ރައީސް ޑރ. މުހައްމަދު މުއިއްުޒު މިދިޔަ މަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި އުޅޭ ދިވެހިންނާއި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާއެއް.--
08 ޖުލައި 2025 - 18:20
މެލޭޝިއާގައި ކިޔަވާ އެހެން ގައުމުތަކުގެ ކުދިންގެ އަތުން ނަގަން އެ ގައުމުން ނިންމި ޓެކްސް ފައިސާ އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މެލޭޝިއާގެ އަމިއްލަ ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ޕްރީ ސްކޫލް އަދި އެހެނިހެން ތައުލީމު އުގަންނައިދޭ ތަންތަނުގައި ކިޔަވާ އެހެން ގައުމުތަކުގެ ކުދިންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ އަގުބޮޑު ބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ކުދިންގެ އަތުން ހަ ޕަސެންޓުގެ ޓެކްސްއެއް ނަގަން ވަނީ ނިންމައިފަ އެވެ.
ހަޔާަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުން އަންނަ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުން އަންނަ ކަމަށެވެ.
"އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލާޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ގެންދާނީ ދޫކުރަމުން،" މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައިވެ އެވެ.
މެލޭޝިއާއިން 2015 ވަނަ އަހަރު އެކުލަވާލި އެޑިއުކޭޝަން ތަރައްގީ ކުރުމުގެ ގައުމީ ޕްލޭންގެ ދަށުން، މި އަހަރުގެ ނިޔަލަށް ބޭރުގެ 250،000 ދަރިވަރުންނަށް އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފަ އެވެ. މި ޓެކްސްގެ ސަބަބުން އެ އަމާޒަށް ވާސިލްވާން ދަތިވާނެ ކަމަށް އެ ގައުމުގެ ތަޖުރިބާކާރުން ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
09 July 2025
ރައީސް ރައްރަށަށް ވަޑައިގަންނަވާ އިރު އެރަށުން ދިމާވާ ކުދިވެރަން ފުޓްސެލް ދަނޑެއް އަޅައިދޭށޭ ބުނާއިރަށް ކައިރީގައި ހުންނަ މިނިސްޓަރައް ގޮވާލައްވާފައި ވަގުތުން އެކަން ހަމަޖެހޭ ނަމަވެސް ކިޔަވާ ކުދިންނާ އަދު އަގުޅި ނެއް ކަންނޭލަކައް ސަރުކާރު ވެއްޖެ
ފަހި
09 July 2025
މީގެން އެއްވެސް އެއްޗެއް ދޭހައެއް ނުވި
މޫމިން ފުއާދު
09 July 2025
ކޮބާ މިކަންވެސް މިކޮށްލީ އަހަރުމެންގެ ސަރުކާރުން. އިދިކޮޅަށް ހަޖަމް ވާނެބާ؟
އަމްޝާދު އަޒީޒް
09 July 2025
މިސަރުކާރުން ރައްޔިތުން ބިކަވެ ނުދާނެ ކަމުގެ ހެއްކެއް ކަމަށް މިކަން ފުދޭ.
ޖަލީލީ
09 July 2025
މިގައުމު ވެލްފެއަރ ސުޓޭޓަކަށްވެ ނިމިއްޖެ. ގައުމުގައި ނެތް މުއްސަދިކަން ވެސް އެބަޖެހޭ ސިޔާސީ ބާރުވެރިކަން ހޯދުމަށްޓަކައި ކޮންމެހެންވެސް ދައްކަން.
