ޚަބަރު / އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލިސް

ފަތުވާ މަޖިލީހުގެ އޮފީސް: އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް އެ މަޖިލީހުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.

އެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ނިންމައި، އިއްޔެ އާއްމުކުރި ފަތުވާގައި ބުނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮންނަ ކަމަށެވެ. އެއީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔު އަދި ހަރާމް ކަމަށް ވިދާޅުވާ ދީނީ އިލްމުވެރިންގެ ރައުޔެވެ.

އެ ފަތުވާގައިވާ ގޮތުން ދެ ރައުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށާއި އެ މައްސަލާގައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެ ބޭކަލުންގެ އިޖުތިހާދާ ކަމަށް ވެސް ފަތުވާގައިވެ އެވެ. އަދި އެއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް އެ ފަތުވާގައިވެ އެވެ.

ނަމަވެސް، އެ ފަތުވާގައިވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެއީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހަށް ބުރަވެވޭ ކަމަށް އެ ފަތުވާގައިވެ އެވެ.

ދީނީ ގޮތުން އަލަށް ފެންމަތިވާ ކަންކަމާއި ހިޔާލު ތަފާތުވުން އުފެދިފައި ހުންނަ ކަންކަމުގައި މީގެކުރިން ވެސް އެ މަޖިލީހުން ފަތުވާތައް ނެރެފައިވެ އެވެ.

67 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 41%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

11 July 2025

ބޮލުގެ އިސްތަށިގަނޑު ފިޔަވައި އެހެން ގުނަވަންތަކުގަ ހުންނަ ނުރަ ފޮރުވަން، ކުލަޖެއްސުމުގެ ފަތުވާއެއް އެބައޮތްތަ؟

The name is already taken The name is available. Register?

މަބުނީ

10 July 2025

ދެން މާދަމާ ބުނާނީކީއެއްނޫން ދެމީހަކު ރުހިގެން ކުރަންޔާ އަނެކުންނަށް އެކަމުގެ އުނދަގުލާއި ބަލަދު ނާރާހާހިނދަކު ފާހިޝްކަންތައްވެސް ހުއްދައޭ..

The name is already taken The name is available. Register?

raajje

10 July 2025

ހުއްދަކަމެއްކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔު އަދި ހަރާމްކަމަށް ވިދާޅުވާ ދީނީ އިލްމުވެރިންގެ ރައުޔެވެ. މީއަޖައިބެއްނުން، ޢިލްމުވެރިންނޯ އެއްބަޔަކުމިބުނަނީ ހަރާމޭ އަނެއްބަޔަކުމިބުނަނީ ހުއްދައޭ، މިއޮތީވާކަމެއް ދީނޭދީނޭ ކިޔައިގެން ބޯހަލަކު ހަރާމަކާ ހުއްދައަކާ ދިމާއިދުކޮޅުދެކަންތައް، އެއްބައި ޢިލްމުވެރިންނަށް ފެންނަނީ ހުއްދަކޮށް އަނެއްބަޔަކަށް ވިސްނެނީ ހަރާމްކޮށް މީބޮޑުވަރުދޯ، ދެދީނެއްގެ ޢިލްމުވެރިންތަ؟ އެއްބަޔަކަށް ހަރާމް އަނެއްބަޔަކަށްހުއްދަ

The name is already taken The name is available. Register?

ޚލލލޔ

10 July 2025

ރިބާވެސް ހުއްދަ.

The name is already taken The name is available. Register?

ހުއްދަ

10 July 2025

ދެން ހަމަ މިއުޒިކުވެސް ހުއްދަ ކޮށްލަ ދޭންވީނުން. އެއީވެސް ބަޔަކު ކައިގެން ބޮއިގެން އުޅެން ކުރާ މަސައްކަތެއް ވިއްޔަ.. އެހެންނޫނަސް ޤައުމީ ޗެނަލުން ވެސް މިއުޒިކް ގެނެސްދޭ ވިއްޔަ.

The name is already taken The name is available. Register?

މުޞްލިޙް މުޙައްމަދު އިސްމާޢީލް

10 July 2025

އެތެރޭގެ ޚަރާބުތަކުން މެނުވީ ގައުމެއްގެ އާރާބާރު ދުނިޔޭގައި ނެތިގެން ގޮސްފައި ނެތް. ބައިޒަންޓިއަނުން ހަފަރާތުން ހިސާރުވެފައި އޮތް އިރު ވެސް، އެ ތަނުގެ ޢީސާއީ ދީނުގައި ކުރިއަށް ތިބި ވަހުދާނިއްޔަތުގެ ޢިލްމަށް ބޮޑު ޢިލްމުވެރިން އުޅުނު ކަމުގައިވީ އަފުނޯސް ކަށްޓެއްގެ ބޮލަށް ސަވާރުވެވޭނީ ކިތަށް ޝައިޠާނުންނަށް ކަމާ މެދުގައި ދިގުލީ ބަހުސެއްގައެވެ. ގައިމު މި ދިވެހި ބިމުގައި ވެސް ނުރަ ކަޅުކުރުމަށް ވުރެ މުހިންމު އަދި ހައްސާސް އެތައް ކަމެއް އެބަ އޮތެވެ.

The name is already taken The name is available. Register?

‫ހަސަންބޭ..

10 July 2025

‫ދެން ހަރާން ނޫނީ ހުއްދަ ނޫން ކަންކަން ހުއްދަ ކުރާ ބަޔަކުވެސް އަންނާނޭ ކަން އަހަރެމެން ދަންނަމު. އެއްވެސް ހާލެއްގެ ފަތުވާ އާއި ދެކޮޅީ އެއްނޫން. އަހަންނަށް ވަރިހަމަ އިސްތަށި ނުރަ ވިޔަސް ނުވިޔަސް. އަމިއްލަ ނަފްސުން ތިކަމަށް ހައްލު ހޯދައިގެން ވިސްނަދީގެން މިހިރީ.

The name is already taken The name is available. Register?

ޙެޔޮނުވާނެ

10 July 2025

ރާއްޖޭގެ އެކި ސަރަހައްދު ތަކުން "ރޯނު ޝެއިހުލް އަލް ކޮމެންޓް"ތައް ފާޅުވާން ފަށާނެ.. ހުސް ދަންނަ ނުދަންނަ..

The name is already taken The name is available. Register?

އަހައްމަދޫ

09 July 2025

އަދި ޓެޓޫ ވެސް ހުއްދަ ކުރާނެ

The name is already taken The name is available. Register?

ފާނަކޮށި

10 July 2025

ވަރަށް އަވަހަށް ތިކަމާ އެބައުޅޭ

The name is already taken The name is available. Register?

ހާދަ މުހިއްމު ނިންމުމެކޭ

09 July 2025

1400 އަހަރުފަހުން ތިކަމެއްތީ ދީނީ ކަމެއްކަމާ ރައުޔެއް އޮންނަންޖެހޭ ކަމަށް ތި ބޭކަލުންނަށް ތި އިނގުނީ. ތި ތަނުން ކޮން ޝޭޚެއްގެ ބިޓެއްބާ ބުނީ ބޯ ކަޅުކޮށްގެން އައިމައޭ ބައްދަލުކުރެވޭނީ؟ ތިއައްށްވުރެ ބޮޑަށް ފެންމަތިވެފަ މިއޮތީ ދުންފަތުގެ އިސްތިޢުމާޅުކުރުމުގެ މައްސަލަ، ފަތުވާއެއް ނެރެދެއްވާ ޕލސ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454