މީހަކު ނަމާދު ކުރާއިރު، ސުތުރާގެ ގޮތުގައި އެއްޗެއް ކުރިމަތީގައި ބަހައްޓާފައި --
19 ޑިސެމްބަރ 2025 - 08:43
ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
ސުތުރާއަކީ ނަމާދުކުރާ މީހާގެ ކުރިމަތީގައި ޖަހާ ނުވަތަ ބަހައްޓާ އަސައެއް ނުވަތަ އެ ނޫން ވެސް އެއްޗެކެވެ. ނުވަތަ ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ދިއުން ހުއްޓުވުމަށްޓަކައި އޭނާގެ ކުރިމަތީގައި ބަހައްޓާ އެއްޗެކެވެ. އެ ބޭނުމުގައި ސުތުރާގެ ގޮތުގައި ހަދާފައިވާ ތަކެތި މިހާރު މިސްކިތްތަކުގައި ވަރަށް ގިނައިން ބަހައްޓާފައި ހުރެ އެވެ.
ފިލައިން ހަދާފައިވާ ސުތުރާ މިސްކިތްތަކުގައި ބަހައްޓާފައި ހުންނާތީ، އެކަމުގެ ހުކުމް ބަޔާން ކޮށްދޭން ފަތުވާ މަޖިލީހުން ވަނީ މި ހަފުތާގައި ފަތުވާއެއް ނެރެފަ އެވެ. އެ ފަތުވާގައިވާ ގޮތުން ސުތުރާ ބޭނުން ކުރުމާއި ސުތުރާގެ ގޮތުގައި ވަކިން ހާއްސަ އެއްޗެއް ހަދައިގެން ބޭނުން ކުރުން މިއީ ތަފާތު ދެ ކަމެކެވެ.
ސުތުރާއާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބުނީ ގިނަ ފިގުހު އިލްމުވެރިންގެ ނަޒަރިއްޔާއަކީ ސުތުރާ ބެހެއްޓުމަކީ ސުއްނަތެއް ކަމަށާއި ނަމަވެސް ފަހުގެ ބައެއް އިލްމުވެރިން ސުތުރާ ވާޖިބު ކަމަށް ވެސް ވިދާޅުވާ ކަމަށެވެ.
ރަސޫލާގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައި ވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައި ނުވާ ކަަމަށާއި ނަމަވެސް މިސްކިތުން ބޭރުގައި ނަމާދު ކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށް ފަތުވާގައި ބުންޏެވެ. ސުތުރާގެ ގޮތުގައި ބަހައްޓަވައިފައިވަނީ އެހެން ކަންކަމަށް ބޭނުންކުރާ ތަކެއްޗެވެ.
"ސުތުރާއަށް ވަކި އެއްޗެއް ހަދައިގެން ބޭނުމެއް ނުކުރައްވަ އެވެ. އެ ދުވަސްވަރު ސުތުރާގެ ގޮތުގައި ބޭނުންކުރައްވައިފައި ވަނީ އަންނަނިވި ތަކެއްޗެވެ. ފާރު، އަސާ، މީހުން، ތަންމަތި، އެނދު، ދުނި ނުވަތަ ތީރު، ސަވާރ،ީ އަސްދާނުގޮނޑ،ި ގަސް ފަދަ ތަކެއްޗެވެ." ފަތުވާގައި ބުންޏެވެ.
ފަތުވާގައި ބުނީ މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައަކަށް ވުމުން މި މައްސަލައަކީ ވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އިލްމުވެރިންގެ ތެރެއިން އެއްބަޔަކު ދެކެވަޑައިގަންނަވަނީ މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް އިލްމުވެރިންގެ ތެރެއިން އަނެއްބަޔަކު މިކަން މަނާކުރައްވަ އެވެ.
ރަސޫލާގެ ޒަމާނުގައި ސުތުރާގެ ގޮތުގައި ހާއްސަ އެއްޗެއް ބޭނުންކުރައްވާފައި ނުވާއިރު، އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާއަށް ބޭނުންކޮށްފައިވަނީ ވެސް އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމަށް ފަތުވާގައި ބުންޏެވެ. ސުތުރާއަށް ހަދާފައިވާ ހާއްސަ އެއްޗެއް ނޫނެވެ.