raajje
08 July 2025
މީކޮންހަމަޔަކުން ކޮންއުސޫލަކުން ކޮންގާނޫނަކުންހިނގާކަމެއްބާ؟ އަހަރެމެން ފޯނުބިލުދެއްކިޔަސް، އިންޓަރނެޓުބިލްދެއްކިޔަސް ބޯނެ ފެންފޮދެއްގަތަސް %8 ޓެކުސް ސަރުކާރަށް ކޮންމެފަހަރަކު އެބަދަށްކަން، ކިޔަވަންގޮސްއެތިބެނީ ވަކިކިހިނެއްވާބައެއްތަ؟ އެތަނުގައި ތިބެންޔާ ޓެކުސްވެސް އެމީހުންގެ އެލަވަންސްއިން ނުވަތަ ލޯނުން ދެއްކެންވަނެދޯ، ކިޔަވަންށޭކިޔާފަގޮސް ރާއްޖޭންބޭރުގަ ތެޅިތެޅިފައައިސް ގައުމަށް އެކަށީގެންވާ ހިދުމަތެއްކުރަނީ އެންމެ %1 މީހުން
ޔޫކޭ
09 July 2025
އަސްލުވެސް، އަހަރެމެން އަތުން މިނަގާ ޓެސްތަށްވެސް ސަރުކާރުން ދައްކަދީ ނޫނީ މާފުކޮށްދީ
ޓްރަލަލާ
08 July 2025
ހާދަ މުއްސަނދި ގައުމެކޭ ދޯ މީ! އުއްމީދުކުރަން ދައުލަތުން ކުރާހޭދަތައް ޒިންމާދާރުކަމާއެކު ކުރާނެކަމަށް. ސަރުކާރުގެ ސްކޮލަޝިޕެއްގައި ހުރި ދަރިވަރަކަށް ފިޔަވައި މިޓެކްސްފައިސާ އެހެން ފަރާތަކަށް ދޭން ނިންމާ އުސޫލެއް ގެންނާނީ ހޮޅި ސަރުކާރަކުން. ފަރުދަކު އަމިއްލައަށް ކިޔަވަން ނޫނީ ދަރިއަކު ކިޔަވަން ފޮނުވަން ނިންމީމަ އޭގެ ޒިންމާ ދައުލަތުން ނަގަން ނުޖެހޭނެ. ދައުލަތުން ކުރަންޖެހޭ ހޭދައާއި ނުކުރަންޖެހޭހޭދަތައް ދަސްކޮށްދޭން ކޯހެއް ހިންގަން އެބަޖެހޭ!
ރެކިފުތާ
08 July 2025
ގައުމަކުން ނިންމާ ނިންމުމެއްގަ ހަމައެކަނި އަހަރުމެންގެ ކުދިން އޭެގެން އިސްތިސްނާ ކޮއްދޭށޭ ކިޔައިގެން އެމީހުން ފަހަތުން ދުވާނެކަމެއްނެތް. ކިޔަވަން ފޮނުވީވެސް ސަރުކާރުގެ ހަރަދުގަ އެހެންވީމަ ވާންއޮތީޔާ އެއިތުރުވާބައި ސަރުކާރުން ދައްކާލާ. ތިޔަހެދީ ހެޔޮކޮއް. އެކަމު ދެރައީ ސަރުކާރުން ހަރަދުކޮއްގެން ކިޔަވާދިނީމަ %90 ވެސް ސަރުކާރައް ހިދުމަތެއްނުކޮއްދެ. ބޮޑުމުސާރަ ބޭނުންވެގެން އަމިއްލަ ތަންތަނުގެ ވަޒީފާއައް ދާންބޭނުމިއްޔާ، އަމިއްލަ ހަރަދުގަ ކިޔަވާލާނަމަ.
އެޗް އެމް
08 July 2025
ތާއީދު ހޯދަން މަލަން އަޅަން ޖެހޭ ޒާތުގެ ފާރު ކޮޅުތައް މި ސަރުކާރު ވަރަށް ރަގަޅަށް އެބަ ދަނޭ.
ނިމޮ
08 July 2025
އަންނަނީ މަސައްކަތް ކުރަމުން މިކަންވާނީ ރިޔާސީ އިންތިހާބުގެ ވޯޓުލާން އޮންނަ ދުވަހު