06 ޖުލައި 2025 - 16:04
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުން ފަސް މަހުން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ އާ ބަޔަކު ހޯދަން ތައްޔާރުވެއްޖެ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ހެދި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އެގްރިމެންޓު ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާތިލްކޮށްފައި. އެއީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން. މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ.
— Adam Shareef Umar (@Adamshareefz) July 6, 2025
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ އަދި ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަލީ ޝަރީފެވެ.
އާދަމް ޝަރީފް ވިދާޅުވީ، މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ ހެދި އެއްބަސްވުން ބާތިލް ކުރުމާ އެކު، އާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް މިހާރު ލިބިފައިވާ ކަމަށެވެ. އެ ފޯމުތައް އިވެލުއޭޓުކޮށް ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އޭރު ވިދާޅުވީ ކައުންސިލްތަކުގެ އާ އިމާރާތް އަޅަން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް، މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ ކަމެއް ނުކުރެވެ އެވެ.
ތާވަލާ އެއްގޮތަށް ހިނގައްޖެ ނަމަ ދެ އަހަރާ ބައިގެ ތެރޭގައި ކައުންސިލް އިދާރާތައް އިމާރާތްކޮށް ނިމޭނެ މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1ަހަސަނާ
06 July 2025
ތިހުރިހާ ރަށެއް އެއްކޮށްލުމުގެ ބަދަލު، ވަކިވަކިން ގިނަކުންފުނިތަކަކުން ތިމަސައްކަތް ކުރެވޭނެ ގޮތް ހެދުން މާ ރަނގަޅުވާނެ. އޭރުން ގިނަ ކުންފުނިތަކަކަށް ކުރިއެރުން ލިބޭނެ!
ކުދުބެއްޔާ
06 July 2025
ބެއްޔާއަށްހީވަނީ އައްޔަގެ "ހުށައެޅުން" ކުޑަވީހެން
ބޮޑުބެގެ ބެއްޔާ
06 July 2025
ކަޓުގެ މައްސަލަހެން ހީވަނީ ބޮޑަށް.
ޅަތީބީ
06 July 2025
ކަޓު ބަލާ މެލޭޝިޔާއަށް ވަޑައިގެން ވަޒީރަށް ރުހޭ ޖަވާބެއް ނުލިބުނީ ކަމަށް ރަށުތެރޭ އެބަކިޔާ. ވަޒީރުންނާއި ރައީސް އޮފީހުގެ އަރިސް ބޭފުޅުންގެ ފައިސާގެ ކޯޅުމުގެ ތެރެއިން އޮއްސުނު ސަފުހާއެއް. ނިކަން ތެދު ހާމަވާނެ ދުވަހަކަށް (ގިޔާމަތް ދުވަސް) އިންތިޒާރު ކުރަމާ ބަހީ
މަ ބުނާ
06 July 2025
ބަދަލުދޭން ޖެހޭނީ 2028 ގައި ވެރިކަމާހަވާލުވާ ސަރުކާރަށެވެ އަދި ކައުންސިލްތަކުން ބިޑުވިއްކުވައި ހަރަދުކޮށް ބިޑުތައްޔާރުކޮށް ދަތުރުކޮށް ހުށައެޅި ބިޑު ތިބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭނީ ދެންއަންނަ ސަރުކާރަށެވެ ނާގާބިލު މީހުންނަކަށް އެކަމުން ނުކުރެވޭނެއެވެ !
މަ ބުނީ
06 July 2025
މިކަމުންވެސް ގެންލުން ލިބުނީ މިހާރު ބަންގުރޫޓު ވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ ނަފާވީ ސަރުކާރަށެވެ އެއީ ބޮޑުއަގުގައި ބޮޑު ވިއްކައިގެން ބޮޑުނަފާއެއް ސަރުކާރުން ވަނީ ހޯދާފަ އެވެ ! ސަބަބެވެ ހަމަތިވަރެންނެތެވެ !
ބަބްސް
06 July 2025
އަބަދުވެސް ބަދަލު ނަގާނީ ދެންއަންނަ ސަރުކާރުގެ ތެރެއިން. މިއީ އަބަދުވެސް މިކަން ކުރާގޮތަކީ. ހެޔޮވަރުގެ އެއްޗެއް ނަގާނެ. ހުސް ރޭވިގެން ކުރާކަންކަން.
އެޗް އެމް
06 July 2025
މިސަރުކާރަކީ ރައޔަތުންނަށްޓަކައި ބާޠިލުކުރަން ޖެހިއްޖެނަމަ ފަސްޖެހުމެއްނެތި އެއްބަސްވުންތައް ބާޠިލު ވެސް ކުރާނެ ސަރުކާރެއް.
އަފްރާސިޔާބު
06 July 2025
ތިޔަބުނީ ހޯކޮށް. މިސަރުކާރަކީ ރައްޔިތުންނަށްޓަކައި ހުރިހާކަމެއްވެސް ފަސްޖެހުމެއްނެތި އެއްބަސްވުންތައް ހަދައި އެއްބަސްވުންތަކުން ރައްޔިތުންނަށް މަންފާއެއްނުކޮށް ކަޓުނަގާނެ ސަރުކާރެއް. ދެންވެސް ހަދާނެ 100 ރަށުގެ ރައްޔިތުންނަށް އިމާރާތްތަކެއް އަޅާދޭން. ކޮންމެ ކަމެއްވެސް މަސްދަޅަށް.
ފަރުހާދު51
06 July 2025
ދަމުން ދަމުން ގޮސް ރައްޔަތުން ބާތިލް ނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅު
ސުލްތާނާ
06 July 2025
ހެކްސްޓާ ގްލޯބަލް ބެރްހާޑަކީ އެގްރޯކެމިކަލް އަދި ގަސްކާނާ ޕްރޮޑަކްޓް އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރުމަށް ޚާއްސަ ޓްރޭޑިން ކުންފުންޏެކެވެ. މި ކުންފުނީގެ ނަންބޭނުން ކޮށްގެން އަލީ ޝަރީފް ކިޔާ މީހަކު ވަނީ އޮކްޓޯބަރ 2024 ގައި ކޮމްޕެނީ ރަޖިސްޓަރ ކޮށްފައި. ކަމުގެ އިލްމާ ހިލްމު ހެރެގެންތާ ބީލަން ލާ ސޮއިކުރަން ޖެހޭނީ. ސަރުކާރުގެ ވުޒާރާތަކުން ޑިއުޑެލިޖެންސް ހަދަންޖެހޭނެ މިކަހަލަ ކަންކަން ހުއްޓުވަން.
ނިއުމާ ބަދީއު
06 July 2025
ފައިސާ އިގުތިސޯދުގައި ހަރުލައްވަން ދިވެހި ކުންފުނި ތަކާ 55 އިމާރާތް ހަވާލު ކުރޭ. ދިވެހީންނަށް އެ ފައިސާ ލިބޭނެ އޭރުން. މެޓީރިއަލްސް އެސްޓީއޯ މެދުވެރިކޮށް އަގު ހެޔޮކޮށް ސަޕުލައި ކޮށްގެން މި ކަންވާނެ.