"އެހެންކަމުން މި މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިހުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މިދުވަސްވަރު ވެސް، އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ،" ފަތުވާގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާލިދީ
19 December 2025
މިސްކިތްތަކުގައި ކޮންމެހެން ލަކުޑިން އެކި ޑިޒައިންތަކަށް ސުތުރާ ހަދައިގެން ބެހެއްޓުމުގެ ބޭނުމެއް ނެތް. މިސްކިތުގައި ހުންނާއި ސަފުގައި ރޮނގުދަމާފަ. ރޮނގުން ބޭރުން ހުރަސްކުރީމަ ރަނގަޅުވާނެ. މިސްކިތުގައި ސުތުރާ ބަހައްޓަން ޑޮސްނޮޓް މޭކް ސެންސް. ސުންނަތް ކުރާއިރު ވީހާވެސް މީހުން ހުރަސްކުރަން ނުޖެހޭ ދިމާލެއް ގައި ކޮއްލީމަ ރަނގަޅުވާނެ. ( ބަޔެއް ބަނގްލާ މީހުން އެކަމަކު އުޅެނީ ޖެއްސުމަށް - ޖަމާއަތް ނުމޭއިރަށް ތެދުވެ ހުރިތާކުހުރެ ސުންނަތް ކުރަން ފަށާނެ )
ޗަޕް
19 December 2025
ރަސޫލާ ޒަމާނުގައި މިސްކިތް ހުންނަ ގޮތާއި މިހާރު މިސްކިތް ހުންނަ ގޮތް އެއްގޮތްބާ؟ އެދާއި ގެވެހިކަންވާރުފަދަ ތަކެތި މިސްކިތުން ފެނޭބާ. ސުތުރާގެގޮތުގައި ވަކިއެއްޗެއް ނެހެދިޔަސް ނަމާދަށް ހުންނަ މީހާގެ ކުރިކަނޑައި ދިޔުމަކީ ނަމާދަށް ހުންނަ މީހާޔަށްވެސް އަދި ކުރި ކަނޑާމީހާޔަށްވެސް އުދަގޫކަމެއް. ސުތުރާއެއް ހުރުމުން ނަމާދުކުރާ މީހާޔަށް ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ.
މަ ބުނީ
19 December 2025
މަ ބުނީ ތިކަމަކީ ލަތީފު ފެށިކަމެލެވެ ، އަރަބިއްޔާގެ ޓީޗަރުކުން މިނިސްޓަރ ފެންވަރުގައި މަރުކަޒަށް ހަމަޖެއްސުމުން އޭނަ ވަކިގޮތަލަށް ސުތިރާ ދަންކަށްފެށީއެވެ !
ސުތުރާ
19 December 2025
މިއީ ވަރަށް ކުޑަކުދަ ކަމެއް،މިސްކިތްތަކުގަ ޖެހޭމައްސަލަ އަކީ ނަމާދުކޮށް ނިމުނީމަ އަވަހަށް ދާން ބޭނުން ވާމިހުން ދާން ބަލާއިރު ސުންނަތްކުރާ މިހުން ތިބުމުގެ ސަބަބުން އެމިހުން ގެ ކުރިމަތީ ކޮޅަސް ތިބުން،ނުން ނަމަ ގޮޑިއެއް ބެހެޢްޓުން.މިކަން ހައްލު ނުވެގެން ގޮސް އެކިފާޑުގެ އެއްޗެތި އިތުރު ވަނީ.ހަމަ އެކަނި ކުރަން ވިމަކަމަކީ މިހުރަސް ކުރާ މިހުން ހުރަސް ކުރެވޭނެ ދުރު މިނެއް ބުނެލަން ވީ.އެރުން ހުރިހާ ސުތުރާ ތަށް ގެއްލިދާނެ.
ސިތުރާ އަލީ
19 December 2025
ކޮން ސުތުރާ ބުތުރާ އެއް ހަދައިގެން ދީނުގައި ނެތްކަންކަން ހަރާންކޮށް ވާޖިބުކުރާކަށް. ނަމާދުކުރަން ހުންނަމީހާ ހުރަސްކޮށް ދިއުމަކީ ބޮޑުސިންގާހަ ފާފަައަކަށް ވަންޔާ އެކަން ކީރިތި ޤުރުއާނުގައި އޮތީސް.
