ރައީސް ޑރ. މުހައްމަދު މުއިއްުޒު މިދިޔަ މަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި އުޅޭ ދިވެހިންނާއި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާއެއް.--
10 ޖުލައި 2025 - 16:36
މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން ނިންމާފައިވާތީ، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ލޯނުގެ ތެރެއަށް އެ ފައިސާ އިތުރުކޮށްދޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މެލޭޝިއާގެ އަމިއްލަ ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ޕްރީސްކޫލް އަދި ތައުލީމު ދޭ ތަންތަނުގައި ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށް ވުރެ އަގުބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ދަރިވަރުންގެ އަތުން ހަ ޕަސެންޓުގެ ޓެކްސްއެއް ނަގަން ވަނީ ފަށައިފަ އެވެ.
އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިހާރު ދީފައިވާ ސްކޮލާޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ކިޔަވާ ތަނަކުން ފޮނުވާ އިންވޮއިސްގައި ޓެކްސް ފައިސާ ހިމެނުމުން މިހާރު ވެސް ފައިސާ ދައްކަމުންދާ ގޮތަށް އެ ފައިސާ ހަމަޖައްސައިދޭނެ ކަމަށެވެ.
އޭގެ އިތުރުން ސްޓޫޑެންޓް ލޯނުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސްގެ ގޮތުގައި އިތުރުވާ ފައިސާ، އެކަމަށް އެދޭ ދަރިވަރުން ފޯމު ފުރުމަށްފަހު ހުށަހެޅުމުން ލޯނުގެ ފައިސާގެ ތެރެއަށް އެ ބައި އިތުރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވަނީ މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ކޯސް ފީ އާއި ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މެލޭޝިއާއިން 2015 ވަނަ އަހަރު އެކުލަވާލި އެޑިއުކޭޝަން ތަރައްގީ ކުރުމުގެ ގައުމީ ޕްލޭންގެ ދަށުން، މި އަހަރުގެ ނިޔަލަށް ބޭރުގެ 250،000 ދަރިވަރުންނަށް އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް އާ ޓެކްސްގެ ސަބަބުން އެ އަމާޒަށް ވާސިލްވާން ދަތިވާނެ ކަމަށް އެ ގައުމުގެ ތަޖުރިބާކާރުން ވިދާޅުވެ، ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
11 July 2025
މެލޭޝިއާގަ ކިޔަވާ ދަރިވަރުންގެ ކޯސްފީ ނޫން އެހެން ހުރިހާކަމަކަށް މަހަކަށް ދޫކުރަނީ 400 ޑޮލަރުގެ މިންވަރެކެވެ! ކިރިޔާ ކުއްޔަކަށް ވާނެ ވަރެވެ!
އަންދަލޫސިޔާ
11 July 2025
ކިޔަވަން ގޮސް ލަގްޒަރީ އެޕާރޓްމަންޓްގަ އުޅޭކަށެއް ނުޖެހޭ. 450 ޑޮލަރު ދެނީ ހުރިހާ ކޯސް ފީ އަކާ ދެކޮޅު ޓިކެޓާ ބުކް އެލަވަންސްގެ އިތުރުން. އެ ފައިސާއިން ޑޯމްގައި ވެސް އުޅޭކަށް ނުޖެހޭ. ތިން ހަތަރު ކުދިން ވެގެން އެޕާރޓްމަންޓް ހިފަންވީ. މަހަކު 300 އާއި 500 އާއި ދޭތެރޭގެ ރިންގިޓް ނުވަތަ 70 ޑޮލަރާ 120 ޑޮލަރާ ދޭތެރޭގެ އަގަށް ކޮޓަރިއެއް ލިބޭނެ. ކަރަންޓާ ފެނަށް އަރާނީ މަހަކު 30 ވަރަކަށް ޑޮލަރު. ބާކީ 300 ޑޮލަރުން ކައްކައިގެން ކައިގެން އުޅެވޭނެ.
ޢަތޫ
10 July 2025
ޢަހަރުން ކިޔެވީ މީހުނަށް އަޅު މަސައްކަތް ކޮށްދީގެން، ހިތްވަރެއް ހުރެގެން ކަމެއް ކުރެވޭނީ. ތިހެން ބުއް ފުޅި ޖައްސައި މުޅި ޖީލު ތި ހަލާކު ކޮއްލީ
ޢަޒޫދާ
10 July 2025
ރާއްޖޭން ކުރެވޭ ފަރުވާއަށް އާސަންދަ ނުލިބެންޏާ ، ކީއްވެބާ ރާއްޖޭން ކިޔެވެން ހުންނަ އެއްޗިއްސައް ސަރުކާރުން ލާރި ދެނީ؟
ހިހޫތަން
10 July 2025
މާލޭ ބޭފުޅުންގެ ހަރަދު ބަރަދު ބެލެހެއްޓުން ދޯ މުހިންމީ. އެހެޔޮ ބޭރު ގައުމަކަސް. ހުރިހާ އެންބަސީގަ މާލޭ ބޭފުޅުން.
ސަސި
10 July 2025
ސަރުކާރަަށް ބަލަދު އަރާ މީހުންގެ ކުދިން ކިޔަވާތީ ތިޔަ ހުރިހާ ކަމެއްވެސް ހިނގާނެ
ހުސެންް
10 July 2025
ކީއްވެތަ މާލޭގަ ހުންނަ އިންޓަރނޭށަނަލް ސްކޫލް ތަކުގެ ފޮތް ތައް ހިލޭ ނުދެނީ... މެލޭޝިޔާ ވީމަ ސަރުކާރުން ބަލަހައްޓަން ޖެހޭ ސަބަބެއް ނޯންނާނެ... ބޭރައް ކިޔަވަން ދާނީ ފުދިގެން އުޅޭ މީހުން.
އިބިރަހިމާ
10 July 2025
މާލޭގައި ހުންނަ އިންޓަނޭޝަނަލް ސްކޫލްތަކަށް ވައްދާނީ ފަގީރު ނިކަމެތިންގެ ދަރިން ދެއްތޯ؟ ހުސޭނުމެންގެ ތިޔަ ހުންނަ އާދަ އަކީ ތިމާއަށް ފައިދާވާކޮޅު ވިއްޔާ އެކަމެއް ވާންޖެހޭނެ ތަނެއް ފަޅާފަ ވެސް. އެހެން ބަޔަކަށްތަ؟ ހޯހޯ އެއީ މުއްސަދިން. ދައުލަތުން ތިކަމާ އުޅޭނެކަމެއް ނެތް.