ޒަކަރިއްޔާ ދަތުރުކުރި ޑިންގީ.
13 ޖުލައި 2025 - 12:05
ގދ. ގައްދޫން މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު މީހާ، މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޑަ ޑިންގީއެއްގައި ގައްދޫއިން ގަމަށް ދަތުކުރި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު، އެ ރަށް ކައިރީގައި އޮންނަ ގަމު ކައިރިން ހެނދުނު 11:43 ހާއިރު ފެނިފައިވާ ކަމަށެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޓީމުން އޭނާގެ ހަށިގަނޑު ނަގައިގެން ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ގައްދޫއިން ގަމަށް އޭނާ ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރެވެ. އަދި އެނބުރި ގައްދުއަށް ދާން ހަމަ އެ ދުވަހުގެ ހެނދުނު 11:15 ހާއިރު ޒަކަރިއްޔާ ފުރި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެގެން ހަމަ އެ ދުވަހުގެ ހަވީރު ފުލުހުންނަށް ރިޕޯޓުކުރި އެވެ.
އެ ވަގުތުން ފެށިގެން ފުލުހުންނާއި ސިފައިން ދިޔައީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމުގެ ތެރެއިން، އޭނާ ދުއްވި ޑިންޑީ ވެސް 10 މީޓަރު އަޑިން ވަނީ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ ދޫ
13 July 2025
ޒަކަރިއްޔާގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރަން. ޑިންގީ ފެނުނު ވާހަކައިގެ ހެޑްލައިން އޮތީ "ޒަކަރިއްޔާ" ދަތުރުކުރި ޑިންގީ ފެނުނުވާހަކަ. ޒަކަރިއްޔާ ގެ ހަށިގަނޑު ފެނުނު ވާހަކައިގެ ހެޑްލައިންގައި މި އޮތީ "ގައްދޫން ގެއްލުނު މީހާ" މަރުވެފައި އޮތްވައި ފެނުނުވާހަކަ. ޚަބަރުތެރޭގައި ޒަކަރިއްޔާގެ ނަން ބޭނުންކޮށްފައިވާތީ، ހެޑްލައިންގައި "ގެއްލުނުމީހާ" ޖަހާފައިވަނީ ކާކުކަން އޮޅުންނުފިލައިގެން ނޫންކަން އެނގޭ
ކަންމަތީ ބްރޯ
13 July 2025
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މައްއިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި އެމް.އެން.ޑީ.އެފް އިން ޒަކަރިއްޔާ ހޯދުމަށް އެންމެ މޫސުން ގަދަވި ދުވަހުވެސް ދޫކުރުމެއް ނެތި ކޮށްދިން މަސައްކަތަށް ޝުކުރު ހައްގު. ޕޮލިހުންނަށް ވުރެ އެތަށް ހާސް މަތީ ދަރަޖައަކަށް ރައްޔިތުންގެ އިތުބާރު އެމް.އެން.ޑީ.އެފް އަށް އެބަ އޮތް.
ޕާޓޭން
15 July 2025
ކަނޑުމަތީ ހާދިސާތަކުގައި ގެއްލޭ މީހުންނޢި، އުޅަނދު ހޯދުމާއި އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަކީ އެމް.އެން.ޑީ.އެފް ކޯސްޓުގާޑުގެ ޒިންމާއެއް، އެއީ ފުލުހުންނާ ބެހޭކަމެއް ނޫން ނަމަވެސް ފުލުހުން އެފަދަ ކަންކަމުގައި އެހީތެރިވެދިނުމަކީ ޝުކުރު ހައްޤު ކަމެއް. ގިނަފަހަރު މިފަދަ ކަންކަމުގައި ސިފައިންނަށްވުރެ މާކުރިން ސީނަށް އެޓެންޑް ވަނީ ފުލުހުން
ޑްރޯން
13 July 2025
ސިފައިންނާއި ފުލުހުން މިބެލީ އެހެންތަނެއް..
ހުސައިން
13 July 2025
إنّا للّه وإنّا إليه راجعون. أللّهم اغفرله والرحمه وعافه واعف عنه وأكرم نزله ووسِّع مدخله واغسله بلماء والثّلج والبرد. މަރްޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން