކީ. ޔަހޫދީން ބޭންކް ކިޔަވައިދީ، އޭތި ދީނަށް މޮޑިފައިކުރީމަ ހުންނާނީ ޒަމާނީ އިސްލާމީ ބޭންކަކަށްވެފަ ދެއްތޮ.
އަދަބު6
05 July 2025
ފެންނަނީ އިންޓަރެސްޓް ނުނެގޭނެކަމަށް ޤާނޫނަކުން ކަނޑައަޅަން. އެކަމާ އިސްލާމިކް މިނިސްޓްރީއިން އުޅެދެއްވީމާ އެންމެ މަޞްލަޙަތު ބޮޑުވާނީ. ވައްކަންކުރުން، ޓެކުން ފޭރުން ފަދަ ނުބައި ކަންތައް ޤާނޫނުލް ޢުޤޫބާތުގައި ބަޔާންވެފައިވާއިރު، ޚުތުބާގައި އެބުނާފަދަ ނުބައިކަމެއް ރާއްޖޭގައި ހިނގަންޏާ، އެބަޖެހޭ ޤާނޫނުލް ޢުޤޫބާތުގައި އެއީ ކުށެއްކަމަށް ލިޔެ އަދަބު ކަނޑައަޅަން.
ހެހެެހެހެހެ
05 July 2025
ރީތިކޮށް ބަނޑަށް ޖައްސާލީ ދެއްތޮ. ތި ކޮމެންޓްއަކީވެސް އިގްތިސާދީ ބަގާވާތެއް.
މަނާމިހާރު
05 July 2025
ޖާހިލިއްޔަ ޒަމާނުގައި ރިބާ ނަގައި އުޅުނުކަމަށް ތާރީޚުން އެނގޭ، އަދި ކީރިތި ޤުރްއާންގައި ބަޔާންވެފައިވާ ބީދައިން މިޒަމާނުގައި ލޯނުދިނުމާއި ލޯނަށް އިންޓަރެސްޓް ނެގުމަކީ ބޭންކިންގ ޤާނޫނުގެ ދަށުން މަނާކަމެކޭ. ވީމާ ކޮބައިތޯ މައްސަލައަކީ.
ސޮބީހާ
04 July 2025
މިސްތަކުން ތެރޭގަ އާންމުވެފައޮންނަ ކަމެއް އެއީ ހަރާމް ނުވަތަ ހުއްދަނޫންކަމެއްކަމަށް ވާނަމަ އަލިފުން ޔާޔައް ތަފްްސީލްކުރަން ޖެހޭ،
ސަލީމު އިދުރީސް
04 July 2025
ރިބާއަކީ ކޮބައިތޯ ބަހުސް ކުރީމައްވުރެ ރަނގަޅުވާނެ ކަނޑަޅިގެން ހަރާމް ކަމެއްކަން އެނގޭ ބަނގުރާވިއްކުން ހުއްޓުވާލިއާ! އެއީ ކިހާފަސޭހަ ކަމެއްތޯ ސަރުކާރައް މަޖިލީހުގެ މެޖޯރިޓީ އޮތީމަ ސަލަފުން ދުވަހަކުވެސް އެވާހަކަ ނުދައްކަނީ ދީނުގެ ނަމުގަ ހަކާތް ތެރިވާ ސިއާސީ ބަޔަކައްވާތި