ޕަބްލިކް ވޯކްސް މިނިސްޓްރީގެ މުވައްޒަފުން އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
12 ޖުލައި 2025 - 15:06
ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ޕަބްލިކްސް ވޯކްސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމުންނަށް ގެއްލުމެއް ވެދާނެ ކަމަށް ފެންނާތީ، މާފަންނު އޯކިޑް ޕްލާޒާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތް މިއަދު ފެށުމާ އެކު މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެ ސަރަހައްދަށް ވަޑައިގެންނެވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޢާންމުންނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ، މާފަންނު އޯކިޑް ޕްލާޒާ ޢިމާރާތް ތަޅާލުމުގެ މަސައްކަތް @MoCLPmv އިން މިއަދު ފަށައިފި. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ޢިމާރާތް ހުރި ސަރަޙައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާފައި. pic.twitter.com/UpzrHU8dVl
— Ministry of Cities, Local Government, Public Works (@MoCLPmv) July 12, 2025
ބުރުޒު މަގުގައި ހަތަރު ފްލޯއަށް ހުންނަ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީ ޝިޕިން ކުންފުނި، އެމްއެންއެސްއެލް އިން އިމާރާތްކޮށް މީހުން ދިރިއުޅެން ކުއްޔަށް ދޭން ހެދި ތަނެކެވެ. ނަމަވެސް، އެތަނުގައި ދިރިނޫޅެވޭ ވަރަށް އިމާރާތް ބާވުމުން، އެތަނުން މީހުން ނެރެ ފަޅަށް ދޫކޮށްލާފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
ފަޅަށް ހުރި އެ އިމާރާތުގެ ތެރެއަށް އޭގެ ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ އުޅޭ މައްސަލަ ވެސް ވަރަށް ބޮޑުވި އެވެ. އަދި އެމީހުންގެ ސަބަބުން އެތަނުގައި އަލިފާނުގެ ބައެއް ހާދިސާތައް ވެސް ހިނގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
13 July 2025
ތަޅާފަ ބަހައްޓާ، ތަޅަންޖެހުނީމަ ތަޅާނީ، ހަދަންޖެހުނީމަ ހަދާނީ.
އައިޝަތް މާހާ
13 July 2025
މިތަން ހަދަން އުޅޭތީ ވަރަށް ރަނގަޅު. އެތައް ބޯ ކުދިން ވަންނަ ތަނެއް މިއީ.
ސަމާހް ހަސަން
13 July 2025
އެއްމެ ފަހުން މިކަން ކުރާނެ ސަރުކާރެއްވެސް އައިއްސި. އެތައް ވެރިކަމެއް ދިޔަފަހުން.
އުފަލުންފޮޅޭނެ
13 July 2025
މިއަހަރު ސަރުކާރުން ހިންގަވާ އެންމެ ބިޔަ ބޮޑު މާސިންގާ މަޝްރޫޢު މިވަނީ ފެށިފައި. މިމަޝްރޫޢުގެ ދަށުން މާލޭގެ ގިނައަދަދެއްގެ ގެތައް ތަޅާލެވޭނެ. މިމަޝްރޫޢު މި ހިންގަނީ ސީދާ ރަބީސްގެ ފުރިހަމަ އިރުޝާދާ ލަފާފުޅުގެ މަތިން. މިކަން ނިމޭއިރު ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ. އަދި މިކަމުގެ ސަބަބުން ޑޮލަރު ރޭޓު ބޮޑުތަނުން ދަށްވެ، މުދާ ބޮޑުތަނުން އަގުހެޔޮވެ މުޅި ޤައުމު ޚާއްޞަކޮށް މާފަންނުގެ ރައްޔިތުން އުފަލުން ފޮޅޭނެ.
މަގޮއްޔެގޯތިމުރީދު
13 July 2025
ކޮޅަށް ހުންނައިރު ހީވާނެ އިމާރާތް ދެންމެ ދެންމެ ވެއްޓިދާނެއޭ. އެކަމަކު ތަޅާލާއިރު ބުނާނެ މީ އަދި ތަޅާލާވަރަށްވުރެ ވަރުގަދަ ތަނެކޭ.
ދޮހޮއްތުބެ
13 July 2025
ހެޔޮނުވާނެ ތިތަން ތަޅާފަ އަލުން އިމާރާތެއް ނާޅާތި .. ޕާކިންއަކާއެކު ޕާކެއް ހަދުން އެދެން..
އަލިކޮއެ
12 July 2025
ތިގެ އާައ ޖެހިގެން އިންނާނެ ތިކަހަލަ ފަޅު ގެއެއް. އަދި ޝީ ބިލްޑިން ކުރިމަތީގަވެސް. ހުސް ޕާޓޭން ވަންނަ ފަޅު ގެތައް އަލިފާނުގެ ހާދިސާތައް ހިނގައި. ނިކަން ޕާކިންގ ޒޯންތައް ހާދާލަބަލަ ތިތާ.
ސަލީމު
12 July 2025
ލަފާފުޅާ އިރުޝާދުގެ ދަށުން މަސައްކަތް ކުރިއަށް ގެންދަވާތި
އެހެން
12 July 2025
ހިކްމަތްތެރިކަން ވެސް
އަމްޝާދު އަޒީޒް
13 July 2025
މިދިޔަ 20 އަހަރުގައި މިތަން ހުރީ މިހެން. ކީއްވެ އެހެން ސަރުކާރަކުން ނުކުރީ؟ ހަމަ ހަގީގަތުގައިވެސް އިރުޝާދު ދީގެން ނޫންތޯ ކޮށްފަ މިއޮތީ؟ އަޖައިބެއް
ރާވެރިބެ
12 July 2025
މިފަދަ މުހިއްމު ތަރައްގީގެ މަޝްރޫއެއް ފެއްޓެވީތީ އިއްޒތްތެރި މިނިސްޓަރަށް މަރުހަބާ. މިޕްރޮޖެކްޓް ތިގެންދަވަނީ ބޮސްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ކަމަށް ހީކުރަން. އެމަނިކުފާންގެ ހިކްމަތްތެރިކަމާ ނުލާ މިޕްރޮޖެކްޓް މިހާ ފުރިހަމަ ކޮށް ނުގެންދެވޭނެ.
ކޮސްލު
12 July 2025
އެއާޕޯޓައް ފަހުސަރުކާރުން ހިންގާ އެންމެބޮޑު ޕޮޖެކްޓް...
ކޮސްލުގެ ބަފާ
12 July 2025
ސުކުން ދަސްކުރޭ. އެއާޕޯޓަށް ، އެއާޕޯޓަށޭ.
މހއމ
13 July 2025
އެއާޕޯޓަކީ މުއިއްޒުގެ ޕޮޖެކްޓެއް ނޫން! އޮޅިގެން ނޫޅޭ!