ދޫވެސް
19 December 2025
ތިޔަކަން ރަނގަޅުކޮށްލެވުނީމަ ރާއްޖެ ރަނގަޅުވީ
ވިސްނަވާ
19 December 2025
މިސްކިތްތަކުގައި މިހާރު ސަފުހަދަން ރޮނގު ހުންނަނީ ދަމާފަ! އެއީ ސުތުރާއިން ހާސިލުކުރަން ބޭނުމްވާ މަޤްޞަދި ހާސިލުކުރެވޭނެ ވަސީލަތެއް!
އަލުންވިސްނަވާ
19 December 2025
ސަފުހަދަން ރޮނގު ދަމާފައި ހުންނަނީ ސަފު ސީދާ ކުރަން. ސުތުރާ ބޭނުންކުރަނީ މީހާ ހުއްޓި ހުންނަތަނާއި ސަޖިދަ ޖަހާތަނާއި ދެމެދުން މީހުން ހުރަސްވިޔަ ނުދިނުނަށް. ބިންމަތީ ދަމާ ރޮނގު ސުތުރާ ކަމުގައި ނުބެލެވޭ.
ސަފާވް
19 December 2025
އޭރު ސަފުގަ ރޮނގުދަމާފައެއް ނުހުރެ! މިކަމަށް ފަތުވާއެއް ބޭނުން.
ބާލިދީ
19 December 2025
އެހެންކަމަށް ވާނަމަ ކޮންމެ މިސްކިތަކަށް ސަތޭކައިން ތީގެ ލަކުޑި ސުތުރާ ބޭނުންވާނެދޯ. މިދާވަރުން ސުތުރު ކިއުހަދާނެ.
ބަދަލުތައް
19 December 2025
އަހަރުމެން ކުޑައިރު ފަތިސް ނަމާދުގަ ޤުނޫތު ކިޔަންޖެހޭ، އީދު ދުވަހު މާލޫދު ކިޔާ، މިސްކިތުގަ ސަފުތައް ތަރުތީބު ކުރަނީ ފައިގެ އިނގިލިތަކާ ހިސާބުން، މިހާރު ކޮންމެ ފަހަރަކު ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަކީ ވަރަށް ގޯސް ކަމެއް، މާލޫދު ކިޔުމަކީ ހަރާމް ކަމެއް، އަދި ސަފުތައް ސީދާ ކުރަނީ ފައިގެ ފުންނާބުން ނެެވެ. ސުތުރާ އަކީ ކޯޗެއްކަން ދިވެހިނަށް އިނގުނީ މީގެ 5 ވަަރަކަށް އަހަރު ކުރިން.... އަނެއްކާ ވެސް އަނެއް ބަދަލު
ބާލިދީ
19 December 2025
" އަނެއްކާ ވެސް އަނެއް ބަދަލު " ނޫން ނޭނގޭކަމެއް އިނގުނީ. ނަދުރުބުނެ، ލާރި އުކާ ، މަހާނަގަލަށް ބޮސްދީ ވެސް އުޅުނު. ކަންއޮތްގޮތް އިނގުނީމަ ހުއްޓަލީ.
ފަޅުމަސް
19 December 2025
މިސްކިތުން ބޭރުގައި ނަމާދުކުރާއިރު ބޭނުން ކުރާ އެއްޗެއް މިސްކިތުގެ އެތެރޭގައި ބޭނުން ކުރަންޖެހޭނެތޯ އެވެސް ސުވާލެއް..
ދީނީ ޢިލްމުވެރިއެއްނޫން އިނގޭ
19 December 2025
މައްސަލައަކީ މާބޮޑަށް ފަރުމާކޮށް ހައްދުން ނެއްޓުން މަހާނަގާ ކަންތައް ދިޔަގޮތަށް. ސުތުރާއަކަށް ބާއްވާނެ އެއްޗެއް އޮތުން ގޯހެއްނޫން ގިނަފަހަރު ތީރު ހިފައިގެންނެއްނޫން މިދެވެނީ.